އާލު-ޢިމްރާން · 126/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
وَمَا جَعَلَهُ اللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِ ۗ وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ الْعَزِيزِ الْحَكِيمِ ۝١٢٦
Wa maa ja`alahul laahu illaa bushraa lakum wa litatma`inna quloobukum bih` wa man-nasru illaa min `indilllaahil `Azeezil Hakeem
📖 ދިވެހި މާނަ
އަދި، ތިޔަބައިމީހުންނަށް (نصر ލިބޭނެކަމުގެ) އުފާވެރި خبر އެއް ކަމުގައްޔާއި، އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށްޓަކައި މެނުވީ، اللَّه އެކަންތަކެއް ނުލައްވަތެވެ. (އެބަހީ: ملائكة ން ފޮނުއްވައިގެން مدد ދެއްވުން ނުލައްވަތެވެ.) عزيز ވަންތަ، حكيم ވަންތަ، اللَّه ގެ حضرة ން މެނުވީ، نصر ލިބުމެއް ނުވެއެވެ
🎧 އަޑު އަހާ

📜 އާޔަތް 124-128 — އާލު-ޢިމްރާން

124إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَاثَةِ آلَافٍ مِّنَ الْمَلَائِكَةِ مُنزَلِينَ
(އެއީ) ކަލޭގެފާނު مؤمن ންނަށް ވިދާޅުވިހިނދުގައެވެ. ބާވައިލައްވާފައިވާ ملائكة ންގެ ތެރެއިން، ތިންހާހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވުން ތިޔަބައިމީހުންނަކަށް ނުފުދޭހެއްޔެވެ؟
125بَلَىٰ ۚ إِن تَصْبِرُوا وَتَتَّقُوا وَيَأْتُوكُم مِّن فَوْرِهِمْ هَٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ آلَافٍ مِّنَ الْمَلَائِكَةِ مُسَوِّمِينَ
ނޫނެކެވެ! (ފުދޭނެއެވެ.) ތިޔަބައިމީހުން ކެތްތެރިވެ (اللَّه އަށް) ބިރުވެތިވެ ރައްކާތެރިވާނަމަ، އަދި ތިޔަބައިމީހުންނާ ހަމަޔަށް އެއުރެން (އެބަހީ: مشرك ން) ހަމަ ކުއްލިޔަކަށް އަންނަނަމަ، ފާހަގަކުރައްވާފައިވާ ފަސްހާސް ملائكة ން (ފޮނުއްވައިގެން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް مد د ދެއްވާނެތެވެ
126وَمَا جَعَلَهُ اللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِ ۗ وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ الْعَزِيزِ الْحَكِيمِ
އަދި، ތިޔަބައިމީހުންނަށް (نصر ލިބޭނެކަމުގެ) އުފާވެރި خبر އެއް ކަމުގައްޔާއި، އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށްޓަކައި މެނުވީ، اللَّه އެކަންތަކެއް ނުލައްވަތެވެ. (އެބަހީ: ملائكة ން ފޮނުއްވައިގެން مدد ދެއްވުން ނުލައްވަތެވެ.) عزيز ވަންތަ، حكيم ވަންތަ، اللَّه ގެ حضرة ން މެނުވީ، نصر ލިބުމެއް ނުވެއެވެ
127لِيَقْطَعَ طَرَفًا مِّنَ الَّذِينَ كَفَرُوا أَوْ يَكْبِتَهُمْ فَيَنقَلِبُوا خَائِبِينَ
(އެއީ) كافر ވި މީހުންގެ ތެރެއިން ބަޔަކު، ނެތިކުރެއްވުމަށްޓަކައެވެ. ނުވަތަ، އެއުރެން ބަލިކުރައްވައި ނިކަމެތި ކުރެއްވުމަށްޓަކައެވެ. ފަހެ، (އެހިނދު) އެއުރެން ބޭނުންކަންތައް ނުވެ ހިތާމަކުރާ حال އެނބުރި ހިނގައިދެތެވެ
128لَيْسَ لَكَ مِنَ الْأَمْرِ شَيْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَالِمُونَ
(އެއުރެންގެ) ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި اللَّه އަށެވެ.) އެކަލާނގެ (އިރާދަކުރައްވާނަމަ) އެއުރެންގެ މައްޗަށް، توبة ލައްވައިފާނެތެވެ. ނުވަތަ، އެއުރެންނަށް عذاب ދެއްވައިފާނެތެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ އަނިޔާވެރިންނެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
126އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 126

ސޫރަތު އާލު-ޢިމްރާން އާޔަތް 126 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި، ތިޔަބައިމީހުންނަށް (نصر ލިބޭނެކަމުގެ) އުފާވެރި خبر އެއް ކަމުގައްޔާއި، އަދި އެކަމުގެ…

ސޫރަތު އާޔަތް 126/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 124–128. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers