އަސް-ސަޖްދާ · 15/30
ތަރުޖަމާ ކިޔެވުން — އަސް-ސަޖްދާ
إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩ ۝١٥
Innamaa yu`minu bi aayaatinal lazeena izaa zukkiroo bihaa kharroo sujjadanw wa sabbahoo bihamdi rabbihim wa hum laa yastakbiroon
📖 ދިވެހި މާނަ
ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާކަން ކަށަވަރީ، އެ آية ތައް އެބަޔަކަށް ހަނދާންކޮށްދެވޭހިނދު، سجدة އަށް ތިރިވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔާ މީހުންނެވެ. އަދި އެއުރެން كبر ވެރިއެއް ނުވާނެތެވެ
🎧 އަޑު އަހާ

📜 އާޔަތް 13-17 — އަސް-ސަޖްދާ

13وَلَوْ شِئْنَا لَآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَٰكِنْ حَقَّ الْقَوْلُ مِنِّي لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ
އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، ކޮންމެ نفس އަކަށްމެ އެ نفس އެއްގެ هداية ދެއްވީމުހެވެ. އެހެނެއްކަމަކު (ފާފަކުރާ) ޖިންނީންނާއި އިންސީން އެއްކޮށް، ހަމަކަށަވަރުން، ނަރަކަ ފުރުއްވާނޭކަމުގެ ބަސްފުޅު ތިމަންރަސްކަލާނގެ حضرة ން އިސްވެގޮސްފައިވެއެވެ
14فَذُوقُوا بِمَا نَسِيتُمْ لِقَاءَ يَوْمِكُمْ هَٰذَا إِنَّا نَسِينَاكُمْ ۖ وَذُوقُوا عَذَابَ الْخُلْدِ بِمَا كُنتُمْ تَعْمَلُونَ
ފަހެ، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނޭކަން ތިޔަބައިމީހުން ހަނދާން ނައްތައިލި ކަމަށްޓަކައި، ތިޔަބައިމީހުން عذاب ގެ ރަހަ ލިބިގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަނެތި ކުރައްވައިފީމެވެ. އަދި ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކަށްޓަކައި ދެމިހުންނަނިވި عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ
15إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩
ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާކަން ކަށަވަރީ، އެ آية ތައް އެބަޔަކަށް ހަނދާންކޮށްދެވޭހިނދު، سجدة އަށް ތިރިވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔާ މީހުންނެވެ. އަދި އެއުރެން كبر ވެރިއެއް ނުވާނެތެވެ
16تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ
އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ
17فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ
ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ
އަސް-ސަޖްދާޤުރުއާން ފިހުރިސްތު
30އާޔަތް
MeccanRevelation
15އާޔަތް

ތަރުޖަމާ — އަސް-ސަޖްދާ 15

ސޫރަތު އަސް-ސަޖްދާ އާޔަތް 15 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާކަން ކަށަވަރީ، އެ آية ތައް އެބަޔަކަށް…

ސޫރަތު އާޔަތް 15/30 — އަސް-ސަޖްދާ السجدة (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަސް-ސަޖްދާ އަޑު އަހާ, އަސް-ސަޖްދާ ތަރުޖަމާ, އަސް-ސަޖްދާ mp3, އަސް-ސަޖްދާ pdf. އާޔަތް 13–17. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers