އާލު-ޢިމްރާން · 148/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
فَآتَاهُمُ اللَّهُ ثَوَابَ الدُّنْيَا وَحُسْنَ ثَوَابِ الْآخِرَةِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ ۝١٤٨
Fa aataahumul laahu sawaabad dunyaa wa husna sawaabil Aakhirah; wallaahu yuhibbul muhsineen
📖 ދިވެހި މާނަ
ދެންފަހެ، ދުނިޔޭގެ ثواب އާއި، آخرة ގެ ރިވެތި ثواب އެއުރެންނަށް اللَّه ދެއްވިއެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ
🎧 އަޑު އަހާ

📜 އާޔަތް 146-150 — އާލު-ޢިމްރާން

146وَكَأَيِّن مِّن نَّبِيٍّ قَاتَلَ مَعَهُ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا لِمَا أَصَابَهُمْ فِي سَبِيلِ اللَّهِ وَمَا ضَعُفُوا وَمَا اسْتَكَانُوا ۗ وَاللَّهُ يُحِبُّ الصَّابِرِينَ
އެ ނަބިއްޔުންގެ އަރިހުގައި ގިނަވެގެންވާ جماعة ތައް ހަނގުރާމަކުޅައީ ކިތައްކިތައް ނަބިއްޔުންހޭ؟ ފަހެ، اللَّه ގެ މަގުގައި އެއުރެންނަށް ޖެހުނު ކަންތަކަށް އެއުރެން ފިނޑިއެއްނުވިއެވެ. އަދި، އެއުރެން ނިކަމެއްޗެއްވެސް ނުވިއެވެ. އަދި، (دشمن ންގެ ކުރިމަތީގައިި) އެއުރެން ބަލިކަށްޓެއްވެސް ނުވިއެވެ. ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ
147وَمَا كَانَ قَوْلَهُمْ إِلَّا أَن قَالُوا رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
އަދި، އެއުރެންގެ ބަހެއްކަމުގައި އެއުރެން ދެންނެވުންމެނުވީ ނުވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ
148فَآتَاهُمُ اللَّهُ ثَوَابَ الدُّنْيَا وَحُسْنَ ثَوَابِ الْآخِرَةِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ
ދެންފަހެ، ދުނިޔޭގެ ثواب އާއި، آخرة ގެ ރިވެތި ثواب އެއުރެންނަށް اللَّه ދެއްވިއެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ
149يَا أَيُّهَا الَّذِينَ آمَنُوا إِن تُطِيعُوا الَّذِينَ كَفَرُوا يَرُدُّوكُمْ عَلَىٰ أَعْقَابِكُمْ فَتَنقَلِبُوا خَاسِرِينَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ފުރަގަހަށް އެއުރެން ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފާނެތެވެ. (އެބަހީ: ތިޔަބައިމީހުން دين ން ބޭރުކޮށްފާނެތެވެ.) ފަހެ، (އެހިނދު) ތިޔަބައިމީހުން އެނބުރިދާނީ، ގެއްލެނިވެގެންވާ حال ގައެވެ
150بَلِ اللَّهُ مَوْلَاكُمْ ۖ وَهُوَ خَيْرُ النَّاصِرِينَ
އަދި، ކިއެއްތަ! ތިޔަބައިމީހުންނަށް نصر ދެއްވާ އެހީތެރިޔަކީ اللَّه އެވެ. އަދި، نصر ދެއްވާ އެންމެ ހެޔޮފަރާތަކީ އެކަލާނގެއެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
148އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 148

ސޫރަތު އާލު-ޢިމްރާން އާޔަތް 148 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ދެންފަހެ، ދުނިޔޭގެ ثواب އާއި، آخرة ގެ ރިވެތި ثواب އެއުރެންނަށް اللَّه…

ސޫރަތު އާޔަތް 148/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 146–150. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers