އަލް-މުނާފިޤޫން · 6/11
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-މުނާފިޤޫން
سَوَاءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ اللَّهُ لَهُمْ ۚ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْفَاسِقِينَ ٦
Transliteration
Sawaaa`un `alaihim as taghfarta lahum am lam tastaghfir lahum lany yaghfiral laahu lahum; innal laaha laa yahdil qawmal faasiqeen
ތަރުޖަމާ (ދިވެހި މާނަ)
📖 ދިވެހި މާނަ
އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު دعاء ކުރެއްވިޔަސް، ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު دعاء ނުކުރެއްވިޔަސް، އެއުރެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. اللَّه، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. އަދި ހަމަކަށަވަމުން، فاسق ވީ މީހުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ
Additional reference in සිංහල
🎧 އަޑު އަހާ
📜 އާޔަތް 4-8 — ސޫރަތު އަލް-މުނާފިޤޫން
4۞ وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ الْعَدُوُّ فَاحْذَرْهُمْ ۚ قَاتَلَهُمُ اللَّهُ ۖ أَنَّىٰ يُؤْفَكُونَ
އަދި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގެންފިނަމަ، އެއުރެންގެ ހަށިތައް ކަލޭގެފާނު عجائب ކުރުވަތެވެ. އަދި އެއުރެން ވާހަކަ ދައްކާނަމަ، އެއުރެން ދައްކާ ވާހަކަ ކަލޭގެފާނު އައްސަވަމުއެވެ. އެއުރެންނީ (ފާރެއްގައި) ލައްގާފައިވާ ލަކުޑިތަކެއްފަދަ ބަޔެކެވެ. އެއުރެން ހީކުރަނީ، ކޮންމެ ހަޅޭކެއް އެއީ އެއުރެންގެ މައްޗަށް އަންނަ حملة އެއް ކަމުގައެވެ. އެއުރެންނީ، ހަމަ عداوة ތެރިންނެވެ. ފަހެ، ކަލޭގެފާނު އެއުރެންނާމެދު ރައްކާތެރިވެވަޑައިގަންނަވާށެވެ! اللَّه، އެއުރެންނަށް لعنة ލައްވާހުށްޓެވެ. އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟
5وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
އަދި اللَّه ގެ رسول އާ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށް دعاء ކޮށް ދެއްވުމަށްޓަކައި، ތިޔަބައިމީހުން އަންނާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަަ، އެއުރެންގެ ބޯތައް ހޫރުވައިލައެވެ. އަދި އެއުރެން كبر ވެރިވެގެންވާ حال ގައި، އެއުރެން ފުރަގަސްދީ ދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ
6سَوَاءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ اللَّهُ لَهُمْ ۚ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْفَاسِقِينَ
އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު دعاء ކުރެއްވިޔަސް، ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު دعاء ނުކުރެއްވިޔަސް، އެއުރެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. اللَّه، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. އަދި ހަމަކަށަވަމުން، فاسق ވީ މީހުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ
7هُمُ الَّذِينَ يَقُولُونَ لَا تُنفِقُوا عَلَىٰ مَنْ عِندَ رَسُولِ اللَّهِ حَتَّىٰ يَنفَضُّوا ۗ وَلِلَّهِ خَزَائِنُ السَّمَاوَاتِ وَالْأَرْضِ وَلَٰكِنَّ الْمُنَافِقِينَ لَا يَفْقَهُونَ
އެއުރެން (اللَّه ގެ رسول އާގެ އަރިހުން) ވަކިވެ ހިނގައްޖައުމަށް ދާނދެން اللَّه ގެ رسول އާ އަރިހުގައި ތިބިބަޔަކަށް ތިޔަބައިމީހުން ހޭދަނުކުރާށޭ ބުނާމީހުންނީ، އެއުރެންނެވެ. އަދި އުޑުތަކާއި، ބިމުގައިވާ خزانة ތައް މިލްކުވެގެންވަނީ، اللَّه އަށެވެ. އެހެނެއްކަމަކު منافق ންނަކަށް (އެކަމެއް) ނުވިސްނެތެވެ
8يَقُولُونَ لَئِن رَّجَعْنَا إِلَى الْمَدِينَةِ لَيُخْرِجَنَّ الْأَعَزُّ مِنْهَا الْأَذَلَّ ۚ وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ
އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި مدينة އަށް އަތުވެއްޖެނަމަ، ހަމަކަށަވަރުން، އެންމެ عزّة ތެރި މީހާ، އެންމެ ދެރަ ނިކަމެތި މީހާ އެތަނުން ބޭރުކޮށްލާނެތެވެ. (އެހެންނަކުން ނޫނެވެ.) عزّة ވަނީ، اللَّه އަށެވެ. އަދި އެކަލާނގެ رسول އާއަށާއި، مؤمن ންނަށެވެ. އެހެނެއްކަމަކު منافق ންނަކަށް (އެކަމެއް) ނޭނގެތެވެ
އަލް-މުނާފިޤޫންޤުރުއާން ފިހުރިސްތު
11އާޔަތް
MedinanRevelation
6އާޔަތް
ތަރުޖަމާ — އަލް-މުނާފިޤޫން 6
ސޫރަތު އަލް-މުނާފިޤޫން އާޔަތް 6 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު دعاء ކުރެއްވިޔަސް، ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު دعاء…ސޫރަތު އާޔަތް 6/11 — ސޫރަތު އަލް-މުނާފިޤޫން المنافقون (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-މުނާފިޤޫން އަޑު އަހާ, ސޫރަތު އަލް-މުނާފިޤޫން ތަރުޖަމާ, ސޫރަތު އަލް-މުނާފިޤޫން mp3, ސޫރަތު އަލް-މުނާފިޤޫން pdf. އާޔަތް 4–8. ދިވެހި މާނަ: සිංහල.
العربية
English
Bahasa Indonesia
Türkçe
Русский
فارسی
Français
اردو
বাংলা
Deutsch
Español
中文
हिन्दी
Português
Italiano
ภาษาไทย
Polski
Nederlands
Shqip
Kiswahili
O'zbek
தமிழ்
Melayu
Bosanski
Soomaali
Azərbaycan
کوردی
한국어
日本語
Svenska
Dansk
Norsk
پښتو
മലയാളം
සිංහල
Tamazight
Hausa
አማርኛ
Български
Тоҷикӣ
Қазақша
Filipino
سنڌي
Yorùbá
Fulfulde
Татарча
ئۇيغۇرچە
Кыргызча
ਪੰਜਾਬੀ
Jawa
తెలుగు
မြန်မာ
ગુજરાતી
Oromo
मराठी
Tiếng Việt
Malagasy
Нохчийн
Wolof
ދިވެހި
ಕನ್ನಡ
Українська
Ελληνικά
ქართული
ខ្មែរ
دری
Qafar af
Maranao
नेपाली
ކީރިތި ޤުރުއާން
Monday, September 7, 2026
Don't forget us in your sincere prayers








