އައް-ޝޫރާ · 51/53
ތަރުޖަމާ ކިޔެވުން — އައް-ޝޫރާ
۞ وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِن وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ ۚ إِنَّهُ عَلِيٌّ حَكِيمٌ ٥١
Transliteration
Wa maa kaana libasharin any yukallimahul laahu illaa wahyan aw minw waraaa`i hijaabin aw yursila Rasoolan fa yoohiya bi iznuhee maa yashaaa`; innahoo `Aliyyun Hakeem
ތަރުޖަމާ (ދިވެހި މާނަ)
📖 ދިވެހި މާނަ
وحى އަކުން (އެބަހީ: إلهام އަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން، ނުވަތަ ملائكة އަކު ފޮނުއްވައި، އެކަލާނގެ إذن ފުޅާއެކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް وحى ކުރެއްވުމުންމެނުވީ، އެއްވެސް آدم ގެދަރިޔަކަށް اللَّه ބަސް وحى ކުރެއްވުމެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މަތިވެރިވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
Additional reference in සිංහල
🎧 އަޑު އަހާ
📜 އާޔަތް 49-53 — އައް-ޝޫރާ
49لِّلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا يَشَاءُ ۚ يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ
އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އެެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ
50أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا ۖ وَيَجْعَلُ مَن يَشَاءُ عَقِيمًا ۚ إِنَّهُ عَلِيمٌ قَدِيرٌ
ނުވަތަ އެއުރެންނަށް ފިރިހެންދަރިންނާއި، އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާމީހަކު، ދަރިމައިނުވާމީހަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ
51۞ وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِن وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ ۚ إِنَّهُ عَلِيٌّ حَكِيمٌ
وحى އަކުން (އެބަހީ: إلهام އަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން، ނުވަތަ ملائكة އަކު ފޮނުއްވައި، އެކަލާނގެ إذن ފުޅާއެކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް وحى ކުރެއްވުމުންމެނުވީ، އެއްވެސް آدم ގެދަރިޔަކަށް اللَّه ބަސް وحى ކުރެއްވުމެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މަތިވެރިވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
52وَكَذَٰلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِي مَا الْكِتَابُ وَلَا الْإِيمَانُ وَلَٰكِن جَعَلْنَاهُ نُورًا نَّهْدِي بِهِ مَن نَّشَاءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ مُّسْتَقِيمٍ
އަދި ހަމައެފަދައިން ތިމަންރަސްކަލާނގެ أمر ފުޅުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ قرآن وحى ކުރެއްވީމެވެ. ފޮތަކީ ކޮންއެއްޗެއްކަން، އަދި إيمان އަކީ ކޮންއެއްޗެއްކަން ކަލޭގެފާނު (ކުރިން) ދެނެވަޑައިގަންނަވާ ކަމުގައި ނުވެތެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ތިމަންރަސްކަލާނގެ، އެއިން ތެދުމަގު ދައްކަވާ نور އެއްކަމުގައި އެ قرآن ލެއްވީމެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނު މަގުދައްކަވަނީ، ސީދާވެގެންވާ ތެދުމަގަށްކަން ކަށަވަރެވެ
53صِرَاطِ اللَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ أَلَا إِلَى اللَّهِ تَصِيرُ الْأُمُورُ
(އެއީ) اللَّه ގެ މަގެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވާ ރަސްކަލާނގެއެވެ. ދަންނާށެވެ! ކަންތައްތައް رجوع ވާހުށީ اللَّه ގެ حضرة އަށެވެ
އައް-ޝޫރާޤުރުއާން ފިހުރިސްތު
53އާޔަތް
MeccanRevelation
51އާޔަތް
ތަރުޖަމާ — އައް-ޝޫރާ 51
ސޫރަތު އައް-ޝޫރާ އާޔަތް 51 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : وحى އަކުން (އެބަހީ: إلهام އަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން،…ސޫރަތު އާޔަތް 51/53 — އައް-ޝޫރާ الشورى (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އައް-ޝޫރާ އަޑު އަހާ, އައް-ޝޫރާ ތަރުޖަމާ, އައް-ޝޫރާ mp3, އައް-ޝޫރާ pdf. އާޔަތް 49–53. ދިވެހި މާނަ: සිංහල.
العربية
English
Bahasa Indonesia
Türkçe
Русский
فارسی
Français
اردو
বাংলা
Deutsch
Español
中文
हिन्दी
Português
Italiano
ภาษาไทย
Polski
Nederlands
Shqip
Kiswahili
O'zbek
தமிழ்
Melayu
Bosanski
Soomaali
Azərbaycan
کوردی
한국어
日本語
Svenska
Dansk
Norsk
پښتو
മലയാളം
සිංහල
Tamazight
Hausa
አማርኛ
Български
Тоҷикӣ
Қазақша
Filipino
سنڌي
Yorùbá
Fulfulde
Татарча
ئۇيغۇرچە
Кыргызча
ਪੰਜਾਬੀ
Jawa
తెలుగు
မြန်မာ
ગુજરાતી
Oromo
मराठी
Tiếng Việt
Malagasy
Нохчийн
Wolof
ދިވެހި
ಕನ್ನಡ
Українська
Ελληνικά
ქართული
ខ្មែរ
دری
Qafar af
Maranao
नेपाली
ކީރިތި ޤުރުއާން
Tuesday, August 18, 2026
Don't forget us in your sincere prayers








