އަލް-ބަޤަރާ · 17/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
مَثَلُهُمْ كَمَثَلِ الَّذِي اسْتَوْقَدَ نَارًا فَلَمَّا أَضَاءَتْ مَا حَوْلَهُ ذَهَبَ اللَّهُ بِنُورِهِمْ وَتَرَكَهُمْ فِي ظُلُمَاتٍ لَّا يُبْصِرُونَ ۝١٧
Masaluhum kamasalillazis tawqada naaran falammaaa adaaa`at maa hawlahoo zahabal laahu binoorihim wa tarakahum fee zulumaatil laa yubsiroon
📖 ދިވެހި މާނަ
އެއުރެންގެ މިސާލަކީ، އަލިފާންގަނޑެއް ރޯކޮށްގެންތިބި ބަޔެއްގެ މިސާލެވެ. ފަހެ އެ އަލިފާންގަނޑު، އެއުރެންގެ ވަށައިިގެންވާތަނަށް އަލިކޮށްލިހިނދު، اللَّه އެއުރެންގެ (އެ އަލިފާންގަނޑުގެ) އަލިިކަން ގެންދަވައި އެއުރެންނަށް އެއްޗެއް ނުފެންނަފަދަ އަނދިރިތަކެއްގެ ތެރެޔަށް އެއުރެން ދޫކުރެއްވީއެވެ

🎧 އަޑު އަހާ


📜 އާޔަތް 15-19 — އަލް-ބަޤަރާ

15اللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ
اللَّه، އެއުރެން ކުޅަ ފުރައްސާރައިގެ ޖަޒާ އެއުރެންނަށް ދެއްވާހުށްޓެވެ. އަދި ދެފުށުއެޅޭ حال ގައި، އެއުރެންގެ އުރެދުމުގައި އުޅުމަށް އެއުރެންނަށް މުއްދަތު ދިގުކުރައްވާނެތެވެ
16أُولَٰئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَىٰ فَمَا رَبِحَت تِّجَارَتُهُمْ وَمَا كَانُوا مُهْتَدِينَ
އެއުރެންނީ، ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ. (އެބަހީ: ތެދުމަގަށް ފުރަގަސްދީ، މަގުފުރެދުން ހޯދި މީހުންނެވެ.) ފަހެ، އެއުރެންގެ އެ ވިޔަފާރިޔަކުން، އެއުރެންނަކަށް ފައިދާއެއް ނުވިއެވެ. އަދި އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައިވެސް ނުވެތެވެ
17مَثَلُهُمْ كَمَثَلِ الَّذِي اسْتَوْقَدَ نَارًا فَلَمَّا أَضَاءَتْ مَا حَوْلَهُ ذَهَبَ اللَّهُ بِنُورِهِمْ وَتَرَكَهُمْ فِي ظُلُمَاتٍ لَّا يُبْصِرُونَ
އެއުރެންގެ މިސާލަކީ، އަލިފާންގަނޑެއް ރޯކޮށްގެންތިބި ބަޔެއްގެ މިސާލެވެ. ފަހެ އެ އަލިފާންގަނޑު، އެއުރެންގެ ވަށައިިގެންވާތަނަށް އަލިކޮށްލިހިނދު، اللَّه އެއުރެންގެ (އެ އަލިފާންގަނޑުގެ) އަލިިކަން ގެންދަވައި އެއުރެންނަށް އެއްޗެއް ނުފެންނަފަދަ އަނދިރިތަކެއްގެ ތެރެޔަށް އެއުރެން ދޫކުރެއްވީއެވެ
18صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَرْجِعُونَ
(އެއުރެންނީ) ބީރު ބަޔެކެވެ. މަންމަން ބަޔެކެވެ. ކަނު ބަޔެކެވެ. ފަހެ، އެއުރެން (حق ގެ މަގަކަށް) رجوع އެއް ނުވާނެތެވެ
19أَوْ كَصَيِّبٍ مِّنَ السَّمَاءِ فِيهِ ظُلُمَاتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَابِعَهُمْ فِي آذَانِهِم مِّنَ الصَّوَاعِقِ حَذَرَ الْمَوْتِ ۚ وَاللَّهُ مُحِيطٌ بِالْكَافِرِينَ
ނުވަތަ އެއުރެންގެ މިސާލަކީ، އެ ވިލާގަނޑެއްގައި އަނދިރިތަކަކާއި ގުގުރުމާއި ވިދުން (އެކުލެވިފައި) ވާގޮތުގައި އުޑުމަތީގައިވާ ވާރޭވިލާގަނޑެއްގެ މިސާލެވެ. ހޮނުގެ ސަބަބުން މަރުވެދާނެކަމަށް ބިރުން، އެއުރެންގެ ކަންފަތްތަކުގައި އެއުރެންގެ އިނގިލިތައް އަޅަތެވެ. اللَّه އީ، އެ كافر ންގެ ހުރިހައި ކަމެއް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
17އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 17

ސޫރަތު އަލް-ބަޤަރާ އާޔަތް 17 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންގެ މިސާލަކީ، އަލިފާންގަނޑެއް ރޯކޮށްގެންތިބި ބަޔެއްގެ މިސާލެވެ. ފަހެ އެ އަލިފާންގަނޑު، އެއުރެންގެ…

ސޫރަތު އާޔަތް 17/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 15–19. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers