މަރްޔަމް · 60/98
ތަރުޖަމާ ކިޔެވުން — ސޫރަތު މަރްޔަމް
إِلَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا ۝٦٠
Illaa man taaba wa aamana wa `amila saalihan fa ulaaa`ika yadkhuloonal jannata wa laa yuzlamoona shai`aa
📖 ދިވެހި މާނަ
توبة ވެ، އަދި، إيمان ވެ، އަދި صالح عمل ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ

🎧 އަޑު އަހާ


📜 އާޔަތް 58-62 — ސޫރަތު މަރްޔަމް

58أُولَٰئِكَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِم مِّنَ النَّبِيِّينَ مِن ذُرِّيَّةِ آدَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِن ذُرِّيَّةِ إِبْرَاهِيمَ وَإِسْرَائِيلَ وَمِمَّنْ هَدَيْنَا وَاجْتَبَيْنَا ۚ إِذَا تُتْلَىٰ عَلَيْهِمْ آيَاتُ الرَّحْمَٰنِ خَرُّوا سُجَّدًا وَبُكِيًّا ۩
އެބޭކަލުންނަކީ، آدم ގެފާނުގެ ދަރިކޮޅުން ވަޑައިގަތް ނަބިއްޔުންކުރެ، އެބޭކަލުންގެ މައްޗަށް اللَّه نعمة ދެއްވި ބޭކަލުންނެވެ. އަދި ތިމަންރަސްކަލާނގެ، نوح ގެފާނާއެކުގައި (ނަވުގައި) އުފުއްލެވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އަދި إبراهيم ގެފާނާއި إسـرآءيـل ގެފާނުގެ ދަރިކޮޅުންވާ ބަޔެކެވެ. އަދި ތިމަންރަސްކަލާނގެ ތެދުމަގުދައްކަވައި، خيار ކުރެއްވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އެބޭކަލުންގެ މައްޗަށް رحمن ވަންތަ ރަސްކަލާނގެ آية ތައް ކިޔެވޭހިނދު، އެބޭކަލުން ކީރިތިކުރައްވަމުން سجدة އަށް ތިރިވެވަޑައިގަންނަވަތެވެ
59۞ فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا
ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ
60إِلَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا
توبة ވެ، އަދި، إيمان ވެ، އަދި صالح عمل ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ
61جَنَّاتِ عَدْنٍ الَّتِي وَعَدَ الرَّحْمَٰنُ عِبَادَهُ بِالْغَيْبِ ۚ إِنَّهُ كَانَ وَعْدُهُ مَأْتِيًّا
(އެއީ) رحمن ވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް غيب ގައި ދެއްވުމަށް وعد ކުރައްވާފައިވާ، عدن އޭ ކިއުނު ސުވަރުގެތަކެވެ. ހަމަކަށަވަރުން، އެކަލާނގެ وعد ފުޅަކީ، އަންނާނޭ އެއްޗެއްކަމުގައިވެއެވެ
62لَّا يَسْمَعُونَ فِيهَا لَغْوًا إِلَّا سَلَامًا ۖ وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيًّا
އެތާނގައި ބޭކާރު ވާހަކައެއް އެއުރެންނަކަށް ނީވޭނެތެވެ. އެހެނެއްކަމަކު، (އިވޭނީ) سلام އާއި، تحيّة ގެ އަޑެވެ. އަދި ހެނދުނާއި، ހަވީރު އެއުރެންގެ رزق، އެއުރެންނަށްޓަކައި އެތާނގައި ވެއެވެ
މަރްޔަމްޤުރުއާން ފިހުރިސްތު
98އާޔަތް
MeccanRevelation
60އާޔަތް

ތަރުޖަމާ — މަރްޔަމް 60

ސޫރަތު މަރްޔަމް އާޔަތް 60 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : توبة ވެ، އަދި، إيمان ވެ، އަދި صالح عمل ކުޅަ މީހުން…

ސޫރަތު އާޔަތް 60/98 — ސޫރަތު މަރްޔަމް مريم (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު މަރްޔަމް އަޑު އަހާ, ސޫރަތު މަރްޔަމް ތަރުޖަމާ, ސޫރަތު މަރްޔަމް mp3, ސޫރަތު މަރްޔަމް pdf. އާޔަތް 58–62. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers