އަލް-ޤަސަޞް · 47/88
ތަރުޖަމާ ކިޔެވުން — އަލް-ޤަސަޞް
وَلَوْلَا أَن تُصِيبَهُم مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا رَبَّنَا لَوْلَا أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ آيَاتِكَ وَنَكُونَ مِنَ الْمُؤْمِنِينَ ۝٤٧
Wa law laaa an tuseebahum museebatum bimaa qaddamat aideehim fa yaqooloo Rabbanaa law laaa arsalta ilainaa Rasoolan fanattabi`a Aayaatika wa nakoona minal mu`mineen
📖 ދިވެހި މާނަ
އަދި އެއުރެންގެ އަތްތަކުން އިސްކުޅަ عمل ތަކުގެ ސަބަބުން އެއުރެންނަށް مصيبة އެއް ނުޖެހޭނެނަމަ (ތިމަންރަސްކަލާނގެ رسول ބޭކަލުން ނުފޮނުއްވީމުހެވެ.) ފަހެ، އޭރުން އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ގާތަށް އިބަރަސްކަލާނގެ رسول އަކު ނުފޮނުއްވީ ކީއްވެގެންތޯއެވެ؟ އޭރުން އަޅަމެން އިބަރަސްކަލާނގެ آية ތަކަށް تبع ވެ، مؤمن ންގެ ތެރެއިން ވެއްޖައީމުހެވެ
🎧 އަޑު އަހާ

📜 އާޔަތް 45-49 — އަލް-ޤަސަޞް

45وَلَٰكِنَّا أَنشَأْنَا قُرُونًا فَتَطَاوَلَ عَلَيْهِمُ الْعُمُرُ ۚ وَمَا كُنتَ ثَاوِيًا فِي أَهْلِ مَدْيَنَ تَتْلُو عَلَيْهِمْ آيَاتِنَا وَلَٰكِنَّا كُنَّا مُرْسِلِينَ
އެހެނެއްކަމަކު (އޭގެފަހަށް) ތިމަންރަސްކަލާނގެ އެތައް جيل އެއްގެ މީހުން އުފެއްދެވީމެވެ. ފަހެ، އެއުރެންގެ މައްޗަށް ޒަމާން ދިގުވެގެންދިޔައެވެ. އަދި مدين ގެ أهل ވެރިންގެ ތެރޭގައި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް ކިޔަވައި ދެއްވާކަށް ކަލޭގެފާނު ނުހުންނަވަމުއެވެ. އެހެނެއްކަމަކު، ކަލޭގެފާނު رسول ކަމާއިގެން ފޮނުއްވީ (އަދި އެ خبر ތައް ކަލޭގެފާނަށް އެންގެވީ) ތިމަންރަސްކަލާނގެއެވެ
46وَمَا كُنتَ بِجَانِبِ الطُّورِ إِذْ نَادَيْنَا وَلَٰكِن رَّحْمَةً مِّن رَّبِّكَ لِتُنذِرَ قَوْمًا مَّا أَتَاهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَتَذَكَّرُونَ
(އޭ محمد ގެފާނެވެ!) އަދި ތިމަންރަސްކަލާނގެ (موسى ގެފާނަށް) ނިދާއިއްވެވިހިނދު، طور ފަރުބަދައިގެ ކައިރިއަކު ކަލޭގެފާނު ވަޑައިގެންނުވަމުއެވެ. އެހެނެއްކަމަކު (ކަލޭގެފާނު ފޮނުއްވާފައިވަނީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންވާ رحمة އެއް ކަމުގައެވެ. (އެއީ) ކަލޭގެފާނުގެ ކުރީގައި އެއުރެންގެގާތަށް إنذار ކުރައްވާ رسول އަކު ވަޑައިގެންފައިނުވާ قوم އެއްގެ މީހުންނަށް إنذار ކުރެއްވުމަށްޓަކައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ
47وَلَوْلَا أَن تُصِيبَهُم مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا رَبَّنَا لَوْلَا أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ آيَاتِكَ وَنَكُونَ مِنَ الْمُؤْمِنِينَ
އަދި އެއުރެންގެ އަތްތަކުން އިސްކުޅަ عمل ތަކުގެ ސަބަބުން އެއުރެންނަށް مصيبة އެއް ނުޖެހޭނެނަމަ (ތިމަންރަސްކަލާނގެ رسول ބޭކަލުން ނުފޮނުއްވީމުހެވެ.) ފަހެ، އޭރުން އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ގާތަށް އިބަރަސްކަލާނގެ رسول އަކު ނުފޮނުއްވީ ކީއްވެގެންތޯއެވެ؟ އޭރުން އަޅަމެން އިބަރަސްކަލާނގެ آية ތަކަށް تبع ވެ، مؤمن ންގެ ތެރެއިން ވެއްޖައީމުހެވެ
48فَلَمَّا جَاءَهُمُ الْحَقُّ مِنْ عِندِنَا قَالُوا لَوْلَا أُوتِيَ مِثْلَ مَا أُوتِيَ مُوسَىٰ ۚ أَوَلَمْ يَكْفُرُوا بِمَا أُوتِيَ مُوسَىٰ مِن قَبْلُ ۖ قَالُوا سِحْرَانِ تَظَاهَرَا وَقَالُوا إِنَّا بِكُلٍّ كَافِرُونَ
ފަހެ، ތިމަންރަސްކަލާނގެ حضرة ން އެއުރެންގެގާތަށް حق ތެދުމަގު އައިހިނދު (އެބަހީ: ތެދުމަގާއިގެން محمد ގެފާނު ވަޑައިގަތްހިނދު) އެއުރެން ބުނޫއެވެ. موسى ގެފާނަށް ދެއްވިފަދަ معجزات ތަކެއް އެކަލޭގެފާނަށް ނުދެއްވީ ކީއްވެގެން ހެއްޔެވެ؟ މީގެކުރިން موسى ގެފާނަށް ދެއްވި އެއްޗަކަށް، އެއުރެން ފަހެ، كافر ވެފައެއް ނުވޭހެއްޔެވެ؟ އެއުރެން ބުނޫއެވެ. (توراة އާއި قرآن އަކީ) އެކަތި އަނެކައްޗަށް ވާގިވެރިވާ ދެ ޖާދޫއެކެވެ. އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެއިންކޮންމެ އެއްޗަކަށް ތިމަންމެން كافر ވަމުއެވެ
49قُلْ فَأْتُوا بِكِتَابٍ مِّنْ عِندِ اللَّهِ هُوَ أَهْدَىٰ مِنْهُمَا أَتَّبِعْهُ إِن كُنتُمْ صَادِقِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ފަހެ، އެ ދެފޮތަށްވުރެ ތެދުމަގު ދެއްކުންބޮޑު ފޮތެއް، ތިމަންކަލޭގެފާނު އެއަށް تبع ވުމަށް، اللَّه ގެ حضرة ން ތިޔަބައިމީހުން ނިކަން ގެނެސްބަލާށެވެ
އަލް-ޤަސަޞްޤުރުއާން ފިހުރިސްތު
88އާޔަތް
MeccanRevelation
47އާޔަތް

ތަރުޖަމާ — އަލް-ޤަސަޞް 47

ސޫރަތު އަލް-ޤަސަޞް އާޔަތް 47 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެއުރެންގެ އަތްތަކުން އިސްކުޅަ عمل ތަކުގެ ސަބަބުން އެއުރެންނަށް مصيبة އެއް…

ސޫރަތު އާޔަތް 47/88 — އަލް-ޤަސަޞް القصص (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޤަސަޞް އަޑު އަހާ, އަލް-ޤަސަޞް ތަރުޖަމާ, އަލް-ޤަސަޞް mp3, އަލް-ޤަސަޞް pdf. އާޔަތް 45–49. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers