އަލް-އަންފާލް · 39/75
ތަރުޖަމާ ކިޔެވުން — އަލް-އަންފާލް
وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ۚ فَإِنِ انتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ ۝٣٩
Wa qaatiloohum hattaa laa takoona fitnatunw wa yakoonaddeenu kulluhoo lillaah; fainin tahaw fa innallaaha bimaa ya`maloona Baseer
📖 ދިވެހި މާނަ
ފިތުނަވެރިކަމާއި، كافر ކަން ހުއްޓި، މުޅި دين ވަނީ، اللَّه އަށްޓަކާ ކަމުގައި ހިމެނިއްޖައުމަށްދާނދެން، ތިޔަބައިމީހުން އެ كافر ންނާ ހަނގުރާމަކުރަމުން ގެންދާށެވެ! ފަހެ، އެއުރެން ހުއްޓާލައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، އެއުރެންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 37-41 — އަލް-އަންފާލް

37لِيَمِيزَ اللَّهُ الْخَبِيثَ مِنَ الطَّيِّبِ وَيَجْعَلَ الْخَبِيثَ بَعْضَهُ عَلَىٰ بَعْضٍ فَيَرْكُمَهُ جَمِيعًا فَيَجْعَلَهُ فِي جَهَنَّمَ ۚ أُولَٰئِكَ هُمُ الْخَاسِرُونَ
(އެއީ) اللَّه، ރަނގަޅު މީހުންނާއި، ނުބައި މީހުން ވަކިކުރައްވައި، ނުބައި މީހުން އެކަކުގެ މައްޗަށް އަނެކަކު ލައްވައި، އެންމެން އެކުގައި ފުނިޖައްސަވައި، ނަރަކައިގެތެރެއަށް ލެއްވުމަށްޓަކައެވެ. އެއުރެންނީ ހަމަ، ގެއްލެނިވެގެންވާ މީހުންނެވެ
38قُل لِّلَّذِينَ كَفَرُوا إِن يَنتَهُوا يُغْفَرْ لَهُم مَّا قَدْ سَلَفَ وَإِن يَعُودُوا فَقَدْ مَضَتْ سُنَّتُ الْأَوَّلِينَ
كافر ވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން (ހަނގުރާމަކުރުމާއި، كافر ކަން) ހުއްޓާލައިފިނަމަ، އެއުރެންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުށްޓެވެ. އަދި އެއުރެން (އެކަންކަމަށް) އަލުން އެނބުރި އަންނަނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތުގެ މިސާލު ފާއިތުވެ ހިނގައްޖެއެވެ
39وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ۚ فَإِنِ انتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ
ފިތުނަވެރިކަމާއި، كافر ކަން ހުއްޓި، މުޅި دين ވަނީ، اللَّه އަށްޓަކާ ކަމުގައި ހިމެނިއްޖައުމަށްދާނދެން، ތިޔަބައިމީހުން އެ كافر ންނާ ހަނގުރާމަކުރަމުން ގެންދާށެވެ! ފަހެ، އެއުރެން ހުއްޓާލައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، އެއުރެންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
40وَإِن تَوَلَّوْا فَاعْلَمُوا أَنَّ اللَّهَ مَوْلَاكُمْ ۚ نِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ
އަދި އެއުރެން (ހަނގުރާމައަށް) އެނބުރިގެންފިނަމަ، ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންނަށް نصر ދެއްވާ އެހީތެރިވަންތަ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! އެހީތެރިވެވޮޑިގެންވާ ކަލާނގެ މޮޅުކަމާއެވެ! އަދި نصر ދެއްވާ ކަލާނގެ މޮޅުކަމާއެވެ
41۞ وَاعْلَمُوا أَنَّمَا غَنِمْتُم مِّن شَيْءٍ فَأَنَّ لِلَّهِ خُمُسَهُ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ إِن كُنتُمْ آمَنتُم بِاللَّهِ وَمَا أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ الْفُرْقَانِ يَوْمَ الْتَقَى الْجَمْعَانِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ތިޔަބައިމީހުން ދަންނާށެވެ! ތިޔަބައިމީހުން غنيمة ކުޅަ މުދަލެއްގެ ފަސްބައިކުޅަ އެއްބައިވަނީ اللَّه އަށާއި، (އެކަލާނގެ) رسول އާއަށާއި، (އެކަލޭގެފާނުގެ) ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ދަތުރުވެރިންނަށެވެ. (އެއީ) اللَّه އަށާއި، حق އާއި، باطل ވަކިވުމުގެ ދުވަހު، ދެ لشكر ބައްދަލުވީ ދުވަހު، ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން إيمان ވާ ކަމުގައިވާނަމައެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (ނޯޓު: ގިނަ مفسّر ން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، غنيمة މުދާ ބެހެނީ ފަސްބަޔަކަށެވެ. އޭގެތެރެއިން ހަތަރުބައި ލިބެނީ، ހަނގުރާމައިގައި ބައިވެރިވި مسلم ންނަށެވެ. އަނެއްބައި خاص ކުރެވިގެންވަނީ، މި آية ގައި ނަންގަނެވިގެންވާ ފަސްބަޔަކަށެވެ. اللَّه އާއި، رسول އާގެ ބައި އެއީ އެއްބައެކެވެ)
އަލް-އަންފާލްޤުރުއާން ފިހުރިސްތު
75އާޔަތް
MedinanRevelation
39އާޔަތް

ތަރުޖަމާ — އަލް-އަންފާލް 39

ސޫރަތު އަލް-އަންފާލް އާޔަތް 39 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފިތުނަވެރިކަމާއި، كافر ކަން ހުއްޓި، މުޅި دين ވަނީ، اللَّه އަށްޓަކާ ކަމުގައި…

ސޫރަތު އާޔަތް 39/75 — އަލް-އަންފާލް الأنفال (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންފާލް އަޑު އަހާ, އަލް-އަންފާލް ތަރުޖަމާ, އަލް-އަންފާލް mp3, އަލް-އަންފާލް pdf. އާޔަތް 37–41. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers