އަލް-ޖާޘިޔާ · 20/37
ތަރުޖަމާ ކިޔެވުން — އަލް-ޖާޘިޔާ
هَٰذَا بَصَائِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمٍ يُوقِنُونَ ۝٢٠
Haazaa basaaa`iru linnaasi wa hudanw wa rahmatul liqawminy yooqinoon
📖 ދިވެހި މާނަ
މި قرآن އަކީ، މީސްތަކުންނަށްވާ އަލިގަދަ دليل ތަކެކެވެ. އަދި يقين ކުރާ ބަޔަކަށްވާ هداية އަކާއި، رحمة އެކެވެ
🎧 އަޑު އަހާ

📜 އާޔަތް 18-22 — އަލް-ޖާޘިޔާ

18ثُمَّ جَعَلْنَاكَ عَلَىٰ شَرِيعَةٍ مِّنَ الْأَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاءَ الَّذِينَ لَا يَعْلَمُونَ
ދެން ތިމަންރަސްކަލާނގެ دين ގެ ކަންތަކުގައި (ފާޅުވެގެންވާ) شريعة އެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެޔަށް تبع ވެވަޑައިގަންނަވާށެވެ! އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ
19إِنَّهُمْ لَن يُغْنُوا عَنكَ مِنَ اللَّهِ شَيْئًا ۚ وَإِنَّ الظَّالِمِينَ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۖ وَاللَّهُ وَلِيُّ الْمُتَّقِينَ
ހަމަކަށަވަރުން، އެއުރެންނަކަށް اللَّه ގެ حضرة ން ކަލޭގެފާނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނީ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންނެވެ. އަދި اللَّه އީ، تقوى ވެރިންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ
20هَٰذَا بَصَائِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمٍ يُوقِنُونَ
މި قرآن އަކީ، މީސްތަކުންނަށްވާ އަލިގަދަ دليل ތަކެކެވެ. އަދި يقين ކުރާ ބަޔަކަށްވާ هداية އަކާއި، رحمة އެކެވެ
21أَمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَن نَّجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَّحْيَاهُمْ وَمَمَاتُهُمْ ۚ سَاءَ مَا يَحْكُمُونَ
ނުބައިކަންތައް ކުރިމީހުން، إيمان ވެ صالح عمل ތައްކުރި މީހުންނާއެއްފަދަ ކަމުގައި ތިމަންރަސްކަލާނގެ ލައްވާނޭކަމަށް (އަދި) އެއުރެންގެ ދިރިތިބުމާއި، މަރުވުން، ހަމަހަމަވެގެންވާކަމަށް އެއުރެން ހީކުރީހެއްޔެވެ؟ އެއުރެން ކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ
22وَخَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ
اللَّه، އުޑުތަކާއި ބިން حق ގޮތުގައި ހެއްދެވިއެވެ. (އެއީ) ކޮންމެ نفس އަކަށްމެ، އެ نفس އެއް ހޯދިކަމެއްގެ ޖަޒާދެއްވުމަށެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ
އަލް-ޖާޘިޔާޤުރުއާން ފިހުރިސްތު
37އާޔަތް
MeccanRevelation
20އާޔަތް

ތަރުޖަމާ — އަލް-ޖާޘިޔާ 20

ސޫރަތު އަލް-ޖާޘިޔާ އާޔަތް 20 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : މި قرآن އަކީ، މީސްތަކުންނަށްވާ އަލިގަދަ دليل ތަކެކެވެ. އަދި يقين ކުރާ…

ސޫރަތު އާޔަތް 20/37 — އަލް-ޖާޘިޔާ الجاثية (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޖާޘިޔާ އަޑު އަހާ, އަލް-ޖާޘިޔާ ތަރުޖަމާ, އަލް-ޖާޘިޔާ mp3, އަލް-ޖާޘިޔާ pdf. އާޔަތް 18–22. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers