އަލް-ޙަޝްރު · 19/24
ތަރުޖަމާ ކިޔެވުން — އަލް-ޙަޝްރު
وَلَا تَكُونُوا كَالَّذِينَ نَسُوا اللَّهَ فَأَنسَاهُمْ أَنفُسَهُمْ ۚ أُولَٰئِكَ هُمُ الْفَاسِقُونَ ۝١٩
Wa laa takoonoo kallazeena nasul laaha fa ansaahum anfusahum; ulaaa`ika humul faasiqoon
📖 ދިވެހި މާނަ
އަދި اللَّه ހަނދުމަ ނައްތައިލި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ފަހެ، އެކަލާނގެ އެއުރެންގެ އަމިއްލަ نفس ތައް ހަނދުމަނެތިކޮށްލެއްވިއެވެ. އެއުރެންނީ، ހަމަ فاسق ންނެވެ
🎧 އަޑު އަހާ

📜 އާޔަތް 17-21 — އަލް-ޙަޝްރު

17فَكَانَ عَاقِبَتَهُمَا أَنَّهُمَا فِي النَّارِ خَالِدَيْنِ فِيهَا ۚ وَذَٰلِكَ جَزَاءُ الظَّالِمِينَ
އެ ދެމީހުންގެ ނިމުމެއް ކަމުގައިވާނީ، އެ ދެމީހުން ނަރަކަޔަށް ވަނުމެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އަދި އެއީ އަނިޔާވެރިންގެ ޖަޒާއެވެ
18يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ކޮންމެ نفس އެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ عمل އެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
19وَلَا تَكُونُوا كَالَّذِينَ نَسُوا اللَّهَ فَأَنسَاهُمْ أَنفُسَهُمْ ۚ أُولَٰئِكَ هُمُ الْفَاسِقُونَ
އަދި اللَّه ހަނދުމަ ނައްތައިލި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ފަހެ، އެކަލާނގެ އެއުރެންގެ އަމިއްލަ نفس ތައް ހަނދުމަނެތިކޮށްލެއްވިއެވެ. އެއުރެންނީ، ހަމަ فاسق ންނެވެ
20لَا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ ۚ أَصْحَابُ الْجَنَّةِ هُمُ الْفَائِزُونَ
ނަރަކައިގެ أهل ވެރިންނާއި، ސުވަރުގޭގެ أهل ވެރިން ހަމަހަމައެއް ނުވާނެތެވެ. ސުވަރުގޭގެ أهل ވެރިންނީ، ހަމަ نصيب ލިބިގެންވާ މީހުންނެވެ
21لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ ۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ
ތިމަންރަސްކަލާނގެ ފަރުބަދައެއްގެ މައްޗަށް މި قرآن ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް اللَّه އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ. އަދި އެ مثال ތައް މީސްތަކުންނަށް ތިމަންރަސްކަލާނގެ ޖައްސަވަނީ، އެއުރެން فكر ކުރުމަށްޓަކައެވެ
އަލް-ޙަޝްރުޤުރުއާން ފިހުރިސްތު
24އާޔަތް
MedinanRevelation
19އާޔަތް

ތަރުޖަމާ — އަލް-ޙަޝްރު 19

ސޫރަތު އަލް-ޙަޝްރު އާޔަތް 19 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި اللَّه ހަނދުމަ ނައްތައިލި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ފަހެ، އެކަލާނގެ…

ސޫރަތު އާޔަތް 19/24 — އަލް-ޙަޝްރު الحشر (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޙަޝްރު އަޑު އަހާ, އަލް-ޙަޝްރު ތަރުޖަމާ, އަލް-ޙަޝްރު mp3, އަލް-ޙަޝްރު pdf. އާޔަތް 17–21. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers