އަލް-މުނާފިޤޫން · 5/11
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-މުނާފިޤޫން
وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ ۝٥
Wa izaa qeela lahum ta`aalaw yastaghfir lakum rasoolul laahi lawwaw ru`oo sahum wa ra aytahum yasuddoona wa hum mustakbiroon
📖 ދިވެހި މާނަ
އަދި اللَّه ގެ رسول އާ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށް دعاء ކޮށް ދެއްވުމަށްޓަކައި، ތިޔަބައިމީހުން އަންނާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަަ، އެއުރެންގެ ބޯތައް ހޫރުވައިލައެވެ. އަދި އެއުރެން كبر ވެރިވެގެންވާ حال ގައި، އެއުރެން ފުރަގަސްދީ ދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ

🎧 އަޑު އަހާ


📜 އާޔަތް 3-7 — ސޫރަތު އަލް-މުނާފިޤޫން

3ذَٰلِكَ بِأَنَّهُمْ آمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ
އެއީ އެއުރެން إيمان ވެ، ދެން އެއަށްފަހު كافر ވީކަމުގެ ސަބަބުންނެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވަނީ ސިއްކަގައްސަވައިފައެވެ. ފަހެ، އެއުރެންނަކަށް ނުވިސްނެތެވެ
4۞ وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ الْعَدُوُّ فَاحْذَرْهُمْ ۚ قَاتَلَهُمُ اللَّهُ ۖ أَنَّىٰ يُؤْفَكُونَ
އަދި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގެންފިނަމަ، އެއުރެންގެ ހަށިތައް ކަލޭގެފާނު عجائب ކުރުވަތެވެ. އަދި އެއުރެން ވާހަކަ ދައްކާނަމަ، އެއުރެން ދައްކާ ވާހަކަ ކަލޭގެފާނު އައްސަވަމުއެވެ. އެއުރެންނީ (ފާރެއްގައި) ލައްގާފައިވާ ލަކުޑިތަކެއްފަދަ ބަޔެކެވެ. އެއުރެން ހީކުރަނީ، ކޮންމެ ހަޅޭކެއް އެއީ އެއުރެންގެ މައްޗަށް އަންނަ حملة އެއް ކަމުގައެވެ. އެއުރެންނީ، ހަމަ عداوة ތެރިންނެވެ. ފަހެ، ކަލޭގެފާނު އެއުރެންނާމެދު ރައްކާތެރިވެވަޑައިގަންނަވާށެވެ! اللَّه، އެއުރެންނަށް لعنة ލައްވާހުށްޓެވެ. އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟
5وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
އަދި اللَّه ގެ رسول އާ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށް دعاء ކޮށް ދެއްވުމަށްޓަކައި، ތިޔަބައިމީހުން އަންނާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަަ، އެއުރެންގެ ބޯތައް ހޫރުވައިލައެވެ. އަދި އެއުރެން كبر ވެރިވެގެންވާ حال ގައި، އެއުރެން ފުރަގަސްދީ ދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ
6سَوَاءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ اللَّهُ لَهُمْ ۚ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْفَاسِقِينَ
އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު دعاء ކުރެއްވިޔަސް، ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު دعاء ނުކުރެއްވިޔަސް، އެއުރެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. اللَّه، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. އަދި ހަމަކަށަވަމުން، فاسق ވީ މީހުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ
7هُمُ الَّذِينَ يَقُولُونَ لَا تُنفِقُوا عَلَىٰ مَنْ عِندَ رَسُولِ اللَّهِ حَتَّىٰ يَنفَضُّوا ۗ وَلِلَّهِ خَزَائِنُ السَّمَاوَاتِ وَالْأَرْضِ وَلَٰكِنَّ الْمُنَافِقِينَ لَا يَفْقَهُونَ
އެއުރެން (اللَّه ގެ رسول އާގެ އަރިހުން) ވަކިވެ ހިނގައްޖައުމަށް ދާނދެން اللَّه ގެ رسول އާ އަރިހުގައި ތިބިބަޔަކަށް ތިޔަބައިމީހުން ހޭދަނުކުރާށޭ ބުނާމީހުންނީ، އެއުރެންނެވެ. އަދި އުޑުތަކާއި، ބިމުގައިވާ خزانة ތައް މިލްކުވެގެންވަނީ، اللَّه އަށެވެ. އެހެނެއްކަމަކު منافق ންނަކަށް (އެކަމެއް) ނުވިސްނެތެވެ
އަލް-މުނާފިޤޫންޤުރުއާން ފިހުރިސްތު
11އާޔަތް
MedinanRevelation
5އާޔަތް

ތަރުޖަމާ — އަލް-މުނާފިޤޫން 5

ސޫރަތު އަލް-މުނާފިޤޫން އާޔަތް 5 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި اللَّه ގެ رسول އާ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށް دعاء ކޮށް ދެއްވުމަށްޓަކައި،…

ސޫރަތު އާޔަތް 5/11 — ސޫރަތު އަލް-މުނާފިޤޫން المنافقون (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-މުނާފިޤޫން އަޑު އަހާ, ސޫރަތު އަލް-މުނާފިޤޫން ތަރުޖަމާ, ސޫރަތު އަލް-މުނާފިޤޫން mp3, ސޫރަތު އަލް-މުނާފިޤޫން pdf. އާޔަތް 3–7. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers