އާލު-ޢިމްރާން · 168/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
الَّذِينَ قَالُوا لِإِخْوَانِهِمْ وَقَعَدُوا لَوْ أَطَاعُونَا مَا قُتِلُوا ۗ قُلْ فَادْرَءُوا عَنْ أَنفُسِكُمُ الْمَوْتَ إِن كُنتُمْ صَادِقِينَ ۝١٦٨
Allazeena qaaloo liikhwaanihim wa qa`adoo law ataa`oonaa maa qutiloo; qul fadra`oo`an anfusikumul mawta in kuntum saadiqeen
📖 ދިވެހި މާނަ
އެއުރެންނީ ހަނގުރާމަޔަށް ނުނިކުމެތިބެ، އެއުރެންގެ أخ ންނަށް ބުނި މީހުންނެވެ. ތިމަންމެންނަށް އެއުރެން ކިޔަމަންވީނަމަ، (އެބަހީ: ހަނގުރާމަޔަށް ނުނިކުމެ ތިބިނަމަ) އެއުރެން قتل އެއް ނުވީހެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، މަރު، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުން ދުރުކޮށްބަލާށެވެ
🎧 އަޑު އަހާ

📜 އާޔަތް 166-170 — އާލު-ޢިމްރާން

166وَمَا أَصَابَكُمْ يَوْمَ الْتَقَى الْجَمْعَانِ فَبِإِذْنِ اللَّهِ وَلِيَعْلَمَ الْمُؤْمِنِينَ
(أُحد ހަނގުރާމައިގައި) ދެ لشكر ބައްދަލުވި ދުވަހު، ތިޔަބައިމީހުންނަށް ޖެހުނުކަންތައް (ދަންނާށެވެ!) ފަހެ، އެއީ اللَّه ގެ إذن ފުޅާ ލައިގެން ޖެހުނުކަމެކެވެ. އަދި، (ތެދުވެރި) مؤمن ން ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައެވެ
167وَلِيَعْلَمَ الَّذِينَ نَافَقُوا ۚ وَقِيلَ لَهُمْ تَعَالَوْا قَاتِلُوا فِي سَبِيلِ اللَّهِ أَوِ ادْفَعُوا ۖ قَالُوا لَوْ نَعْلَمُ قِتَالًا لَّاتَّبَعْنَاكُمْ ۗ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَانِ ۚ يَقُولُونَ بِأَفْوَاهِهِم مَّا لَيْسَ فِي قُلُوبِهِمْ ۗ وَاللَّهُ أَعْلَمُ بِمَا يَكْتُمُونَ
އަދި، منافق ވި މީހުން އެކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައެވެ. (އެދުވަހު) އެއުރެންނަށް އެންގެވިއެވެ. اللَّه ގެ މަގުގައި ހަނގުރާމަކުރަން ނުވަތަ (ޖާނާއި މާލު دشمن ންގެ ކިބައިން) دفاع ކުރަން ތިޔަބައިމީހުން އަންނާށެވެ! އެއުރެން ބުނެފޫއެވެ. ތިމަންމެންނަށް ހަނގުރާމައެއްވާކަން އެނގޭނަމަ، ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔައީމުހެވެ. އެދުވަހު އެއުރެން إيمان ކަމަށްވުރެ كافر ކަމާ ގާތްކަން ބޮޑެވެ. އެއުރެންގެ ހިތްތަކުގައި ނުވާ ކަންތައް އެއުރެންގެ އަނގައިން ބުނެތެވެ. އެއުރެން ވަންހަނާކުރާ ކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވަނީ اللَّه އެވެ
168الَّذِينَ قَالُوا لِإِخْوَانِهِمْ وَقَعَدُوا لَوْ أَطَاعُونَا مَا قُتِلُوا ۗ قُلْ فَادْرَءُوا عَنْ أَنفُسِكُمُ الْمَوْتَ إِن كُنتُمْ صَادِقِينَ
އެއުރެންނީ ހަނގުރާމަޔަށް ނުނިކުމެތިބެ، އެއުރެންގެ أخ ންނަށް ބުނި މީހުންނެވެ. ތިމަންމެންނަށް އެއުރެން ކިޔަމަންވީނަމަ، (އެބަހީ: ހަނގުރާމަޔަށް ނުނިކުމެ ތިބިނަމަ) އެއުރެން قتل އެއް ނުވީހެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، މަރު، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުން ދުރުކޮށްބަލާށެވެ
169وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ
اللَّه ގެ މަގުގައި ހަނގުރާމަކޮށް شهيد ވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި رزق ލިބޭ حال، ދިރިތިބި ބަޔެކެވެ
170فَرِحِينَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
(އެއުރެން ތިބޭހުށީ) اللَّه، އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް ދެއްވި ކަންތަކާމެދު، އުފާކުރާ حال ގައެވެ. އަދި، އެއުރެންގެ ފަހަތުން އައިސް އަދި، ބައްދަލުނުކޮށްތިބި މީހުންނާމެދު އެއުރެންގެ މައްޗަށް ބިރެއް ނެތްކަމަށާއި، އަދި، އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާކަމާމެދު، އެއުރެން އުފާކުރާ حال ގައެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
168އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 168

ސޫރަތު އާލު-ޢިމްރާން އާޔަތް 168 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންނީ ހަނގުރާމަޔަށް ނުނިކުމެތިބެ، އެއުރެންގެ أخ ންނަށް ބުނި މީހުންނެވެ. ތިމަންމެންނަށް އެއުރެން…

ސޫރަތު އާޔަތް 168/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 166–170. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers