އަލް-ބަޤަރާ · 48/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
وَاتَّقُوا يَوْمًا لَّا تَجْزِي نَفْسٌ عَن نَّفْسٍ شَيْئًا وَلَا يُقْبَلُ مِنْهَا شَفَاعَةٌ وَلَا يُؤْخَذُ مِنْهَا عَدْلٌ وَلَا هُمْ يُنصَرُونَ ۝٤٨
Wattaqoo Yawmal laa tajzee nafsun `an nafsin shai`anw wa laa yuqbalu minhaa shafaa`atunw wa laa yu`khazu minhaa `adlunw wa laa hum yunsaroon
📖 ދިވެހި މާނަ
އެދުވަހަކުން އެއްވެސް نفس އަކަށް އެއްވެސް نفس އެއްގެ ކިބައިން ކަމެއް ފުއްދައިނުދެވޭނޭ، އަދި އެކެއްގެ ކިބައިން އަނެކެއްގެ شفاعة قبول ނުކުރައްވާނޭ، އަދި އެކެއްގެ ކިބައިން فدية އެއްވެސް ނުހިއްޕަވާނޭ، އަދި އެއުރެންނަށް އެއްވެސް ފަރާތަކުން نصر އެއް ނުލިބޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ، ރައްކާތެރިވާށެވެ
🎧 އަޑު އަހާ

📜 އާޔަތް 46-50 — އަލް-ބަޤަރާ

46الَّذِينَ يَظُنُّونَ أَنَّهُم مُّلَاقُو رَبِّهِمْ وَأَنَّهُمْ إِلَيْهِ رَاجِعُونَ
އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭ ބަޔަކުކަމާއި، އެކަލާނގެ حضرة އަށް އެނބުރި رجوع ވަނިވި ބަޔަކުކަން ކަށަވަރުކޮށް يقين ކުރާ މީހުންނެވެ
47يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ
އޭ إسـرآءيـل ގެދަރިންނެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة އާއި، އަދި (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން މާތްކުރައްވާފައިވާކަން ހަނދުމަކުރާށެވެ
48وَاتَّقُوا يَوْمًا لَّا تَجْزِي نَفْسٌ عَن نَّفْسٍ شَيْئًا وَلَا يُقْبَلُ مِنْهَا شَفَاعَةٌ وَلَا يُؤْخَذُ مِنْهَا عَدْلٌ وَلَا هُمْ يُنصَرُونَ
އެދުވަހަކުން އެއްވެސް نفس އަކަށް އެއްވެސް نفس އެއްގެ ކިބައިން ކަމެއް ފުއްދައިނުދެވޭނޭ، އަދި އެކެއްގެ ކިބައިން އަނެކެއްގެ شفاعة قبول ނުކުރައްވާނޭ، އަދި އެކެއްގެ ކިބައިން فدية އެއްވެސް ނުހިއްޕަވާނޭ، އަދި އެއުރެންނަށް އެއްވެސް ފަރާތަކުން نصر އެއް ނުލިބޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ، ރައްކާތެރިވާށެވެ
49وَإِذْ نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ يُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ ۚ وَفِي ذَٰلِكُم بَلَاءٌ مِّن رَّبِّكُمْ عَظِيمٌ
އަދި فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުންގެންދެއެވެ. އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ
50وَإِذْ فَرَقْنَا بِكُمُ الْبَحْرَ فَأَنجَيْنَاكُمْ وَأَغْرَقْنَا آلَ فِرْعَوْنَ وَأَنتُمْ تَنظُرُونَ
އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ކަނޑު އިރުއްވައި ދެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ، ތިޔަބައިމީހުން (غرق ން) ސަލާމަތްކުރައްވައި، ތިޔަބައިމީހުން ބަލަބަލައިތިއްބައި، فرعون ގެ މީހުން غرق ކުރެއްވީމެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
48އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 48

ސޫރަތު އަލް-ބަޤަރާ އާޔަތް 48 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެދުވަހަކުން އެއްވެސް نفس އަކަށް އެއްވެސް نفس އެއްގެ ކިބައިން ކަމެއް ފުއްދައިނުދެވޭނޭ،…

ސޫރަތު އާޔަތް 48/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 46–50. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers