އަތް-ތައުބާ · 78/129
ތަރުޖަމާ ކިޔެވުން — ސޫރަތު އަތް-ތައުބާ
أَلَمْ يَعْلَمُوا أَنَّ اللَّهَ يَعْلَمُ سِرَّهُمْ وَنَجْوَاهُمْ وَأَنَّ اللَّهَ عَلَّامُ الْغُيُوبِ ۝٧٨
Alam ya`lamooo annal laaha ya`lamu sirrahum wa najwaahum wa annal laaha `Allaamul Ghuyoob
📖 ދިވެހި މާނަ
ހަމަކަށަވަރުން، އެއުރެންގެ (ހިތްތަކުގައިވާ) ސިއްރުތަކާއި، އެއުރެންގެ ސިއްރު ސައްލާތައް اللَّه ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން، اللَّه އީ، غيب ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟

🎧 އަޑު އަހާ


📜 އާޔަތް 76-80 — ސޫރަތު އަތް-ތައުބާ

76فَلَمَّا آتَاهُم مِّن فَضْلِهِ بَخِلُوا بِهِ وَتَوَلَّوا وَّهُم مُّعْرِضُونَ
ފަހެ، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން، އެއުރެންނަށް ދެއްވިހިނދު، އެތަކެއްޗަށް އެއުރެން ދަހިވެތިވޫއެވެ. އަދި އެއުރެން ފުރަގަސްދޭ حال، އެނބުރި ދިޔައޫއެވެ
77فَأَعْقَبَهُمْ نِفَاقًا فِي قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُ بِمَا أَخْلَفُوا اللَّهَ مَا وَعَدُوهُ وَبِمَا كَانُوا يَكْذِبُونَ
ދެން އެކަމާވިދިގެން އެކަލާނގެ އެއުރެންގެ ހިތްތަކުގައި نفاق ކަން ލެއްވިއެވެ. އެކަލާނގެއާ އެއުރެން ބައްދަލުކުރާ ދުވަހަށް ދާނދެނެވެ. (އެއީ) އެއުރެން اللَّه އަށް وعد ކުރި ކަންތަކާމެދު، اللَّه އަށް އެއުރެން خلاف ވީކަމަށްޓަކައެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމަށްޓަކައެވެ
78أَلَمْ يَعْلَمُوا أَنَّ اللَّهَ يَعْلَمُ سِرَّهُمْ وَنَجْوَاهُمْ وَأَنَّ اللَّهَ عَلَّامُ الْغُيُوبِ
ހަމަކަށަވަރުން، އެއުރެންގެ (ހިތްތަކުގައިވާ) ސިއްރުތަކާއި، އެއުރެންގެ ސިއްރު ސައްލާތައް اللَّه ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން، اللَّه އީ، غيب ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟
79الَّذِينَ يَلْمِزُونَ الْمُطَّوِّعِينَ مِنَ الْمُؤْمِنِينَ فِي الصَّدَقَاتِ وَالَّذِينَ لَا يَجِدُونَ إِلَّا جُهْدَهُمْ فَيَسْخَرُونَ مِنْهُمْ ۙ سَخِرَ اللَّهُ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ
އެއުރެންނީ، مؤمن ންގެ ތެރެއިން تطوّع ގެ ގޮތުން صدقات ދޭ މީހުންގެ صدقات އާމެދު، ކުޑައިމީސްބަސް ބުނާ މީހުންނެވެ. އަދި އެއުރެންނީ (އެބަހީ: مؤمن ންނީ) އެއުރެންނަށް ކިރިޔާ ފުދޭމިންވަރު ނޫނީ ނުލިބޭ މީހުންނެވެ. ފަހެ، އެއުރެންނަށް އެއުރެން (އެބަހީ: منافق ން) މަލާމާތް ކުރެތެވެ. اللَّه އެއުރެންނަށް މަލާމާތް ރައްދުކުރެއްވިއެވެ. އަދި އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ
80اسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَن يَغْفِرَ اللَّهُ لَهُمْ ۚ ذَٰلِكَ بِأَنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ
އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް ފާފަފުއްސެވުމަށް ހަތްދިހަ ފަހަރު ކަލޭގެފާނު އެދިވަޑައިގަތަސް، اللَّه، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. އެއީ އެއުރެން اللَّه އާއި އެކަލާނގެ رسول އާއަށް كافر ވި ކަމަށްޓަކައެވެ. އަދި فاسق ވެގެންވާ ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
78އާޔަތް

ތަރުޖަމާ — އަތް-ތައުބާ 78

ސޫރަތު އަތް-ތައުބާ އާޔަތް 78 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، އެއުރެންގެ (ހިތްތަކުގައިވާ) ސިއްރުތަކާއި، އެއުރެންގެ ސިއްރު ސައްލާތައް اللَّه ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން،…

ސޫރަތު އާޔަތް 78/129 — ސޫރަތު އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަތް-ތައުބާ އަޑު އަހާ, ސޫރަތު އަތް-ތައުބާ ތަރުޖަމާ, ސޫރަތު އަތް-ތައުބާ mp3, ސޫރަތު އަތް-ތައުބާ pdf. އާޔަތް 76–80. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers