އާލު-ޢިމްރާން · 149/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
يَا أَيُّهَا الَّذِينَ آمَنُوا إِن تُطِيعُوا الَّذِينَ كَفَرُوا يَرُدُّوكُمْ عَلَىٰ أَعْقَابِكُمْ فَتَنقَلِبُوا خَاسِرِينَ ۝١٤٩
Yaaa `aiyuhal lazeena aamanoo in tutee`ullazeena kafaroo yaruddookum `alaaa a`qaabkum fatanqaliboo khaasireen
📖 ދިވެހި މާނަ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ފުރަގަހަށް އެއުރެން ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފާނެތެވެ. (އެބަހީ: ތިޔަބައިމީހުން دين ން ބޭރުކޮށްފާނެތެވެ.) ފަހެ، (އެހިނދު) ތިޔަބައިމީހުން އެނބުރިދާނީ، ގެއްލެނިވެގެންވާ حال ގައެވެ
🎧 އަޑު އަހާ

📜 އާޔަތް 147-151 — އާލު-ޢިމްރާން

147وَمَا كَانَ قَوْلَهُمْ إِلَّا أَن قَالُوا رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
އަދި، އެއުރެންގެ ބަހެއްކަމުގައި އެއުރެން ދެންނެވުންމެނުވީ ނުވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ
148فَآتَاهُمُ اللَّهُ ثَوَابَ الدُّنْيَا وَحُسْنَ ثَوَابِ الْآخِرَةِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ
ދެންފަހެ، ދުނިޔޭގެ ثواب އާއި، آخرة ގެ ރިވެތި ثواب އެއުރެންނަށް اللَّه ދެއްވިއެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ
149يَا أَيُّهَا الَّذِينَ آمَنُوا إِن تُطِيعُوا الَّذِينَ كَفَرُوا يَرُدُّوكُمْ عَلَىٰ أَعْقَابِكُمْ فَتَنقَلِبُوا خَاسِرِينَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ފުރަގަހަށް އެއުރެން ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފާނެތެވެ. (އެބަހީ: ތިޔަބައިމީހުން دين ން ބޭރުކޮށްފާނެތެވެ.) ފަހެ، (އެހިނދު) ތިޔަބައިމީހުން އެނބުރިދާނީ، ގެއްލެނިވެގެންވާ حال ގައެވެ
150بَلِ اللَّهُ مَوْلَاكُمْ ۖ وَهُوَ خَيْرُ النَّاصِرِينَ
އަދި، ކިއެއްތަ! ތިޔަބައިމީހުންނަށް نصر ދެއްވާ އެހީތެރިޔަކީ اللَّه އެވެ. އަދި، نصر ދެއްވާ އެންމެ ހެޔޮފަރާތަކީ އެކަލާނގެއެވެ
151سَنُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ بِمَا أَشْرَكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا ۖ وَمَأْوَاهُمُ النَّارُ ۚ وَبِئْسَ مَثْوَى الظَّالِمِينَ
كافر ވި މީހުންގެ ހިތްތަކަށް ނިކަންހުރެ ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. (އެއީ) އެތަކެއްޗަށް اللَّه އެއްވެސް ބާރެއް ބާވައިލައްވާފައިނުވާ ތަކެތި، اللَّه އާ އެއްފަދަކޮށް، އެއުރެން شريك ކުޅަކަމަށްޓަކައެވެ. އަދި، އެއުރެން ތިބެނިވި ތަނަކީ، ނަރަކަޔެވެ. އެއީ، އަނިޔާވެރިން (އެބަހީ: مشرك ން) ތިބުމަށް ހާދަހާ ނުބައި ތަނެކެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
149އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 149

ސޫރަތު އާލު-ޢިމްރާން އާޔަތް 149 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ…

ސޫރަތު އާޔަތް 149/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 147–151. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers