އާލު-ޢިމްރާން · 43/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
يَا مَرْيَمُ اقْنُتِي لِرَبِّكِ وَاسْجُدِي وَارْكَعِي مَعَ الرَّاكِعِينَ ۝٤٣
Yaa Maryamuq nutee li Rabbiki wasjudee warka`ee ma`ar raaki`een
📖 ދިވެހި މާނަ
އޭ مريم ގެފާނެވެ! ކަމަނާގެ ވެރިރަސްކަލާނގެ حضرة އަށް، އަޅުކަން خالص ކުރައްވައި، ކިޔަމަންތެރިކަމުގައި ދެމިހުންނަވާށެވެ! އަދި، سجدة ކުރައްވައި، އަދި، ركوع ކުރާ މީހުންނާ އެކުގައި، ركوع ކުރައްވާށެވެ
🎧 އަޑު އަހާ

📜 އާޔަތް 41-45 — އާލު-ޢިމްރާން

41قَالَ رَبِّ اجْعَل لِّي آيَةً ۖ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَةَ أَيَّامٍ إِلَّا رَمْزًا ۗ وَاذْكُر رَّبَّكَ كَثِيرًا وَسَبِّحْ بِالْعَشِيِّ وَالْإِبْكَارِ
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! (އެކަމަށް إشارة ކުރާ) علامة އެއް މިއަޅާޔަށް ލައްވާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. (އެކަމުގައި) ކަލޭގެފާނުގެ علامة އަކީ، ތިންދުވަސްވާންދެން، ކަލޭގެފާނަށް إشارة ން މެނުވީ މީހުންނާ ވާހަކަ ނުދެއްކެވި ހުންނެވުމެވެ. އަދި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގިނަގިނައިން ހަނދުމަކުރައްވާށެވެ! އަދި، ހަވީރާއި ހެނދުނު، تسبيح ވިދާޅުވާށެވެ
42وَإِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَىٰ نِسَاءِ الْعَالَمِينَ
ملائكة ން ވިދާޅުވިހިނދު، ހަނދުމަކުރައްވާށެވެ! އޭ مريم ގެފާނެވެ! ހަމަކަަށަވަރުން، اللَّه، ކަމަނާ خيار ކުރައްވައި، طاهر ކުރައްވައި، (ކަމަނާގެ ދުވަސްވަރުގެ) عالم ތަކުގެ އަންހެނުންގެ މައްޗަށް، މާތްކުރައްވައި މަތިވެރި ކުރައްވައިފިއެވެ
43يَا مَرْيَمُ اقْنُتِي لِرَبِّكِ وَاسْجُدِي وَارْكَعِي مَعَ الرَّاكِعِينَ
އޭ مريم ގެފާނެވެ! ކަމަނާގެ ވެރިރަސްކަލާނގެ حضرة އަށް، އަޅުކަން خالص ކުރައްވައި، ކިޔަމަންތެރިކަމުގައި ދެމިހުންނަވާށެވެ! އަދި، سجدة ކުރައްވައި، އަދި، ركوع ކުރާ މީހުންނާ އެކުގައި، ركوع ކުރައްވާށެވެ
44ذَٰلِكَ مِنْ أَنبَاءِ الْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَامَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ
އެއީ، غيب ގެ خبر ތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރައްވާ خبر ތަކެވެ. مريم ގެފާނު ބެލުމާ حوال ވާނީ، އެއުރެންގެ ތެރެއިން ކާކުތޯ ބެލުމަށްޓަކައި (قرعة ލުމުގެ ގޮތުން) އެއުރެންގެ قلم ތައް އުކި ހިނދު، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި، އެއުރެން (އެކަމުގައި) ދެބަސްވެ خلاف ވީ ހިނދުގައިވެސް، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ
45إِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيهًا فِي الدُّنْيَا وَالْآخِرَةِ وَمِنَ الْمُقَرَّبِينَ
ملائكة ން ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ! އޭ مريم ގެފާނެވެ! ހަމަކަށަވަރުން، اللَّه، އެކަލާނގެ حضرة ންވާ كلمة ފުޅެއްގެ خبر ން ކަމަނާޔަށް އުފާވެރި خبر ދެއްވަތެވެ. (އެބަހީ: عيسى ގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ بشارة ދެއްވަތެވެ.) އެ ދަރިކަލުންގެ ނަންފުޅަކީ المسيح عيسى بن مريم އެވެ. އެ ދަރިކަލުން ވާހުށީ ދުނިޔެއާއި آخرة ގައި قدر އުފުލިގެންވާ ބޭކަލެއްކަމުގައެވެ. އަދި، اللَّه، حضرة އަށް ކުއްތަންކުރައްވާފައިވާ ބޭކަލުންގެ ތެރެއިންނެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
43އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 43

ސޫރަތު އާލު-ޢިމްރާން އާޔަތް 43 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭ مريم ގެފާނެވެ! ކަމަނާގެ ވެރިރަސްކަލާނގެ حضرة އަށް، އަޅުކަން خالص ކުރައްވައި،…

ސޫރަތު އާޔަތް 43/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 41–45. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers