އަލް-ޙައްޖު · 53/78
ތަރުޖަމާ ކިޔެވުން — އަލް-ޙައްޖު
لِّيَجْعَلَ مَا يُلْقِي الشَّيْطَانُ فِتْنَةً لِّلَّذِينَ فِي قُلُوبِهِم مَّرَضٌ وَالْقَاسِيَةِ قُلُوبُهُمْ ۗ وَإِنَّ الظَّالِمِينَ لَفِي شِقَاقٍ بَعِيدٍ ۝٥٣
Liyaj`ala maa yulqish Shaitaanu fitnatal lillazeena fee quloobihim maradunw walqaasiyati quloobuhum; wa innaz zaalimeena lafee shiqaaqim ba`eed
📖 ދިވެހި މާނަ
އެއީ އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއް ހުންނަ މީހުންނަށާއި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް، امتحان އެއްކަމުގައި، شيطان އާ ވައްދާ ވަސްވާސްތެރިކަން ލެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އަނިޔާވެރިންވަނީ (حق އާ) ދުރުވެގެންވާ ދެކޮޅުވެރިކަމެއްގެ ތެރޭގައެވެ
🎧 އަޑު އަހާ

📜 އާޔަތް 51-55 — އަލް-ޙައްޖު

51وَالَّذِينَ سَعَوْا فِي آيَاتِنَا مُعَاجِزِينَ أُولَٰئِكَ أَصْحَابُ الْجَحِيمِ
އަދި ތިމަންރަސްކަލާނގެ آية ތަކާމެދު، ދެކޮޅުހަދައި ނުކުޅައްދަން އުޅޭމީހުންނަކީ، ނަރަކައިގެ أهل ވެރިންނެވެ
52وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلَا نَبِيٍّ إِلَّا إِذَا تَمَنَّىٰ أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ فَيَنسَخُ اللَّهُ مَا يُلْقِي الشَّيْطَانُ ثُمَّ يُحْكِمُ اللَّهُ آيَاتِهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
އެބޭކަލަކު ކިޔަވައިވިދާޅުވެއްޖެހިނދު، އެބޭކަލެއްގެ ކިޔަވައި ވިދާޅުވުމުގެ ތެރެޔަށް، شيطان އާ، އޭނާގެ ވަސްވާސްތެރިކަން ވައްދާފައިވާ ބޭކަލަކު މެނުވީ، ކަލޭގެފާނުގެކުރިން އެއްވެސް رسول އަކު، އަދި ނަބިއްޔަކުވެސް، ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، اللَّه، شيطان އާ ވައްދާ ވަސްވާސްތެރިކަން ނެތިކުރައްވަތެވެ. ދެން اللَّه، އެކަލާނގެ آية ތައް ثابت ކޮށްދެއްވަތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ
53لِّيَجْعَلَ مَا يُلْقِي الشَّيْطَانُ فِتْنَةً لِّلَّذِينَ فِي قُلُوبِهِم مَّرَضٌ وَالْقَاسِيَةِ قُلُوبُهُمْ ۗ وَإِنَّ الظَّالِمِينَ لَفِي شِقَاقٍ بَعِيدٍ
އެއީ އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއް ހުންނަ މީހުންނަށާއި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް، امتحان އެއްކަމުގައި، شيطان އާ ވައްދާ ވަސްވާސްތެރިކަން ލެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އަނިޔާވެރިންވަނީ (حق އާ) ދުރުވެގެންވާ ދެކޮޅުވެރިކަމެއްގެ ތެރޭގައެވެ
54وَلِيَعْلَمَ الَّذِينَ أُوتُوا الْعِلْمَ أَنَّهُ الْحَقُّ مِن رَّبِّكَ فَيُؤْمِنُوا بِهِ فَتُخْبِتَ لَهُ قُلُوبُهُمْ ۗ وَإِنَّ اللَّهَ لَهَادِ الَّذِينَ آمَنُوا إِلَىٰ صِرَاطٍ مُّسْتَقِيمٍ
އަދި علم ލިބިގެންވާ މީހުންނަށް، ހަމަކަށަވަރުން، އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި حق ބަސްފުޅުކަން އެނގުމަށްޓަކައެވެ. ދެން އެއަށް إيمان ވެ، ދެން އެއާމެދު އެއުރެންގެ ހިތްތައް ހަމަޖެހިގެންދިއުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، إيمان ވި މީހުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާ ރަސްކަލާނގެކަން ކަށަވަރެވެ
55وَلَا يَزَالُ الَّذِينَ كَفَرُوا فِي مِرْيَةٍ مِّنْهُ حَتَّىٰ تَأْتِيَهُمُ السَّاعَةُ بَغْتَةً أَوْ يَأْتِيَهُمْ عَذَابُ يَوْمٍ عَقِيمٍ
كافر ވިމީހުން، އެ قرآن އާމެދު شك ކަމެއްގައި ތިބުމުން ފިލައިނުދެތެވެ. قيامة ވުމުގެ ވަގުތު ކުއްލިއަކަށް އެއުރެންނާހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ. ނުވަތަ ރޭގަނޑެއް ނެތް ދުވަހެއްގެ (އެބަހީ: قيامة ދުވަހުގެ) عذاب، އެއުރެންނާހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ
އަލް-ޙައްޖުޤުރުއާން ފިހުރިސްތު
78އާޔަތް
MedinanRevelation
53އާޔަތް

ތަރުޖަމާ — އަލް-ޙައްޖު 53

ސޫރަތު އަލް-ޙައްޖު އާޔަތް 53 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއީ އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއް ހުންނަ މީހުންނަށާއި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް،…

ސޫރަތު އާޔަތް 53/78 — އަލް-ޙައްޖު الحج (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޙައްޖު އަޑު އަހާ, އަލް-ޙައްޖު ތަރުޖަމާ, އަލް-ޙައްޖު mp3, އަލް-ޙައްޖު pdf. އާޔަތް 51–55. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers