އަލް-ކަހްފު · 58/110
ތަރުޖަމާ ކިޔެވުން — އަލް-ކަހްފު
وَرَبُّكَ الْغَفُورُ ذُو الرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا لَعَجَّلَ لَهُمُ الْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا مِن دُونِهِ مَوْئِلًا ۝٥٨
Wa Rabbukal Ghafooru zur rahmati law yu`aakhi zuhum bimaa kasaboo la`ajala lahumul `azaab; bal lahum maw`idul lany yajidoo min doonihee maw`ilaa
📖 ދިވެހި މާނަ
ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحمة ގެ ވެރިރަސްކަލާނގެއެވެ. އެއުރެން ހޯދި (ނުބައި) ކަންތަކަށް އެކަލާނގެ އެއުރެންނަށް (ވަގުތުން) عقاب ދެއްވާނަމަ، އެއުރެންނަށް عذاب އަވަސްކުރެއްވީސްކަން ކަށަވަރެވެ. އަދި ކީއްހެއްޔެވެ! އެއުރެންނަށް موعد އެއް ވެއެވެ. އެއިން ރެކިގެންގޮސް ވަންނާނެ ތަނެއް އެއުރެންނަކަށް ނުފެންނާނެތެވެ
🎧 އަޑު އަހާ

📜 އާޔަތް 56-60 — އަލް-ކަހްފު

56وَمَا نُرْسِلُ الْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۚ وَيُجَادِلُ الَّذِينَ كَفَرُوا بِالْبَاطِلِ لِيُدْحِضُوا بِهِ الْحَقَّ ۖ وَاتَّخَذُوا آيَاتِي وَمَا أُنذِرُوا هُزُوًا
އަދި އުފާވެރިކަމުގެ خبر ދެއްވާ ބޭކަލުންކަމުގައްޔާއި، إنذار ކުރައްވާ ބޭކަލުންކަމުގައި މެނުވީ، ތިމަންރަސްކަލާނގެ رسول ން ނުފޮނުއްވަމެވެ. އަދި كافر ވީ މީހުން باطل ގޮތުން جدل ކުރެތެވެ. (އެއީ) އެގޮތުން އެއުރެން، حق އަކީ، باطل އެއްޗެއް ކަމުގައި ހެދުމަށެވެ. އަދި ތިމަންރަސްކަލާނގެ آية ތަކާއި، އެއުރެންނަށް إنذار ކުރައްވާފައިވާ ކަންތައް ފުރައްސާރައެއްކަމުގައި އެއުރެން ހެދޫއެވެ
57وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۖ وَإِن تَدْعُهُمْ إِلَى الْهُدَىٰ فَلَن يَهْتَدُوا إِذًا أَبَدًا
އެމީހެއްގެ ވެރިރަސްކަލާނގެ آية ތަކުން އެމީހަކަށް ހަނދާންކޮށްދެއްވުމުން، އެ آية ތަކަށް ފުރަގަސްދީ، އެނބުރިގަނެ، އަދި އޭނާ އިސްކުޅަ عمل ތައް ހަނދާންނެތުނު މީހާއަށްވުރެ އަނިޔާވެރިކަންބޮޑީ ފަހެ، ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް އެ قرآن ވިސްނުމަށް ހުރަސްއަޅާ ހުރަސްތަކެއް، އެއުރެންގެ ހިތްތަކުގައި ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއް ލެއްވީމެވެ. އަދި ކަލޭގެފާނު އެއުރެންނަށް ތެދުމަގަށް ގޮވައިލައްވައިފިނަމަ، ފަހެ، އޭރުން އެއްގޮތަކަށްވެސް އެއުރެން ތެދުމަގު ލިބިއެއް ނުގަންނާނެތެވެ
58وَرَبُّكَ الْغَفُورُ ذُو الرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا لَعَجَّلَ لَهُمُ الْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا مِن دُونِهِ مَوْئِلًا
ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحمة ގެ ވެރިރަސްކަލާނގެއެވެ. އެއުރެން ހޯދި (ނުބައި) ކަންތަކަށް އެކަލާނގެ އެއުރެންނަށް (ވަގުތުން) عقاب ދެއްވާނަމަ، އެއުރެންނަށް عذاب އަވަސްކުރެއްވީސްކަން ކަށަވަރެވެ. އަދި ކީއްހެއްޔެވެ! އެއުރެންނަށް موعد އެއް ވެއެވެ. އެއިން ރެކިގެންގޮސް ވަންނާނެ ތަނެއް އެއުރެންނަކަށް ނުފެންނާނެތެވެ
59وَتِلْكَ الْقُرَىٰ أَهْلَكْنَاهُمْ لَمَّا ظَلَمُوا وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا
އަދި އެއީ އެއުރެން އަނިޔާވެރިވީހިނދު، ތިމަންރަސްކަލާނގެ ހަލާކު ކުރެއްވި ރަށްތަކުގެ މީހުންނެވެ. އަދި އެއުރެން ހަލާކުވެދިއުމަށް ކަނޑައެޅިގެންވާ ވަގުތެއް ތިމަންރަސްކަލާނގެ ލެއްވީމެވެ
60وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا
موسى ގެފާނު އެކަލޭގެފާނުގެ خادم ކުއްޖާއަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ދެކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާނދެން، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާނދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ
އަލް-ކަހްފުޤުރުއާން ފިހުރިސްތު
110އާޔަތް
MeccanRevelation
58އާޔަތް

ތަރުޖަމާ — އަލް-ކަހްފު 58

ސޫރަތު އަލް-ކަހްފު އާޔަތް 58 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحمة ގެ ވެރިރަސްކަލާނގެއެވެ. އެއުރެން ހޯދި (ނުބައި)…

ސޫރަތު އާޔަތް 58/110 — އަލް-ކަހްފު الكهف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ކަހްފު އަޑު އަހާ, އަލް-ކަހްފު ތަރުޖަމާ, އަލް-ކަހްފު mp3, އަލް-ކަހްފު pdf. އާޔަތް 56–60. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers