އަލް-ޙައްޖު · 24/78
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ޙައްޖު
وَهُدُوا إِلَى الطَّيِّبِ مِنَ الْقَوْلِ وَهُدُوا إِلَىٰ صِرَاطِ الْحَمِيدِ ۝٢٤
Wa hudooo ilat taiyibi minal qawli wa hudooo ilaaa siraatil hameed
📖 ދިވެހި މާނަ
އަދި (ދުނިޔެމަތީގައި) ރަނގަޅު ބަސްބުނުމަށް އެއުރެންނަށް هداية ދެއްވިއެވެ. އަދި حمد ލިބިގެންވާ މަގަށް، މަގު ދެއްކެވިއެވެ

🎧 އަޑު އަހާ


📜 އާޔަތް 22-26 — ސޫރަތު އަލް-ޙައްޖު

22كُلَّمَا أَرَادُوا أَن يَخْرُجُوا مِنْهَا مِنْ غَمٍّ أُعِيدُوا فِيهَا وَذُوقُوا عَذَابَ الْحَرِيقِ
އެއުރެންނަށް ލިބޭ ވޭނެއްގެ ގަދަކަމުން، އެތަނުން އެއުރެން ނުކުންނަން އުޅެފި ކޮންމެހިނދެއްގައި، އަލުން އެތަނަށް إعادة ކުރައްވާ ހުށްޓެވެ. އަދި (އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާނުގެ عذاب ގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ
23إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ
ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުރިމީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް اللَّه (އެއުރެން) ވައްދަވާނެތެވެ. އެއުރެން އެތާނގައި ރަނުގެ އުޅާތަކުންނާއި، މުތީތަކުން ގަހަނާ އަޅުއްވާހުށްޓެވެ. އަދި އެތާނގައި، އެއުރެންގެ ފޭރާންވާހުށީ ފަށުއިންނެވެ
24وَهُدُوا إِلَى الطَّيِّبِ مِنَ الْقَوْلِ وَهُدُوا إِلَىٰ صِرَاطِ الْحَمِيدِ
އަދި (ދުނިޔެމަތީގައި) ރަނގަޅު ބަސްބުނުމަށް އެއުރެންނަށް هداية ދެއްވިއެވެ. އަދި حمد ލިބިގެންވާ މަގަށް، މަގު ދެއްކެވިއެވެ
25إِنَّ الَّذِينَ كَفَرُوا وَيَصُدُّونَ عَن سَبِيلِ اللَّهِ وَالْمَسْجِدِ الْحَرَامِ الَّذِي جَعَلْنَاهُ لِلنَّاسِ سَوَاءً الْعَاكِفُ فِيهِ وَالْبَادِ ۚ وَمَن يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ
ހަމަކަށަވަރުން، كافر ވެ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި އެތާނގައި قائم ވެހުންނަ މީހާއާއި، ބޭރުން އަންނަމީހާއާއި، ހަމަހަމަވާގޮތުން، މީސްތަކުންނަށްޓަކައި، ތިމަންރަސްކަލާނގެ ލެއްވި المسجد الحرام ން (މީސްތަކުން) އެއްކިބާކޮށް، އަދި އެތާނގައި އަނިޔާވެރިކަމާއެކު، دين އާ خلاف ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންރަސްކަލާނގެ ވޭންދެނިވި عذاب ން ރަހަދައްކަވާހުށީމެވެ
26وَإِذْ بَوَّأْنَا لِإِبْرَاهِيمَ مَكَانَ الْبَيْتِ أَن لَّا تُشْرِكْ بِي شَيْئًا وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ
إبراهيم ގެފާނަށް ގެފުޅު ހުންނަތަން ތިމަންރަސްކަލާނގެ ދެއްކެވިހިނދު، ހަނދުމަކުރާށެވެ! (ތިމަންރަސްކަލާނގެ އެންގެވީމެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރައްވާށެވެ! އަދި طواف ކުރާ މީހުންނަށާއި، قائم ވެތިބޭމީހުންނަށާއި، ركوع ކޮށް سجدة ކުރާ މީހުންނަށްޓަކައި، ކަލޭގެފާނު ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ
އަލް-ޙައްޖުޤުރުއާން ފިހުރިސްތު
78އާޔަތް
MedinanRevelation
24އާޔަތް

ތަރުޖަމާ — އަލް-ޙައްޖު 24

ސޫރަތު އަލް-ޙައްޖު އާޔަތް 24 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި (ދުނިޔެމަތީގައި) ރަނގަޅު ބަސްބުނުމަށް އެއުރެންނަށް هداية ދެއްވިއެވެ. އަދި حمد ލިބިގެންވާ…

ސޫރަތު އާޔަތް 24/78 — ސޫރަތު އަލް-ޙައްޖު الحج (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ޙައްޖު އަޑު އަހާ, ސޫރަތު އަލް-ޙައްޖު ތަރުޖަމާ, ސޫރަތު އަލް-ޙައްޖު mp3, ސޫރަތު އަލް-ޙައްޖު pdf. އާޔަތް 22–26. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers