އަލް-އަޙްޤާފް · 8/35
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަޙްޤާފް
أَمْ يَقُولُونَ افْتَرَاهُ ۖ قُلْ إِنِ افْتَرَيْتُهُ فَلَا تَمْلِكُونَ لِي مِنَ اللَّهِ شَيْئًا ۖ هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ ۖ كَفَىٰ بِهِ شَهِيدًا بَيْنِي وَبَيْنَكُمْ ۖ وَهُوَ الْغَفُورُ الرَّحِيمُ ۝٨
Am yaqooloonaf taraahu qul inif taraituhoo falaa tamlikoona lee minal laahi shai`an Huwa a`lamu bimaa tufeedoona feehi kafaa bihee shaheedam bainee wa bainakum wa Huwal Ghafoorur Raheem
📖 ދިވެހި މާނަ
ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހައްދަވާފައިވާނަމަ، ފަހެ، ތިމަންކަލޭގެފާނަށްޓަކައި اللَّه ގެ حضرة ން އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް މިލްކުވެގެންނެއް ނުވެތެވެ. (އެބަހީ: اللَّه ގެ عذاب ން ތިޔަބައިމީހުންނަކަށް، ތިމަންކަލޭގެފާނު ސަލާމަތެއް ނުކުރެވޭނެތެވެ.) ތިޔަބައިމީހުން އެ قرآن އާމެދު، ދައްކައިއުޅޭ ވާހަކަތައް، އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ތިމަންކަލޭގެފާނާ، ތިޔަބައިމީހުންނާ ދެމެދުގައިވާ ހެކިވެރިޔަކަށް އެކަލާނގެ ފުދެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 6-10 — ސޫރަތު އަލް-އަޙްޤާފް

6وَإِذَا حُشِرَ النَّاسُ كَانُوا لَهُمْ أَعْدَاءً وَكَانُوا بِعِبَادَتِهِمْ كَافِرِينَ
އަދި މީސްތަކުން (قيامة ދުވަހުން) އެއްކުރައްވާހިނދު އެއުރެންނަށް، އެ ބުދުތައް عداوة ތެރިންކަމުގައި ވާނެތެވެ. އަދި އެތަކެއްޗަށް އަޅުކަންކުރި ކަމާމެދު إنكار ކުރާ ތަކެތި ކަމުގައި އެތަކެތި ވާނެތެވެ
7وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ هَٰذَا سِحْرٌ مُّبِينٌ
އަދި ތިމަންރަސްކަލާނގެ آية ތައް އެއުރެންނަށް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެވޭހިނދު (އަދި) އެއުރެންގެގާތަށް حق ބަސްފުޅު އައިހިނދު، كافر ވިމީހުން އެ ބަސްފުޅާމެދު ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ
8أَمْ يَقُولُونَ افْتَرَاهُ ۖ قُلْ إِنِ افْتَرَيْتُهُ فَلَا تَمْلِكُونَ لِي مِنَ اللَّهِ شَيْئًا ۖ هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ ۖ كَفَىٰ بِهِ شَهِيدًا بَيْنِي وَبَيْنَكُمْ ۖ وَهُوَ الْغَفُورُ الرَّحِيمُ
ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހައްދަވާފައިވާނަމަ، ފަހެ، ތިމަންކަލޭގެފާނަށްޓަކައި اللَّه ގެ حضرة ން އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް މިލްކުވެގެންނެއް ނުވެތެވެ. (އެބަހީ: اللَّه ގެ عذاب ން ތިޔަބައިމީހުންނަކަށް، ތިމަންކަލޭގެފާނު ސަލާމަތެއް ނުކުރެވޭނެތެވެ.) ތިޔަބައިމީހުން އެ قرآن އާމެދު، ދައްކައިއުޅޭ ވާހަކަތައް، އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ތިމަންކަލޭގެފާނާ، ތިޔަބައިމީހުންނާ ދެމެދުގައިވާ ހެކިވެރިޔަކަށް އެކަލާނގެ ފުދެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ
9قُلْ مَا كُنتُ بِدْعًا مِّنَ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ وَمَا أَنَا إِلَّا نَذِيرٌ مُّبِينٌ
ކަލޭގެފާނު ވިދާޅުވާށެވެ! رسول ންގެ ތެރެއިން ފުރަތަމަ (ފޮނުއްވި) رسول އަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ. ތިމަންކަލޭގެފާނާމެދު އަދި ތިޔަބައިމީހުންނާމެދުވެސް، ކަންތައް ކުރައްވާނެގޮތެއް، ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވަތެވެ. ތިމަންކަލޭގެފާނަށް އިއްވަވާ وحى އަކަށްމެނުވީ، ތިމަންކަލޭގެފާނު تبع އެއް ނުވަމެވެ. އަދި ބަޔާންވެގެންހުރި إنذار ކުރައްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ
10قُلْ أَرَأَيْتُمْ إِن كَانَ مِنْ عِندِ اللَّهِ وَكَفَرْتُم بِهِ وَشَهِدَ شَاهِدٌ مِّن بَنِي إِسْرَائِيلَ عَلَىٰ مِثْلِهِ فَآمَنَ وَاسْتَكْبَرْتُمْ ۖ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން خبر ދީބަލާށެވެ! އެ قرآن އަކީ، اللَّه ގެ حضر ންއައި ފޮތެއް ކަމަށްވެފައި، އަދި ތިޔަބައިމީހުން އެޔަށް كافر ވެއްޖެނަމަ (ތިޔަބައިމީހުންނީ، އަމިއްލަ نفس އަށް އަނިޔާވެރި ބަޔަކުކަމުގައި ނުވޭހެއްޔެވެ؟ (އަދި إسرآءيـل ގެދަރިންކުރެ ހެކިދޭމީހަކު އެފޮތުގެ މައްޗަށް (އެއީ ތެދުކަމަށް) ހެކިދީފައެވެ. ފަހެ، އޭނާ (އެޔަށް) إيمان ވިއެވެ. އަދި ތިޔަބައިމީހުން (އެއަށް إيمان ނުވެ) ބޮޑާވެގެންފީމުއެވެ. ހަމަކަށަވަރުން، އަނިޔާވެރިބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވަތެވެ
އަލް-އަޙްޤާފްޤުރުއާން ފިހުރިސްތު
35އާޔަތް
MeccanRevelation
8އާޔަތް

ތަރުޖަމާ — އަލް-އަޙްޤާފް 8

ސޫރަތު އަލް-އަޙްޤާފް އާޔަތް 8 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ!…

ސޫރަތު އާޔަތް 8/35 — ސޫރަތު އަލް-އަޙްޤާފް الأحقاف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަޙްޤާފް އަޑު އަހާ, ސޫރަތު އަލް-އަޙްޤާފް ތަރުޖަމާ, ސޫރަތު އަލް-އަޙްޤާފް mp3, ސޫރަތު އަލް-އަޙްޤާފް pdf. އާޔަތް 6–10. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers