އަތް-ތައުބާ · 14/129
ތަރުޖަމާ ކިޔެވުން — ސޫރަތު އަތް-ތައުބާ
قَاتِلُوهُمْ يُعَذِّبْهُمُ اللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ۝١٤
Qaatiloohum yu`az zibhumul laahu bi aideekum wa yukhzihim wa yansurkum `alaihim wa yashfi sudoora qawmim mu `mineen
📖 ދިވެހި މާނަ
ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރާ ހުށިކަމެވެ! އޭރުން اللَّه އެއުރެންނަށް ތިޔަބައިމީހުންގެ އަތްތަކުން عذاب ދެއްވާނެތެވެ. އަދި އެއުރެން ނިކަމެތި ކޮށްލައްވާނެތެވެ. އަދި ތިޔަބައިމީހުންނަށް، އެއުރެންގެ މައްޗަށް نصر ދެއްވާނެތެވެ. އަދި مؤمن ބަޔެއްގެ ހިތްތަކަށް شفاء ދެއްވާނެތެވެ

🎧 އަޑު އަހާ


📜 އާޔަތް 12-16 — ސޫރަތު އަތް-ތައުބާ

12وَإِن نَّكَثُوا أَيْمَانَهُم مِّن بَعْدِ عَهْدِهِمْ وَطَعَنُوا فِي دِينِكُمْ فَقَاتِلُوا أَئِمَّةَ الْكُفْرِ ۙ إِنَّهُمْ لَا أَيْمَانَ لَهُمْ لَعَلَّهُمْ يَنتَهُونَ
އަދި އެއުރެން عهد ކުރުމަށްފަހު، އެއުރެންގެ ހުވާތައް އުވާލައި، އަދި ތިޔަބައިމީހުންގެ ދީނަށް عيب ބަސް ބުނެއުޅެނީނަމަ، ތިޔަބައިމީހުން كافر ކަމުގެ ބޮޑުންނާ ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، ހުވަޔަކީ، އެއުރެންނަށް އެއްވެސް އެއްޗެއްނޫނެވެ. (ހަނގުރާމަ ކުރަންވީ) އެއުރެން އެކަންތައް ހުއްޓާލާތޯއެވެ
13أَلَا تُقَاتِلُونَ قَوْمًا نَّكَثُوا أَيْمَانَهُمْ وَهَمُّوا بِإِخْرَاجِ الرَّسُولِ وَهُم بَدَءُوكُمْ أَوَّلَ مَرَّةٍ ۚ أَتَخْشَوْنَهُمْ ۚ فَاللَّهُ أَحَقُّ أَن تَخْشَوْهُ إِن كُنتُم مُّؤْمِنِينَ
އެއުރެންގެ ހުވާތައް އުވާލައި، رسول އާ (ރަށުން) ބޭރުކޮށްލުމަށް ރޭވި ބަޔަކާ ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ ފުރަތަމަ ތިޔަބައިމީހުންނަށް حملة ދިނީ އެއުރެންނެވެ. ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، ތިޔަބައިމީހުން ބިރުވެތިވުން حق ކަން ބޮޑީ، اللَّه އަށެވެ
14قَاتِلُوهُمْ يُعَذِّبْهُمُ اللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ
ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރާ ހުށިކަމެވެ! އޭރުން اللَّه އެއުރެންނަށް ތިޔަބައިމީހުންގެ އަތްތަކުން عذاب ދެއްވާނެތެވެ. އަދި އެއުރެން ނިކަމެތި ކޮށްލައްވާނެތެވެ. އަދި ތިޔަބައިމީހުންނަށް، އެއުރެންގެ މައްޗަށް نصر ދެއްވާނެތެވެ. އަދި مؤمن ބަޔެއްގެ ހިތްތަކަށް شفاء ދެއްވާނެތެވެ
15وَيُذْهِبْ غَيْظَ قُلُوبِهِمْ ۗ وَيَتُوبُ اللَّهُ عَلَىٰ مَن يَشَاءُ ۗ وَاللَّهُ عَلِيمٌ حَكِيمٌ
އަދި އެއުރެންގެ (އެބަހީ: مؤمن ންގެ) ހިތްތަކުގައިވާ ރުޅިވެރިކަން ފިއްލަވާނެތެވެ. اللَّه އިރާދަކުރައްވާ ބަޔެއްގެ މައްޗަށް توبة ލައްވާނެތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ
16أَمْ حَسِبْتُمْ أَن تُتْرَكُوا وَلَمَّا يَعْلَمِ اللَّهُ الَّذِينَ جَاهَدُوا مِنكُمْ وَلَمْ يَتَّخِذُوا مِن دُونِ اللَّهِ وَلَا رَسُولِهِ وَلَا الْمُؤْمِنِينَ وَلِيجَةً ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ
ތިޔަބައިމީހުންކުރެ جهاد ކޮށް، اللَّه އާއި، އެކަލާނގެ رسول އާއާއި، مؤمن ން ފިޔަވައި، އެކުވެރިން ބޭނުންނުކުރާ މީހުން، اللَّه ދެނެވޮޑިގެންވާކަން އެންގެވުމުގެ ގޮތުން، امتحان ކުރެއްވުމަކާނުލައި، ތިޔަބައިމީހުން ދޫކޮށްލައްވާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
14އާޔަތް

ތަރުޖަމާ — އަތް-ތައުބާ 14

ސޫރަތު އަތް-ތައުބާ އާޔަތް 14 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރާ ހުށިކަމެވެ! އޭރުން اللَّه އެއުރެންނަށް ތިޔަބައިމީހުންގެ އަތްތަކުން عذاب…

ސޫރަތު އާޔަތް 14/129 — ސޫރަތު އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަތް-ތައުބާ އަޑު އަހާ, ސޫރަތު އަތް-ތައުބާ ތަރުޖަމާ, ސޫރަތު އަތް-ތައުބާ mp3, ސޫރަތު އަތް-ތައުބާ pdf. އާޔަތް 12–16. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers