ޣާފިރު · 81/85
ތަރުޖަމާ ކިޔެވުން — ޣާފިރު
وَيُرِيكُمْ آيَاتِهِ فَأَيَّ آيَاتِ اللَّهِ تُنكِرُونَ ۝٨١
Wa yureekum Aayaatihee fa ayya Aayaatil laahi tunkiroon
📖 ދިވެހި މާނަ
އަދި އެކަލާނގެ ތިޔަބައިމީހުންނަށް، އެކަލާނގެ آية ތައް ދައްކަވަތެވެ. ފަހެ، اللَّه ގެ آية ތަކުގެ ތެރެއިން ތިޔަބައިމީހުން އިންކާރުކުރަނީ ކޮންآية އަކަށް ހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 79-83 — ޣާފިރު

79اللَّهُ الَّذِي جَعَلَ لَكُمُ الْأَنْعَامَ لِتَرْكَبُوا مِنْهَا وَمِنْهَا تَأْكُلُونَ
اللَّه އީ، ތިޔަބައިމީހުންނަށްޓަކައި نعم ސޫފި ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން އެއިން (ބައެއް ތަކެއްޗަށް) ސަވާރުވެ އަދި އެއިން ބައެއް ތަކެތި ކެއުމަށްޓަކައެވެ
80وَلَكُمْ فِيهَا مَنَافِعُ وَلِتَبْلُغُوا عَلَيْهَا حَاجَةً فِي صُدُورِكُمْ وَعَلَيْهَا وَعَلَى الْفُلْكِ تُحْمَلُونَ
އަދި އެތަކެތީގައި ތިޔަބައިމީހުންނަށް މަންފާތަކެއްވެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައިވާ ބޭނުންތަކަށް އެތަކެތީގެ މަތީގައި (ދަތުރުކޮށް) ތިޔަބައިމީހުން ފޯރުމަށްޓަކައެވެ. އަދި އެތަކެތީގެ މަތީގައްޔާއި، އުޅަނދުތަކުގައި ތިޔަބައިމީހުން (އެއްތަނުން، އަނެއްތަނަށް) އުފުއްލެއެވެ
81وَيُرِيكُمْ آيَاتِهِ فَأَيَّ آيَاتِ اللَّهِ تُنكِرُونَ
އަދި އެކަލާނގެ ތިޔަބައިމީހުންނަށް، އެކަލާނގެ آية ތައް ދައްކަވަތެވެ. ފަހެ، اللَّه ގެ آية ތަކުގެ ތެރެއިން ތިޔަބައިމީހުން އިންކާރުކުރަނީ ކޮންآية އަކަށް ހެއްޔެވެ؟
82أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ ۚ كَانُوا أَكْثَرَ مِنْهُمْ وَأَشَدَّ قُوَّةً وَآثَارًا فِي الْأَرْضِ فَمَا أَغْنَىٰ عَنْهُم مَّا كَانُوا يَكْسِبُونَ
ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ عدد ގިނަ، އަދި ބާރުގަދަ، އަދި ބިމުގައި އެއުރެންގެ أثر ތައް ވަރުގަދަ ބަޔަކުކަމުގައި އެއުރެން (އެބަހީ، ކުރިންއުޅުނުމީހުން) ވޫއެވެ. ފަހެ، އެއުރެން ހޯދައިއުޅުނު ތަކެތި އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ
83فَلَمَّا جَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ فَرِحُوا بِمَا عِندَهُم مِّنَ الْعِلْمِ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ
ފަހެ، އެއުރެންގެ رسول ން ފާޅުވެގެންވާ ހެކިތަކާއިގެން އެއުރެންގެގާތަށް ވަޑައިގަތްހިނދު، އެއުރެންގެ ގާތުގައިވާ (ދުނިޔޭގެ) علم އަށްޓަކައި، އެއުރެން އުފާކުރޫއެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްއައިސް އެއުރެން ވަށައިލިއެވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
81އާޔަތް

ތަރުޖަމާ — ޣާފިރު 81

ސޫރަތު ޣާފިރު އާޔަތް 81 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެކަލާނގެ ތިޔަބައިމީހުންނަށް، އެކަލާނގެ آية ތައް ދައްކަވަތެވެ. ފަހެ، اللَّه ގެ…

ސޫރަތު އާޔަތް 81/85 — ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޣާފިރު އަޑު އަހާ, ޣާފިރު ތަރުޖަމާ, ޣާފިރު mp3, ޣާފިރު pdf. އާޔަތް 79–83. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers