އަން-ނަމްލު · 45/93
ތަރުޖަމާ ކިޔެވުން — އަން-ނަމްލު
وَلَقَدْ أَرْسَلْنَا إِلَىٰ ثَمُودَ أَخَاهُمْ صَالِحًا أَنِ اعْبُدُوا اللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ ۝٤٥
Wa laqad arsalnaaa ilaa Samoda akhaahum Saalihan ani`budul lahha fa izaa hum fareeqaani yakhtasimoon
📖 ދިވެހި މާނަ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالح ގެފާނު ފޮނުއްވީމެވެ. ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށޭ އަންގަވަމުންނެވެ. ފަހެ، އެހާރުން އެއުރެން އަރާރުންވާ ދެބަޔަކަށް ބެހިގެންދިޔައޫއެވެ
🎧 އަޑު އަހާ

📜 އާޔަތް 43-47 — އަން-ނަމްލު

43وَصَدَّهَا مَا كَانَت تَّعْبُدُ مِن دُونِ اللَّهِ ۖ إِنَّهَا كَانَتْ مِن قَوْمٍ كَافِرِينَ
އަދި اللَّه ފިޔަވައި އެކަމަނާ އަޅުކަންކުރައްވާ ތަކެތި، އެކަމަނާ (ތެދުމަގުން) އެއްކިބާކުރިއެވެ. ހަމަކަށަވަރުން، އެކަމަނާވީ، كافر قوم އެއްގެ މީހުންގެ ތެރެއިންނެވެ
44قِيلَ لَهَا ادْخُلِي الصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةً وَكَشَفَتْ عَن سَاقَيْهَا ۚ قَالَ إِنَّهُ صَرْحٌ مُّمَرَّدٌ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّي ظَلَمْتُ نَفْسِي وَأَسْلَمْتُ مَعَ سُلَيْمَانَ لِلَّهِ رَبِّ الْعَالَمِينَ
އެކަމަނާއަށް ދެންނެވިއެވެ. ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ! ފަހެ، އެކަމަނާއަށް އެތަން ފެނިވަޑައިގަތްހިނދު، އެއީ ފެންގަނޑެކޭ ހީފުޅުކުރައްވައި (ފެންގަނޑަކަށް އެރިވަޑައިގަންނަވާގޮތަށް) ދެފައިންޕުޅު كشف ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ހަމަކަށަވަރުން، އޮމާން ބިއްލޫރިން ހެދިފައިވާ ގަނޑުވަރެކެވެ. (ދެން އެކަމަނާ إسلام ވުމަށް سليمان ގެފާނު ވިދާޅުވިހިނދު) އެކަމަނާ ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ نفس އަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި سليمان ގެފާނުގެ އަރިހުގައިވެ، عالم ތަކުގެވެރި اللَّه އަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ
45وَلَقَدْ أَرْسَلْنَا إِلَىٰ ثَمُودَ أَخَاهُمْ صَالِحًا أَنِ اعْبُدُوا اللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالح ގެފާނު ފޮނުއްވީމެވެ. ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށޭ އަންގަވަމުންނެވެ. ފަހެ، އެހާރުން އެއުރެން އަރާރުންވާ ދެބަޔަކަށް ބެހިގެންދިޔައޫއެވެ
46قَالَ يَا قَوْمِ لِمَ تَسْتَعْجِلُونَ بِالسَّيِّئَةِ قَبْلَ الْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ اللَّهَ لَعَلَّكُمْ تُرْحَمُونَ
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ރަނގަޅުގޮތުގެ ކުރިން، ނުބައިގޮތް އަވަސްވުމަށް ތިޔައެދެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައި ތިޔަބައިމީހުން ފާފަފުއްސެވުންއެދި، اللَّه އަށް دعاء ނުކުރާނޫހެއްޔެވެ؟
47قَالُوا اطَّيَّرْنَا بِكَ وَبِمَن مَّعَكَ ۚ قَالَ طَائِرُكُمْ عِندَ اللَّهِ ۖ بَلْ أَنتُمْ قَوْمٌ تُفْتَنُونَ
އެއުރެން ދެންނެވޫއެވެ. ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ސުންޕާކަން ތިމަންމެންނަށް ޖެހިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ސުންޕާގޮތް މެދުވެރިވުންވަނީ، اللَّه ގެ حضرة ގައެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ، امتحان ވެވޭ ބަޔެކެވެ
އަން-ނަމްލުޤުރުއާން ފިހުރިސްތު
93އާޔަތް
MeccanRevelation
45އާޔަތް

ތަރުޖަމާ — އަން-ނަމްލު 45

ސޫރަތު އަން-ނަމްލު އާޔަތް 45 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالح ގެފާނު ފޮނުއްވީމެވެ.…

ސޫރަތު އާޔަތް 45/93 — އަން-ނަމްލު النمل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނަމްލު އަޑު އަހާ, އަން-ނަމްލު ތަރުޖަމާ, އަން-ނަމްލު mp3, އަން-ނަމްލު pdf. އާޔަތް 43–47. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers