ހޫދު · 8/123
ތަރުޖަމާ ކިޔެވުން — ސޫރަތު ހޫދު
وَلَئِنْ أَخَّرْنَا عَنْهُمُ الْعَذَابَ إِلَىٰ أُمَّةٍ مَّعْدُودَةٍ لَّيَقُولُنَّ مَا يَحْبِسُهُ ۗ أَلَا يَوْمَ يَأْتِيهِمْ لَيْسَ مَصْرُوفًا عَنْهُمْ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ ۝٨
Wala`in akhkharnaa `anhumul `azaaba ilaaa ummatim ma`doodatil la yaqoolunna maa yahbisuh; alaa yawma yaateehim laisa masroofan `anhum wa haaqa bihim maa kaanoo bihee yastahzi`oon
📖 ދިވެހި މާނަ
އަދި عدد ކުރައްވާފައިވާ ވަގުތުކޮޅަކަށް، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން عذاب ފަސްކުރައްވައިފިނަމަ، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. އެ عذاب އަޔަނުދީ ބަންދުކުރަނީ، ކޮންއެއްޗެއްހެއްޔެވެ؟ ދަންނާށެވެ! އެއުރެންނަށް عذاب އަންނަ ދުވަހު އެއުރެންގެ ކިބައިން އެ عذاب ދުރުނުކުރައްވާ ހުށްޓެވެ. އަދި އެއުރެން އެއަށް ފުރައްސާރަކޮށް އުޅުނު عذاب، އެއުރެން ވަށައިލާ ހުށްޓެވެ

🎧 އަޑު އަހާ


📜 އާޔަތް 6-10 — ސޫރަތު ހޫދު

6۞ وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِي كِتَابٍ مُّبِينٍ
ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް اللَّه رزق ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެ ތަކެތި ބިމުގައިއުޅޭ ތަނާއި، މަރުވެގެން ވަޅުލާތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ
7وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى الْمَاءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۗ وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِن بَعْدِ الْمَوْتِ لَيَقُولَنَّ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ
އަދި އެކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ عرش (އޭރު) ވަނީ ފެން މަތީގައެވެ. (އެއީ) ތިޔަބައިމީހުންގެ ތެރެއިން، އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށެވެ. އަދި މަރުވުމަށްފަހު، ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި، محشر އަށް ފޮނުއްވާނެޔޭ ކަލޭގެފާނު ވިދާޅުވެއްޖެނަމަ، ހަމަކަށަވަރުން، كافر ވި މީހުން ބުނާނެތެވެ. މިއީ، ބަޔާންވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ނުވެތެވެ
8وَلَئِنْ أَخَّرْنَا عَنْهُمُ الْعَذَابَ إِلَىٰ أُمَّةٍ مَّعْدُودَةٍ لَّيَقُولُنَّ مَا يَحْبِسُهُ ۗ أَلَا يَوْمَ يَأْتِيهِمْ لَيْسَ مَصْرُوفًا عَنْهُمْ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ
އަދި عدد ކުރައްވާފައިވާ ވަގުތުކޮޅަކަށް، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން عذاب ފަސްކުރައްވައިފިނަމަ، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. އެ عذاب އަޔަނުދީ ބަންދުކުރަނީ، ކޮންއެއްޗެއްހެއްޔެވެ؟ ދަންނާށެވެ! އެއުރެންނަށް عذاب އަންނަ ދުވަހު އެއުރެންގެ ކިބައިން އެ عذاب ދުރުނުކުރައްވާ ހުށްޓެވެ. އަދި އެއުރެން އެއަށް ފުރައްސާރަކޮށް އުޅުނު عذاب، އެއުރެން ވަށައިލާ ހުށްޓެވެ
9وَلَئِنْ أَذَقْنَا الْإِنسَانَ مِنَّا رَحْمَةً ثُمَّ نَزَعْنَاهَا مِنْهُ إِنَّهُ لَيَئُوسٌ كَفُورٌ
އަދި ތިމަންރަސްކަލާނގެ އިންސާނާާއަށް رحمة އެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ رحمة ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން، އޭނާ ވަނީ، ތިމަންރަސްކަލާނގެ رحمة ން އުންމީދުކަނޑައި، نعمة އަށް ދެކޮޅުހަދާ كافر އަކަށެވެ
10وَلَئِنْ أَذَقْنَاهُ نَعْمَاءَ بَعْدَ ضَرَّاءَ مَسَّتْهُ لَيَقُولَنَّ ذَهَبَ السَّيِّئَاتُ عَنِّي ۚ إِنَّهُ لَفَرِحٌ فَخُورٌ
އަދި، އެ އިންސާނާއަށް ޖެހުނު مصيبة އަކަށްފަހު، ތިމަންރަސްކަލާނގެ އޭނާއަށް نعمة ދެއްވައިފިނަމަ، އޭނާ ބުނާނެކަން ކަށަވަރެވެ. ތިމަންގެ ކިބައިން ހުރިހާ مصيبة އެއް ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، އޭނާ ވަނީ (އެ ލިބުނު ކަންތަކަށް) އުފާވެ فخر ވެރިވެފައެވެ
ހޫދުޤުރުއާން ފިހުރިސްތު
123އާޔަތް
MeccanRevelation
8އާޔަތް

ތަރުޖަމާ — ހޫދު 8

ސޫރަތު ހޫދު އާޔަތް 8 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި عدد ކުރައްވާފައިވާ ވަގުތުކޮޅަކަށް، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން عذاب ފަސްކުރައްވައިފިނަމަ، ހަމަކަށަވަރުން،…

ސޫރަތު އާޔަތް 8/123 — ސޫރަތު ހޫދު هود (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ހޫދު އަޑު އަހާ, ސޫރަތު ހޫދު ތަރުޖަމާ, ސޫރަތު ހޫދު mp3, ސޫރަތު ހޫދު pdf. އާޔަތް 6–10. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers