އަލް-ޖާޘިޔާ · 35/37
ތަރުޖަމާ ކިޔެވުން — އަލް-ޖާޘިޔާ
ذَٰلِكُم بِأَنَّكُمُ اتَّخَذْتُمْ آيَاتِ اللَّهِ هُزُوًا وَغَرَّتْكُمُ الْحَيَاةُ الدُّنْيَا ۚ فَالْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ ۝٣٥
Zaalikum bi annakumut takhaztum aayaatil laahi huzuwanw wa gharratkumul hayaatud dunyaa; fal yawma laa yukhrajoona minhaa wa laahum yusta`taboon
📖 ދިވެހި މާނަ
އެއީ ތިޔަބައިމީހުން اللَّه ގެ آية ތައް، ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ. އަދި ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރި ކަމަށްޓަކައެވެ. ފަހެ، މިއަދު އެއުރެން އެ ނަރަކަޔަކުން ނުނެރުއްވާނެތެވެ. އަދި އެކަލާނގެ ރުއްސަވާ މަގަށް އެނބުރި ދިޔުމަކަށް، އެއުރެންނަކަށް ތަނެއް ނުމެދެއްވާނޭމެއެވެ
🎧 އަޑު އަހާ

📜 އާޔަތް 33-37 — އަލް-ޖާޘިޔާ

33وَبَدَا لَهُمْ سَيِّئَاتُ مَا عَمِلُوا وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ
އަދި އެއުރެންކުރި عمل ތަކުގެ ނުބައިކަން އެއުރެންނަށް ފާޅުވިއެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްތައް (އެބަހީ: އެކަމުގެ عذاب) އައިސް، އެއުރެން ވަށައިލިއެވެ
34وَقِيلَ الْيَوْمَ نَنسَاكُمْ كَمَا نَسِيتُمْ لِقَاءَ يَوْمِكُمْ هَٰذَا وَمَأْوَاكُمُ النَّارُ وَمَا لَكُم مِّن نَّاصِرِينَ
އަދި އަންގަވާނެތެވެ. ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަން ތިޔަބައިމީހުން ހަނދާންނައްތައިލި ފަދައިން، މިއަދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަނައްތަވާހުށީމެވެ. އަދި ތިޔަބައިމީހުން ތިބެނިވި ތަނަކީ ނަރަކަޔެވެ. އަދި ތިޔަބައިމީހުންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ
35ذَٰلِكُم بِأَنَّكُمُ اتَّخَذْتُمْ آيَاتِ اللَّهِ هُزُوًا وَغَرَّتْكُمُ الْحَيَاةُ الدُّنْيَا ۚ فَالْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ
އެއީ ތިޔަބައިމީހުން اللَّه ގެ آية ތައް، ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ. އަދި ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރި ކަމަށްޓަކައެވެ. ފަހެ، މިއަދު އެއުރެން އެ ނަރަކަޔަކުން ނުނެރުއްވާނެތެވެ. އަދި އެކަލާނގެ ރުއްސަވާ މަގަށް އެނބުރި ދިޔުމަކަށް، އެއުރެންނަކަށް ތަނެއް ނުމެދެއްވާނޭމެއެވެ
36فَلِلَّهِ الْحَمْدُ رَبِّ السَّمَاوَاتِ وَرَبِّ الْأَرْضِ رَبِّ الْعَالَمِينَ
ފަހެ، حمد ހުރީ اللَّه އަށެވެ. (އެއީ) އުޑުތަކުގެވެރި، އަދި ބިމުގެވެރި، عالم ތަކުގެ ވެރިރަސްކަލާނގެއެވެ
37وَلَهُ الْكِبْرِيَاءُ فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ
އަދި އުޑުތަކާއި، ބިމުގައި عظمة ތެރިކަމާއި، ބާރުވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ
އަލް-ޖާޘިޔާޤުރުއާން ފިހުރިސްތު
37އާޔަތް
MeccanRevelation
35އާޔަތް

ތަރުޖަމާ — އަލް-ޖާޘިޔާ 35

ސޫރަތު އަލް-ޖާޘިޔާ އާޔަތް 35 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއީ ތިޔަބައިމީހުން اللَّه ގެ آية ތައް، ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ. އަދި…

ސޫރަތު އާޔަތް 35/37 — އަލް-ޖާޘިޔާ الجاثية (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޖާޘިޔާ އަޑު އަހާ, އަލް-ޖާޘިޔާ ތަރުޖަމާ, އަލް-ޖާޘިޔާ mp3, އަލް-ޖާޘިޔާ pdf. އާޔަތް 33–37. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers