އަލް-ބަޤަރާ · 242/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ ۝٢٤٢
Kazaalika yubaiyinul laahu lakum aayaatihee la`allakum ta`qiloon
📖 ދިވެހި މާނަ
اللَّه، އެކަލާނގެ آية ތައް، ތިޔަބައިމީހުންނަށް އެފަދައިން ބަޔާންކޮށްދެއްވަނީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ
🎧 އަޑު އަހާ

📜 އާޔަތް 240-244 — އަލް-ބަޤަރާ

240وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا وَصِيَّةً لِّأَزْوَاجِهِم مَّتَاعًا إِلَى الْحَوْلِ غَيْرَ إِخْرَاجٍ ۚ فَإِنْ خَرَجْنَ فَلَا جُنَاحَ عَلَيْكُمْ فِي مَا فَعَلْنَ فِي أَنفُسِهِنَّ مِن مَّعْرُوفٍ ۗ وَاللَّهُ عَزِيزٌ حَكِيمٌ
ތިޔަބައިމީހުންގެ ތެރެއިން އަނބިން ދޫކޮށް މަރުވެދާ މީހުން، އެއުރެންގެ އަނބިން (ގެއިން) ނެރެލުމަކާނުލައި، އަހަރުދުވަހަށް ދާނދެން (ކެއިންބުއިމާއި ފޭރާމުގެގޮތުން) ބޭނުންކުރާނޭ އެއްޗެއް، އެއުރެންގެ އަނބިންނަށް ދިނުމަށް وصية ކުރާހުށިކަމެވެ! ފަހެ އެކަނބަލުން (ގެއިން) ނުކުމެއްޖެނަމަ، (ދަންނާށެވެ!) شرعى ހަމައިގެމަތިން އެކަނބަލުންގެ نفس ތަކާމެދު އެކަނބަލުން ކުޅަކަމެއްގައި ފަހެ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. (ނޯޓު: މި آية ގައިވާ وصية އާއި، ހުވަފަތްވެފައިވާ އަންހެނާ، ގެއިންނުނެރެ އަހަރުދުވަސްވަންދެން ބޭންދުމުގެ حكم ވަނީ نسخ ވެފައެވެ)
241وَلِلْمُطَلَّقَاتِ مَتَاعٌ بِالْمَعْرُوفِ ۖ حَقًّا عَلَى الْمُتَّقِينَ
ވަރިކޮށްފައިވާ އަންހެނުންނަށް އެކަށީގެންވާ ހެޔޮގޮތުގައި نفقات ދިނުން ހުށްޓެވެ. تقوى ވެރިންގެ މައްޗަށްވާ حق އެއްގެ ގޮތުގައެވެ
242كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ
اللَّه، އެކަލާނގެ آية ތައް، ތިޔަބައިމީހުންނަށް އެފަދައިން ބަޔާންކޮށްދެއްވަނީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ
243۞ أَلَمْ تَرَ إِلَى الَّذِينَ خَرَجُوا مِن دِيَارِهِمْ وَهُمْ أُلُوفٌ حَذَرَ الْمَوْتِ فَقَالَ لَهُمُ اللَّهُ مُوتُوا ثُمَّ أَحْيَاهُمْ ۚ إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ
އެތައްހާސް ބަޔަކުކަމުގައިވާ حال، މަރަށް ބިރުން އެއުރެންގެ ގޯތިގެދޮރުން ނުކުމެގެންދިޔަ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ ފަހެ، اللَّه، އެއުރެންނަށް وحى ކުރެއްވިއެވެ. ތިޔަބައިމީހުން މަރުވާށެވެ! (ދެން، އެއުރެން މަރުވީއެވެ.) ދެން، އެކަލާނގެ އެއުރެން ދިރުއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، މީސްތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުން ކުރެ ގިނަ މީހުން شكر އެއް ނުކުރެތެވެ
244وَقَاتِلُوا فِي سَبِيلِ اللَّهِ وَاعْلَمُوا أَنَّ اللَّهَ سَمِيعٌ عَلِيمٌ
އަދި، ތިޔަބައިމީހުން، اللَّه ގެ މަގުގައި ހަނގުރާމަކުރާށެވެ! އަދި، ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
242އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 242

ސޫރަތު އާޔަތް 242/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 240–244. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers