އަލް-ޙައްޖު · 12/78
ތަރުޖަމާ ކިޔެވުން — އަލް-ޙައްޖު
يَدْعُو مِن دُونِ اللَّهِ مَا لَا يَضُرُّهُ وَمَا لَا يَنفَعُهُ ۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ ۝١٢
Yad`oo min doonil laahi maa laa yadurruhoo wa maa laa yanfa`uh` zaalika huwad dalaalul ba`ed
📖 ދިވެހި މާނަ
އެމީހަކަށް ގެއްލުމެއް ނުދޭ، އަދި މަންފާއެއްވެސް ނުދޭ އެއްޗަކަށް، اللَّه ފިޔަވައި އޭނާ އަޅުކަންކުރެތެވެ. (حق ގެ މަގުން) ދުރުވެގެންވާ ފުރެދުމަކީ ހަމައެއީއެވެ
🎧 އަޑު އަހާ

📜 އާޔަތް 10-14 — އަލް-ޙައްޖު

10ذَٰلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ
އެއީ ތިބާގެ ދެއަތުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ
11وَمِنَ النَّاسِ مَن يَعْبُدُ اللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ
شك އެއްގެމަތީގައި ތިބެގެން، اللَّه އަށް އަޅުކަންކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާޔަށް ބަލާއެއް مصيبة އެއް ޖެހިއްޖެނަމަ، كفر ވެރިކަމަށް ފުރޮޅިދެއެވެ. އޭނާޔަށް ދުނިޔެއާއި آخرة ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ
12يَدْعُو مِن دُونِ اللَّهِ مَا لَا يَضُرُّهُ وَمَا لَا يَنفَعُهُ ۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ
އެމީހަކަށް ގެއްލުމެއް ނުދޭ، އަދި މަންފާއެއްވެސް ނުދޭ އެއްޗަކަށް، اللَّه ފިޔަވައި އޭނާ އަޅުކަންކުރެތެވެ. (حق ގެ މަގުން) ދުރުވެގެންވާ ފުރެދުމަކީ ހަމައެއީއެވެ
13يَدْعُو لَمَن ضَرُّهُ أَقْرَبُ مِن نَّفْعِهِ ۚ لَبِئْسَ الْمَوْلَىٰ وَلَبِئْسَ الْعَشِيرُ
އޭނާ އެ އަޅުކަންކުރަނީ، އެ އެއްޗެއްގެ މަންފާއަށްވުރެ، އެ އެއްޗެއްގެ ގެއްލުން މާގާތްވެގެންވާ އެއްޗަކަށެވެ. އޭނާ އެ ވާގިލިބިގަންނަ އެއްޗެއްގެ ނުބައިކަމާއެވެ! އަދި އެކުވެރިޔެއްގެ ގޮތުންވެސް އޭގެ ނުބައިކަމާއެވެ
14إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ إِنَّ اللَّهَ يَفْعَلُ مَا يُرِيدُ
ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުރި މީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، اللَّه (އެއުރެން) ވައްދަވާނެތެވެ. ހަމަކަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ
އަލް-ޙައްޖުޤުރުއާން ފިހުރިސްތު
78އާޔަތް
MedinanRevelation
12އާޔަތް

ތަރުޖަމާ — އަލް-ޙައްޖު 12

ސޫރަތު އަލް-ޙައްޖު އާޔަތް 12 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެމީހަކަށް ގެއްލުމެއް ނުދޭ، އަދި މަންފާއެއްވެސް ނުދޭ އެއްޗަކަށް، اللَّه ފިޔަވައި އޭނާ…

ސޫރަތު އާޔަތް 12/78 — އަލް-ޙައްޖު الحج (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޙައްޖު އަޑު އަހާ, އަލް-ޙައްޖު ތަރުޖަމާ, އަލް-ޙައްޖު mp3, އަލް-ޙައްޖު pdf. އާޔަތް 10–14. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers