ސަބައް · 4/54
ތަރުޖަމާ ކިޔެވުން — ސޫރަތު ސަބައް
لِّيَجْزِيَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ ۚ أُولَٰئِكَ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ۝٤
Liyajziyal lazeena aamanoo wa `amilus saalihaat; ulaaa`ika lahum maghfiratunw wa rizqun kareem
📖 ދިވެހި މާނަ
(އެއީ) إيمان ވެ صالح عمل ތައްކުޅަ މީހުންނަށް (ހެޔޮ) ޖަޒާ ދެއްވުމަށްޓަކައެވެ. އެއުރެންނަށް ފާފަފުއްސެވުމާއި، ދީލަތިވެގެންވާ رزق ހުށްޓެވެ

🎧 އަޑު އަހާ


📜 އާޔަތް 2-6 — ސޫރަތު ސަބައް

2يَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا ۚ وَهُوَ الرَّحِيمُ الْغَفُورُ
ބިމުގެ ތެރެޔަށް ވަދެގެންދާހާ ތަކެއްޗާއި، އެ ބިމުގެ ތެރެއިން ނިކުންނަހާ ތަކެއްޗާއި، އުޑުން ފައިބާހާ އެއްޗަކާއި، އެ އުޑަށް އަރައިގެންދާހާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
3وَقَالَ الَّذِينَ كَفَرُوا لَا تَأْتِينَا السَّاعَةُ ۖ قُلْ بَلَىٰ وَرَبِّي لَتَأْتِيَنَّكُمْ عَالِمِ الْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَلَا أَصْغَرُ مِن ذَٰلِكَ وَلَا أَكْبَرُ إِلَّا فِي كِتَابٍ مُّبِينٍ
كافر ވި މީހުން ބުނޫއެވެ. قيامة ވުމުގެ ވަގުތު ތިމަންމެންނާ ހަމަޔަކަށް ނާންނާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކިއެއްތަ! އެހެންނަކުންނޫނެވެ. ތިމަންގެ ވެރިރަސްކަލާނގެ ގަންދެއްވަމެވެ. އެވަގުތު (އެބަހީ: قيامة ވުމުގެ ވަގުތު) ތިޔަބައިމީހުންނާ ހަމަޔަށް އަންނާނެކަން ކަށަވަރެވެ. އެކަލާނގެއީ، غيب ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި، ބިމުގައިވާ ذرّ އެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް، އެކަލާނގެއަށް ވަންހަނާވެގެންނެއް ނުވެތެވެ. بيان ވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިވާ ކަމުގައި މެނުވީ ނުވެތެވެ
4لِّيَجْزِيَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ ۚ أُولَٰئِكَ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ
(އެއީ) إيمان ވެ صالح عمل ތައްކުޅަ މީހުންނަށް (ހެޔޮ) ޖަޒާ ދެއްވުމަށްޓަކައެވެ. އެއުރެންނަށް ފާފަފުއްސެވުމާއި، ދީލަތިވެގެންވާ رزق ހުށްޓެވެ
5وَالَّذِينَ سَعَوْا فِي آيَاتِنَا مُعَاجِزِينَ أُولَٰئِكَ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ
ތިމަންރަސްކަލާނގެ (ބާވައިލެއްވި) آية ތަކާ ދެކޮޅުހަދަމުން ހިނގިމީހުން (ދަންނާށެވެ!) ވޭންދެވިނި އެންމެގަދަ عذاب ން އެއުރެންނަށް عذاب ހުށްޓެވެ
6وَيَرَى الَّذِينَ أُوتُوا الْعِلْمَ الَّذِي أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ الْحَقَّ وَيَهْدِي إِلَىٰ صِرَاطِ الْعَزِيزِ الْحَمِيدِ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި ފޮތް އެއީ حق ބަސްފުޅު ކަމުގައި، އެއުރެންނަށް علم ލިބިގެންވާ މީހުން ދެކޭނެތެވެ. އަދި އެ ފޮތް މަގުދައްކަނީ، عزيز ވަންތަ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެ މަގަށެވެ
ސަބައްޤުރުއާން ފިހުރިސްތު
54އާޔަތް
MeccanRevelation
4އާޔަތް

ތަރުޖަމާ — ސަބައް 4

ސޫރަތު ސަބައް އާޔަތް 4 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : (އެއީ) إيمان ވެ صالح عمل ތައްކުޅަ މީހުންނަށް (ހެޔޮ) ޖަޒާ ދެއްވުމަށްޓަކައެވެ.…

ސޫރަތު އާޔަތް 4/54 — ސޫރަތު ސަބައް سبأ (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ސަބައް އަޑު އަހާ, ސޫރަތު ސަބައް ތަރުޖަމާ, ސޫރަތު ސަބައް mp3, ސޫރަތު ސަބައް pdf. އާޔަތް 2–6. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, September 8, 2026

Don't forget us in your sincere prayers