އަން-ނަމްލު · 84/93
ތަރުޖަމާ ކިޔެވުން — އަން-ނަމްލު
حَتَّىٰ إِذَا جَاءُوا قَالَ أَكَذَّبْتُم بِآيَاتِي وَلَمْ تُحِيطُوا بِهَا عِلْمًا أَمَّاذَا كُنتُمْ تَعْمَلُونَ ۝٨٤
Hattaaa izaa jaaa`oo qaala akazzabtum bi Aayaatee wa lam tuheetoo bihaa `ilman ammaazaa kuntum ta`maloon
📖 ދިވެހި މާނަ
(اللَّه ގެ حضرة އަށް) އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ. އެހިނދު އެކަލާނގެ وحى ކުރައްވާނެތެވެ. ތިޔަބައިމީހުންނަށް އެއާބެހޭ علم އެއް ލިބިފައިނެތް حال، ތިޔަބައިމީހުން ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅައީ ހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުން ކުރަމުންގެންދިޔައީ ކޮންކަމެއް ހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 82-86 — އަން-ނަމްލު

82۞ وَإِذَا وَقَعَ الْقَوْلُ عَلَيْهِمْ أَخْرَجْنَا لَهُمْ دَابَّةً مِّنَ الْأَرْضِ تُكَلِّمُهُمْ أَنَّ النَّاسَ كَانُوا بِآيَاتِنَا لَا يُوقِنُونَ
އެއުރެންގެ މައްޗަށް (عذاب ގެ) ބަސްފުޅު حق ވާހިނދު، ތިމަންރަސްކަލާނގެ، އެއުރެންނަށްޓަކައި ބިމުން ދާއްބައެއް ނެރުއްވާހުށީމެވެ. އޭތި އެއުރެންނާ ވާހަކަދައްކަމުން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކަށް إيمان ނުވާ ބަޔަކު ކަމުގައި މީސްތަކުންވިއެވެ
83وَيَوْمَ نَحْشُرُ مِن كُلِّ أُمَّةٍ فَوْجًا مِّمَّن يُكَذِّبُ بِآيَاتِنَا فَهُمْ يُوزَعُونَ
ކޮންމެ أمّة އަކުން ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންގެ ތެރެއިން ބަޔަކު ތިމަންރަސްކަލާނގެ އެއްކުރައްވައި، محشر އަށް ފޮނުއްވާދުވަސް ހަނދުމަކުރާށެވެ! ފަހެ، އެއުރެން ބައިބަޔަށް ބައިތިއްބަވަމުން ގެންދަވާނެތެވެ
84حَتَّىٰ إِذَا جَاءُوا قَالَ أَكَذَّبْتُم بِآيَاتِي وَلَمْ تُحِيطُوا بِهَا عِلْمًا أَمَّاذَا كُنتُمْ تَعْمَلُونَ
(اللَّه ގެ حضرة އަށް) އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ. އެހިނދު އެކަލާނގެ وحى ކުރައްވާނެތެވެ. ތިޔަބައިމީހުންނަށް އެއާބެހޭ علم އެއް ލިބިފައިނެތް حال، ތިޔަބައިމީހުން ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅައީ ހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުން ކުރަމުންގެންދިޔައީ ކޮންކަމެއް ހެއްޔެވެ؟
85وَوَقَعَ الْقَوْلُ عَلَيْهِم بِمَا ظَلَمُوا فَهُمْ لَا يَنطِقُونَ
އަދި އެއުރެންގެ މައްޗަށް ކަނޑައަޅުއްވާފައިވާ عذاب އައިސް ޖެހިއްޖެއެވެ. އެއީ އެއުރެން އަނިޔާވެރިވީ ކަމަށްޓަކައެވެ. ފަހެ، އެއުރެންނަކަށް (އެދުވަހުން) އެއްވެސް ވާހަކައެއް ނުދެއްކޭނެތެވެ
86أَلَمْ يَرَوْا أَنَّا جَعَلْنَا اللَّيْلَ لِيَسْكُنُوا فِيهِ وَالنَّهَارَ مُبْصِرًا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ރޭގަނޑު ލައްވާފައިވަނީ، އެވަގުތުގައި އެއުރެން ހަމަހިމޭންކަމާއި، އަރާމު ލިބިތިބުމަށާއި، އަދި ދުވާލު ލައްވާފައިވަނީ (މަސައްކަތްކޮށް އުޅުމަށްޓަކައި) ތަންތަން ފެންނަގޮތުގައިކަން އެއުރެން ނުދެކޭހެއްޔެވެ؟ ހަމަކަށަވަރުން، إيمان ވާ ބަޔަކަށް އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ
އަން-ނަމްލުޤުރުއާން ފިހުރިސްތު
93އާޔަތް
MeccanRevelation
84އާޔަތް

ތަރުޖަމާ — އަން-ނަމްލު 84

ސޫރަތު އަން-ނަމްލު އާޔަތް 84 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : (اللَّه ގެ حضرة އަށް) އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ. އެހިނދު އެކަލާނގެ وحى…

ސޫރަތު އާޔަތް 84/93 — އަން-ނަމްލު النمل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނަމްލު އަޑު އަހާ, އަން-ނަމްލު ތަރުޖަމާ, އަން-ނަމްލު mp3, އަން-ނަމްލު pdf. އާޔަތް 82–86. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers