އަލް-ފުރުޤާން · 24/77
ތަރުޖަމާ ކިޔެވުން — އަލް-ފުރުޤާން
أَصْحَابُ الْجَنَّةِ يَوْمَئِذٍ خَيْرٌ مُّسْتَقَرًّا وَأَحْسَنُ مَقِيلًا ۝٢٤
As haabul jannati yawma`izin khairum mustaqar ranw wa ahsanu maqeela
📖 ދިވެހި މާނަ
އެދުވަހުން ހަމަޖެހި ތިބޭތަނުގެ ގޮތުން، ސުވަރުގޭގެ أهل ވެރިން ހެޔޮކަންބޮޑެވެ. އަދި އަރާމުކުރަންތިބޭ ތަނުގެ ގޮތުންވެސް ރަނގަޅުކަން ބޮޑުމެއެވެ
🎧 އަޑު އަހާ

📜 އާޔަތް 22-26 — އަލް-ފުރުޤާން

22يَوْمَ يَرَوْنَ الْمَلَائِكَةَ لَا بُشْرَىٰ يَوْمَئِذٍ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًا مَّحْجُورًا
އެއުރެން ملائكة ން ދެކޭ ދުވަސް ހަނދުމަކުރާށެވެ! އެދުވަހުން ކުށްވެރިންނަކަށް އުފާވެރިخبر އެއް ނެތެވެ. އަދި އެ ملائكة ން ވިދާޅުވާނެތެވެ. حرام ން حرام އެވެ. (އެބަހީ: ތިޔަބައިމީހުންގެ މައްޗަށް ސުވަރުގެއާއި، مغفرة އާއި، އުފާވެރި خبر، حرام ވެގެންވެއެވެ)
23وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا
އަދި عمل ގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންރަސްކަލާނގެ ބައްލަވައި، އެ عمل ތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ
24أَصْحَابُ الْجَنَّةِ يَوْمَئِذٍ خَيْرٌ مُّسْتَقَرًّا وَأَحْسَنُ مَقِيلًا
އެދުވަހުން ހަމަޖެހި ތިބޭތަނުގެ ގޮތުން، ސުވަރުގޭގެ أهل ވެރިން ހެޔޮކަންބޮޑެވެ. އަދި އަރާމުކުރަންތިބޭ ތަނުގެ ގޮތުންވެސް ރަނގަޅުކަން ބޮޑުމެއެވެ
25وَيَوْمَ تَشَقَّقُ السَّمَاءُ بِالْغَمَامِ وَنُزِّلَ الْمَلَائِكَةُ تَنزِيلًا
ވިލާތަކާއެކު އުޑު ފަޅަފަޅައިގެންދާ ދުވަސް ހަނދުމަކުރާށެވެ! އަދި ގިނަ عدد އަކަށް އެދުވަހު ملائكة ން ބާވައިލައްވާނެތެވެ
26الْمُلْكُ يَوْمَئِذٍ الْحَقُّ لِلرَّحْمَٰنِ ۚ وَكَانَ يَوْمًا عَلَى الْكَافِرِينَ عَسِيرًا
އެދުވަހު حقيقى ވެރިކަންވަނީ، رحمن ވަންތަ ރަސްކަލާނގެއަށެވެ. އަދި كافر ންގެ މައްޗަށް ދަތިކަން ބޮޑު ދުވަހެއްކަމުގައި އެދުވަސްވެއެވެ
އަލް-ފުރުޤާންޤުރުއާން ފިހުރިސްތު
77އާޔަތް
MeccanRevelation
24އާޔަތް

ތަރުޖަމާ — އަލް-ފުރުޤާން 24

ސޫރަތު އަލް-ފުރުޤާން އާޔަތް 24 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެދުވަހުން ހަމަޖެހި ތިބޭތަނުގެ ގޮތުން، ސުވަރުގޭގެ أهل ވެރިން ހެޔޮކަންބޮޑެވެ. އަދި އަރާމުކުރަންތިބޭ…

ސޫރަތު އާޔަތް 24/77 — އަލް-ފުރުޤާން الفرقان (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ފުރުޤާން އަޑު އަހާ, އަލް-ފުރުޤާން ތަރުޖަމާ, އަލް-ފުރުޤާން mp3, އަލް-ފުރުޤާން pdf. އާޔަތް 22–26. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers