އަލް-އަންޢާމް · 121/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ ۗ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ ۝١٢١
Wa laa taakuloo mimaa lam yuzkaris mullaahi `alaihi wa innahoo lafisq; wa innash Shayaateena la yoohoona ilaaa awliyaaa`ihim liyujaadilookum wa in ata`tumoohum innnakum lamushrikoon
📖 ދިވެހި މާނަ
(ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، اللَّه ގެ اسم ފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން، އެތަކެތިން ކެއުމަކީ، އުރެދުމެއްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނާ جدل ކުރުމަށް شيطان ން އެއުރެންގެ ވާގިވެރިންނަށް ވަސްވާސް ދޭނެއެވެ. ތިޔަބައިމީހުން، އެއުރެންނަށް ކިޔަމަންވެއްޖެނަމަަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، مشرك ންކަން ކަށަވަރެވެ

🎧 އަޑު އަހާ


📜 އާޔަތް 119-123 — އަލް-އަންޢާމް

119وَمَا لَكُمْ أَلَّا تَأْكُلُوا مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ ۗ وَإِنَّ كَثِيرًا لَّيُضِلُّونَ بِأَهْوَائِهِم بِغَيْرِ عِلْمٍ ۗ إِنَّ رَبَّكَ هُوَ أَعْلَمُ بِالْمُعْتَدِينَ
ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ حرام ކުރެއްވި ތަކެތި، تفصيل ކޮށް ބަޔާންކޮށްދެއްވާފައިވާއިރު، އެއެއްޗެއްގެ މައްޗަށް اللَّه ގެ اسم ފުޅު ނަންގަނެ ކަތިލާ ތަކެތިން، ތިޔަބައިމީހުން ނުކާންވީ ކީއްވެގެންހެއްޔެވެެ؟ ތިޔަބައިމީހުން އެ އެއްޗަކަށް ކޮންމެހެން ބޭނުންވެ، މަޖުބޫރުވެގެން ކާންޖެހިއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ވަރަށް ގިނަމީހުން ނުދެނެތިބެ، އެއުރެންގެ އަމިއްލަ އެދުންތަކުން (މީހުން) މަގުފުރައްދަތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހައްދުފަހަނަޅައިދާ މީހުން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
120وَذَرُوا ظَاهِرَ الْإِثْمِ وَبَاطِنَهُ ۚ إِنَّ الَّذِينَ يَكْسِبُونَ الْإِثْمَ سَيُجْزَوْنَ بِمَا كَانُوا يَقْتَرِفُونَ
ތިޔަބައިމީހުން، ބޭރުފުށުގެ ފާފަޔާއި، އެތެރެފުށުގެ ފާފަދޫކޮށްލާށެވެ! ހަމަކަށަވަރުން، ފާފަތައް ހޯދައިގަންނަ މީހުންނަށް، އެއުރެން ކޮށްއުޅުނު ފާފަތަކުގެ ސަބަބުން ޖަޒާ ލިބޭނެތެވެ
121وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ ۗ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ
(ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، اللَّه ގެ اسم ފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން، އެތަކެތިން ކެއުމަކީ، އުރެދުމެއްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނާ جدل ކުރުމަށް شيطان ން އެއުރެންގެ ވާގިވެރިންނަށް ވަސްވާސް ދޭނެއެވެ. ތިޔަބައިމީހުން، އެއުރެންނަށް ކިޔަމަންވެއްޖެނަމަަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، مشرك ންކަން ކަށަވަރެވެ
122أَوَمَن كَانَ مَيْتًا فَأَحْيَيْنَاهُ وَجَعَلْنَا لَهُ نُورًا يَمْشِي بِهِ فِي النَّاسِ كَمَن مَّثَلُهُ فِي الظُّلُمَاتِ لَيْسَ بِخَارِجٍ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَافِرِينَ مَا كَانُوا يَعْمَلُونَ
(كافر ކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަންރަސްކަލާނގެ އެމީހަކު ދިރުއްވައި، މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކާއި، އަނދިރީގެ ތެރޭގައި ނުނިކުމެހުންނަ މީހަކާ އެއްފަދަވާނޭ ހެއްޔެވެެ؟ އެފަދައިން، كافر ންނަށް އެއުރެންކޮށް އުޅުނު عمل ތައް ޒީނަތްތެރިކޮށް ދެއްވިއެވެ
123وَكَذَٰلِكَ جَعَلْنَا فِي كُلِّ قَرْيَةٍ أَكَابِرَ مُجْرِمِيهَا لِيَمْكُرُوا فِيهَا ۖ وَمَا يَمْكُرُونَ إِلَّا بِأَنفُسِهِمْ وَمَا يَشْعُرُونَ
އަދި ހަމައެފަދައިން، ކޮންމެރަށެއްގައި، އެރަށުގެ مجرم ންނަކީ، ބޮޑުން ކަމުގައި ލެއްވީމެވެ. (އެއީ) އެތާނގައި، އެއުރެން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ. އެއުރެންގެ އަމިއްލަ نفس ތަކަށް މެނުވީ، އެއުރެން މަކަރު ހަދާ ކަމުގައި ނުވެތެވެ. އަދި އެއުރެންނަކަށް އެކަމެއް ނުވިސްނެއެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
121އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 121

ސޫރަތު އަލް-އަންޢާމް އާޔަތް 121 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : (ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، اللَّه ގެ اسم ފުޅު ނަންނުގަންނަ އެއްޗަކުން…

ސޫރަތު އާޔަތް 121/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 119–123. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers