އަލް-އަޙްޒާބް · 41/73
ތަރުޖަމާ ކިޔެވުން — އަލް-އަޙްޒާބް
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا ۝٤١
Yaaa aiyuhal lazeena aamanuz kurul laaha zikran kaseera
📖 ދިވެހި މާނަ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ
🎧 އަޑު އަހާ

📜 އާޔަތް 39-43 — އަލް-އަޙްޒާބް

39الَّذِينَ يُبَلِّغُونَ رِسَالَاتِ اللَّهِ وَيَخْشَوْنَهُ وَلَا يَخْشَوْنَ أَحَدًا إِلَّا اللَّهَ ۗ وَكَفَىٰ بِاللَّهِ حَسِيبًا
އެއުރެންނީ (އެބަހީ: رسول ންނީ) اللَّه ގެ އެންގެވުންތައް މީސްތަކުންނަށް އަންގަވާ ބަޔެކެވެ. އަދި އެބޭކަލުން އެކަލާނގެ ދެކެ ބިރުވެތިވެތެވެ. އަދި އެބޭކަލުންނީ اللَّه ފިޔަވައި އެހެންފަރާތަކަށް ބިރުވެތިވާ ބަޔެއްނޫނެވެ. އަދި حساب ބައްލަވަނިވި ކަލަކު ކަމުގައި اللَّه ފުދިވޮޑިގެންވެއެވެ
40مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا
ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
41يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ
42وَسَبِّحُوهُ بُكْرَةً وَأَصِيلًا
އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ
43هُوَ الَّذِي يُصَلِّي عَلَيْكُمْ وَمَلَائِكَتُهُ لِيُخْرِجَكُم مِّنَ الظُّلُمَاتِ إِلَى النُّورِ ۚ وَكَانَ بِالْمُؤْمِنِينَ رَحِيمًا
އެކަލާނގެއީ، ތިޔަބައިމީހުންގެ މައްޗަށް رحمة ލައްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ملائكة ން ތިޔަބައިމީހުންގެ ފާފަފުއްސެވުމަށްއެދި دعاء ކުރައްވަތެވެ. އެއީ كافر ކަމުގެ އަނދިރިކަމުން إيمان ކަމުގެ އަލިކަމުގެ ތެރެޔަށް އެކަލާނގެ ތިޔަބައިމީހުން ނެރުއްވުމަށްޓަކައެވެ. އަދި مؤمن ންނަށް رحيم ވަންތަ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ
އަލް-އަޙްޒާބްޤުރުއާން ފިހުރިސްތު
73އާޔަތް
MedinanRevelation
41އާޔަތް

ތަރުޖަމާ — އަލް-އަޙްޒާބް 41

ސޫރަތު އަލް-އަޙްޒާބް އާޔަތް 41 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ

ސޫރަތު އާޔަތް 41/73 — އަލް-އަޙްޒާބް الأحزاب (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަޙްޒާބް އަޑު އަހާ, އަލް-އަޙްޒާބް ތަރުޖަމާ, އަލް-އަޙްޒާބް mp3, އަލް-އަޙްޒާބް pdf. އާޔަތް 39–43. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers