އަތް-ތައުބާ · 117/129
ތަރުޖަމާ ކިޔެވުން — ސޫރަތު އަތް-ތައުބާ
لَّقَد تَّابَ اللَّهُ عَلَى النَّبِيِّ وَالْمُهَاجِرِينَ وَالْأَنصَارِ الَّذِينَ اتَّبَعُوهُ فِي سَاعَةِ الْعُسْرَةِ مِن بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ ۚ إِنَّهُ بِهِمْ رَءُوفٌ رَّحِيمٌ ۝١١٧
Laqat taabal laahu `alan nabiyyi wal Muhaajireena wal Ansaaril lazeenat taba`oohu fee saa`atil `usrati mim ba`di maa kaada yazeeghu quloobu fareeqim minhum summma taaba `alaihim; innahoo bihim Ra`oofur Raheem
📖 ދިވެހި މާނަ
ހަމަކަށަވަރުން، ނަބިއްޔާގެ މައްޗަށާއި، مهاجر ންނާއި، أنصار ންގެ މައްޗަށް اللَّه توبة ލެއްވިއެވެ. އެބޭކަލުންނީ، ދަތިކަމުގެ ވަގުތުގައި އެކަލޭގެފާނާ تبع ވި ބޭކަލުންނެވެ. އޭގެތެރެއިން ބަޔެއްގެ ހިތްތައް، ތެދުމަގުން އެއްކިބާވެ ދިއުމަށް ގާތްވުމަށްފަހުގައެވެ. ދެން އެކަލާނގެ އެއުރެންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެއުރެންނަށް ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 115-119 — ސޫރަތު އަތް-ތައުބާ

115وَمَا كَانَ اللَّهُ لِيُضِلَّ قَوْمًا بَعْدَ إِذْ هَدَاهُمْ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ
ބަޔަކަށް ތެދުމަގު ދެއްކެވުމަށްފަހު، اللَّه، އެބަޔަކު މަގުފުރެއްދެވުމަށް އިރާދައެއް ނުކުރައްވަތެވެ. އެބަޔަކަށް އެކަމަކުން ދުރުވެ ރައްކާތެރިވާންވީ ކަމެއް ބަޔާންކޮށްދެއްވައިފުމަށް ދާނދެނެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
116إِنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ يُحْيِي وَيُمِيتُ ۚ وَمَا لَكُم مِّن دُونِ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ
ހަމަކަށަވަރުން، އުޑުތަކާއި ބިމުގެ ވެރިކަން ملك ވެގެންވަނީ اللَّه އަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް އެކަލާނގެއެވެ. އަދި ތިޔަބައިމީހުންނަކަށް اللَّه ފިޔަވައި އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނުވެއެވެ
117لَّقَد تَّابَ اللَّهُ عَلَى النَّبِيِّ وَالْمُهَاجِرِينَ وَالْأَنصَارِ الَّذِينَ اتَّبَعُوهُ فِي سَاعَةِ الْعُسْرَةِ مِن بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ ۚ إِنَّهُ بِهِمْ رَءُوفٌ رَّحِيمٌ
ހަމަކަށަވަރުން، ނަބިއްޔާގެ މައްޗަށާއި، مهاجر ންނާއި، أنصار ންގެ މައްޗަށް اللَّه توبة ލެއްވިއެވެ. އެބޭކަލުންނީ، ދަތިކަމުގެ ވަގުތުގައި އެކަލޭގެފާނާ تبع ވި ބޭކަލުންނެވެ. އޭގެތެރެއިން ބަޔެއްގެ ހިތްތައް، ތެދުމަގުން އެއްކިބާވެ ދިއުމަށް ގާތްވުމަށްފަހުގައެވެ. ދެން އެކަލާނގެ އެއުރެންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެއުރެންނަށް ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ
118وَعَلَى الثَّلَاثَةِ الَّذِينَ خُلِّفُوا حَتَّىٰ إِذَا ضَاقَتْ عَلَيْهِمُ الْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوا أَن لَّا مَلْجَأَ مِنَ اللَّهِ إِلَّا إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوا ۚ إِنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ
އަދި ފަސްޖެހުނު ތިން މީހުންގެ މައްޗަށްވެސް (توبة ލެއްވި) މެއެވެ. ބިންގަނޑު ތަނަވަސްވެގެން ވުމާއެކުވެސް، އެއުރެންގެ މައްޗަށް އެ ބިން ދަތިވެ، އަދި އެއުރެންގެ އަމިއްލަ نفس ތައް އެއުރެންގެ މައްޗަށް ދަތިވި ހިނދުގައެވެ. އަދި اللَّه ގެ حضرة ން (އެބަހީ: އެކަލާނގެ ނުރުއްސެވުމުން) ސަލާމަތްވުމަށް، އެކަލާނގެ حضرة އަށް މެނުވީ ދާނޭ ތަނެއް ނެތްކަން އެއުރެންނަށް يقين ވީ ހިނދުގައެވެ. ދެން އެއުރެން توبة ވުމަށްޓަކައި އެކަލާނގެ އެއުރެންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ
119يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
117އާޔަތް

ތަރުޖަމާ — އަތް-ތައުބާ 117

ސޫރަތު އަތް-ތައުބާ އާޔަތް 117 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، ނަބިއްޔާގެ މައްޗަށާއި، مهاجر ންނާއި، أنصار ންގެ މައްޗަށް اللَّه توبة…

ސޫރަތު އާޔަތް 117/129 — ސޫރަތު އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަތް-ތައުބާ އަޑު އަހާ, ސޫރަތު އަތް-ތައުބާ ތަރުޖަމާ, ސޫރަތު އަތް-ތައުބާ mp3, ސޫރަތު އަތް-ތައުބާ pdf. އާޔަތް 115–119. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers