ޣާފިރު · 34/85
ތަރުޖަމާ ކިޔެވުން — ޣާފިރު
وَلَقَدْ جَاءَكُمْ يُوسُفُ مِن قَبْلُ بِالْبَيِّنَاتِ فَمَا زِلْتُمْ فِي شَكٍّ مِّمَّا جَاءَكُم بِهِ ۖ حَتَّىٰ إِذَا هَلَكَ قُلْتُمْ لَن يَبْعَثَ اللَّهُ مِن بَعْدِهِ رَسُولًا ۚ كَذَٰلِكَ يُضِلُّ اللَّهُ مَنْ هُوَ مُسْرِفٌ مُّرْتَابٌ ۝٣٤
Wa laqad jaaa`akum Yoosufu min qablu bil baiyinaati famaa ziltum fee shakkim mimaa jaaa`akum bihee hattaaa izaa halaka qultum lai yab asal laahu mim ba`dihee Rasoolaa; kazaalika yudillul laahu man huwa Musrifum murtaab
📖 ދިވެހި މާނަ
ހަމަކަށަވަރުން، ތިޔަބައިިމީހުންގެގާތަށް ފާޅުވެގެންވާ ހެކިތަކާއެކު، މީގެކުރިން يوسف ގެފާނު ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު އެ އެއްޗަކާއިގެން ވަޑައިގަތް އެއްޗަކާމެދު ތިޔަބައިމީހުން شك ކަމެއްގައި ދެމިތިބީމުއެވެ. އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާނދެނެވެ. އެހިނދު ތިޔަބައިމީހުން ބުނީމުއެވެ. އެކަލޭގެފާނަށްފަހު اللَّه، رسول އަކު ނުފޮނުއްވާނެތެވެ. އިސްރާފުކޮށް، شك ކުރުން ގިނަކަމުގައިވާމީހާ، اللَّه މަގުފުރައްދަވަނީ އެފަދައިންނެވެ
🎧 އަޑު އަހާ

📜 އާޔަތް 32-36 — ޣާފިރު

32وَيَا قَوْمِ إِنِّي أَخَافُ عَلَيْكُمْ يَوْمَ التَّنَادِ
އަދި އޭ އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް ގޮވާ ދުވަހާމެދު (އެބަހީ: قيامة ދުވަހާމެދު) ތިޔަބައިމީހުންގެ މައްޗަށް އަހުރެން ބިރުވެތިވަމެވެ
33يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُم مِّنَ اللَّهِ مِنْ عَاصِمٍ ۗ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ
(އެއީ) ތިޔަބައިމީހުން އެނބުރި ފުރަގަސްދީދާނެ ދުވަހެވެ. اللَّه ގެ عذاب ން ތިޔަބައިމީހުން ރައްކާތެރިކޮށްދޭނޭ އެކަކުވެސް ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް ތެދުމަގުދައްކާނޭ އެކަކުވެސް ނުވެއެވެ
34وَلَقَدْ جَاءَكُمْ يُوسُفُ مِن قَبْلُ بِالْبَيِّنَاتِ فَمَا زِلْتُمْ فِي شَكٍّ مِّمَّا جَاءَكُم بِهِ ۖ حَتَّىٰ إِذَا هَلَكَ قُلْتُمْ لَن يَبْعَثَ اللَّهُ مِن بَعْدِهِ رَسُولًا ۚ كَذَٰلِكَ يُضِلُّ اللَّهُ مَنْ هُوَ مُسْرِفٌ مُّرْتَابٌ
ހަމަކަށަވަރުން، ތިޔަބައިިމީހުންގެގާތަށް ފާޅުވެގެންވާ ހެކިތަކާއެކު، މީގެކުރިން يوسف ގެފާނު ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު އެ އެއްޗަކާއިގެން ވަޑައިގަތް އެއްޗަކާމެދު ތިޔަބައިމީހުން شك ކަމެއްގައި ދެމިތިބީމުއެވެ. އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާނދެނެވެ. އެހިނދު ތިޔަބައިމީހުން ބުނީމުއެވެ. އެކަލޭގެފާނަށްފަހު اللَّه، رسول އަކު ނުފޮނުއްވާނެތެވެ. އިސްރާފުކޮށް، شك ކުރުން ގިނަކަމުގައިވާމީހާ، اللَّه މަގުފުރައްދަވަނީ އެފަދައިންނެވެ
35الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ ۖ كَبُرَ مَقْتًا عِندَ اللَّهِ وَعِندَ الَّذِينَ آمَنُوا ۚ كَذَٰلِكَ يَطْبَعُ اللَّهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ
އެއުރެންނީ، اللَّه ގެ آية ތަކާމެދުގައި އެއުރެންނަށް ލިބިފައިވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުންނެވެ. اللَّه ގެ حضرة ގައްޔާއި، إيمان ވިމީހުންގެ ގާތުގައި އެކަމަށްހުރި ނުރުހުން ބޮޑުވެގެންވެއެވެ. ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި اللَّه ސިއްކަގައްސަވަނީ އެފަދައިންނެވެ
36وَقَالَ فِرْعَوْنُ يَا هَامَانُ ابْنِ لِي صَرْحًا لَّعَلِّي أَبْلُغُ الْأَسْبَابَ
فرعون ބުންޏެވެ. އޭهامان އެވެ! އަހުރެންނަށް އުސްގަނޑުވަރެއް ބިނާކޮށްދޭށެވެ! އެއީ އަހުރެންނަށް މަގުތަކެއް ފެނޭތޯއެވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
34އާޔަތް

ތަރުޖަމާ — ޣާފިރު 34

ސޫރަތު ޣާފިރު އާޔަތް 34 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، ތިޔަބައިިމީހުންގެގާތަށް ފާޅުވެގެންވާ ހެކިތަކާއެކު، މީގެކުރިން يوسف ގެފާނު ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު…

ސޫރަތު އާޔަތް 34/85 — ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޣާފިރު އަޑު އަހާ, ޣާފިރު ތަރުޖަމާ, ޣާފިރު mp3, ޣާފިރު pdf. އާޔަތް 32–36. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers