ސަބައް · 24/54
ތަރުޖަމާ ކިޔެވުން — ސޫރަތު ސަބައް
۞ قُلْ مَن يَرْزُقُكُم مِّنَ السَّمَاوَاتِ وَالْأَرْضِ ۖ قُلِ اللَّهُ ۖ وَإِنَّا أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِي ضَلَالٍ مُّبِينٍ ۝٢٤
Qul mai yarzuqukum minas samaawaati wal ardi qulil laahu wa innaaa aw iyyaakum la`alaa hudan aw fee dalaalim mubeen
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުން ތިޔަބައިމީހުންނަށް رزق ދެއްވަނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (رزق ދެއްވަނީ) اللَّه އެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ނުވަތަ ތިޔަބައިމީހުންވަނީ، ތެދުމަގުގައި، ނުވަތަ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ

🎧 އަޑު އަހާ


📜 އާޔަތް 22-26 — ސޫރަތު ސަބައް

22قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އެކަލާނގެއަށް شريك ކޮށްއުޅުނު ފަރާތްތަކަށް ތިޔަބައިމީހުން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ذرّ އެއްގެ މިންވަރުވެސް އެއުރެންނަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި އެ ދެތާނގައި އެއުރެންނަކަށް ބައިވެރިވުމެއްވެސްނެތެވެ. އަދި އެކަލާނގެއަށް އެއްވެސް އެހީތެރިޔަކު އެއުރެންގެ ތެރެޔަކުން ނުވެތެވެ
23وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ ۚ حَتَّىٰ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ ۖ قَالُوا الْحَقَّ ۖ وَهُوَ الْعَلِيُّ الْكَبِيرُ
އަދި އެމީހަކަށް އެކަލާނގެ إذن ދެއްވައިފި މީހަކަށްމެނުވީ، އެކަލާނގެ حضرة ގައި شفاعة ތެރިކަމުން މަންފާއެއް ނުކުރާނެތެވެ. އެއުރެންގެ ހިތްތަކުން ބިރުވެރިކަން ކެނޑިއްޖައުމަށް ދާނދެނެވެ. (އެހިނދު) އެއުރެން (އެކަކުއަނެކަކަށް) ބުނާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވީ ކީކޭހެއްޔެވެ؟ އެއުރެން (އެކަކު އަނެކަކަށް) ބުނާނެތެވެ. (އެކަލާނގެ وحى ކުރެއްވީ) حق ބަސްފުޅެވެ. އެކަލާނގެއީ، އެންމެ މަތިވެރި، އެންމެ عظمة ތެރި ރަސްކަލާނގެއެވެ
24۞ قُلْ مَن يَرْزُقُكُم مِّنَ السَّمَاوَاتِ وَالْأَرْضِ ۖ قُلِ اللَّهُ ۖ وَإِنَّا أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِي ضَلَالٍ مُّبِينٍ
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުން ތިޔަބައިމީހުންނަށް رزق ދެއްވަނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (رزق ދެއްވަނީ) اللَّه އެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ނުވަތަ ތިޔަބައިމީހުންވަނީ، ތެދުމަގުގައި، ނުވަތަ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ
25قُل لَّا تُسْأَلُونَ عَمَّا أَجْرَمْنَا وَلَا نُسْأَلُ عَمَّا تَعْمَلُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެން ކުޅަ ފާފަޔާމެދު ތިޔަބައިމީހުންނާ سؤال އެއްް ނުކުރައްވާނެތެވެ. އަދި ތިޔަބައިމީހުން ކުރަމުންގެންދާ (ނުބައި) عمل ތަކާމެދުވެސް، ތިމަންމެންނަކާ سؤال އެއް ނުކުރައްވާނެތެވެ
26قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِالْحَقِّ وَهُوَ الْفَتَّاحُ الْعَلِيمُ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ވެރިރަސްކަލާނގެ (قيامة ދުވަހުން) ތިމަންމެން އެންމެން އެއްތަނަކަށް އެއްކުރައްވާނެތެވެ. ދެން ތިމަންމެންގެ މެދުގައި އެކަލާނގެ حق އަށް ނިޔާކުރައްވައި، حكم ކުރައްވާނެތެވެ. އަދި އެކަލާނގެއީ، މޮޅަށް حكم ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
ސަބައްޤުރުއާން ފިހުރިސްތު
54އާޔަތް
MeccanRevelation
24އާޔަތް

ތަރުޖަމާ — ސަބައް 24

ސޫރަތު ސަބައް އާޔަތް 24 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުން ތިޔަބައިމީހުންނަށް رزق ދެއްވަނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ!…

ސޫރަތު އާޔަތް 24/54 — ސޫރަތު ސަބައް سبأ (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ސަބައް އަޑު އަހާ, ސޫރަތު ސަބައް ތަރުޖަމާ, ސޫރަތު ސަބައް mp3, ސޫރަތު ސަބައް pdf. އާޔަތް 22–26. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers