އަލް-އަންޢާމް · 137/165
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންޢާމް
وَكَذَٰلِكَ زَيَّنَ لِكَثِيرٍ مِّنَ الْمُشْرِكِينَ قَتْلَ أَوْلَادِهِمْ شُرَكَاؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا عَلَيْهِمْ دِينَهُمْ ۖ وَلَوْ شَاءَ اللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ ۝١٣٧
Wa kazaalika zaiyana likaseerim minal mushrikeena qatla awlaadihim shurakaaa`uhum liyurdoohum wa liyalbisoo `alaihim deenahum wa law shaaa`al laahu maa fa`aloohu fazarhum wa maa yaftaroon
📖 ދިވެހި މާނަ
ހަމައެފަދައިން، مشرك ންގެ ގިނަ މީހުންނަށް އެއުރެންގެ ދަރިން މެރުމަށް، އެއުރެންގެ شريك ން، ޒީނަތްތެރިކޮށް ދެއްކިއެވެ. އެއީ އެއުރެން ހަލާކުގެ ތެރެޔަށް ފޮނުވުމަށެވެ. އަދި އެއުރެންނަށް އެއުރެންގެ ދީން އޮޅުވާލުމަށެވެ. اللَّه އިރާދަކުރެއްވިނަމަ، އެއުރެން އެކަމެއް ނުކުރީހެވެ. ފަހެ، ކަލޭގެފާނު އެއުރެން ހަދާ ދޮގުތަކާއެކު، އެއުރެން ދޫކޮށްލައްވާށެވެ

🎧 އަޑު އަހާ


📜 އާޔަތް 135-139 — ސޫރަތު އަލް-އަންޢާމް

135قُلْ يَا قَوْمِ اعْمَلُوا عَلَىٰ مَكَانَتِكُمْ إِنِّي عَامِلٌ ۖ فَسَوْفَ تَعْلَمُونَ مَن تَكُونُ لَهُ عَاقِبَةُ الدَّارِ ۗ إِنَّهُ لَا يُفْلِحُ الظَّالِمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން عمل ކޮށް ބަލާށެވެ! ހަމަކަށަވަރުން، އަހުރެން، އަހުރެންގެ ގޮތުގައި عمل ކުރާނަމެވެ. آخرة ދުވަހުން تعريف ލިބިގެންވާ ނިމުމެއް ލިބޭނީ، ކޮންބަޔަކަށްކަން ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭނެތެވެ. ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ
136وَجَعَلُوا لِلَّهِ مِمَّا ذَرَأَ مِنَ الْحَرْثِ وَالْأَنْعَامِ نَصِيبًا فَقَالُوا هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَائِنَا ۖ فَمَا كَانَ لِشُرَكَائِهِمْ فَلَا يَصِلُ إِلَى اللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَائِهِمْ ۗ سَاءَ مَا يَحْكُمُونَ
އެ (كافر ވި) މީހުން، اللَّه އަށް އެކަލާނގެ އުފެއްދެވި ތަކެތީގެ ތެރެއިން، ދަނޑުގޮވާމާއި، نعم ސޫޫފީން ބައެއް އެޅިއެވެ. އެއުރެންގެ باطل ހީއާއެއްގޮތަށް، އެއުރެންބުނީ، މިބައި މިއީ اللَّه އަށެވެ. އަދި މިހިރަ ބައި އެއީ، ތިމަންމެންގެ شريك ންނަށެވެ. ފަހެ، އެއުރެންގެ شريك ންނަށްވީ ބައިގެ އެއްޗެއް، اللَّه ގެ ފަރާތަކަށް ނުލިބެއެވެ. اللَّه އަށް އެޅިބައި، އެއުރެންގެ شريك ންނަށް ލިބެއެވެ. އެއުރެން ކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ
137وَكَذَٰلِكَ زَيَّنَ لِكَثِيرٍ مِّنَ الْمُشْرِكِينَ قَتْلَ أَوْلَادِهِمْ شُرَكَاؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا عَلَيْهِمْ دِينَهُمْ ۖ وَلَوْ شَاءَ اللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ
ހަމައެފަދައިން، مشرك ންގެ ގިނަ މީހުންނަށް އެއުރެންގެ ދަރިން މެރުމަށް، އެއުރެންގެ شريك ން، ޒީނަތްތެރިކޮށް ދެއްކިއެވެ. އެއީ އެއުރެން ހަލާކުގެ ތެރެޔަށް ފޮނުވުމަށެވެ. އަދި އެއުރެންނަށް އެއުރެންގެ ދީން އޮޅުވާލުމަށެވެ. اللَّه އިރާދަކުރެއްވިނަމަ، އެއުރެން އެކަމެއް ނުކުރީހެވެ. ފަހެ، ކަލޭގެފާނު އެއުރެން ހަދާ ދޮގުތަކާއެކު، އެއުރެން ދޫކޮށްލައްވާށެވެ
138وَقَالُوا هَٰذِهِ أَنْعَامٌ وَحَرْثٌ حِجْرٌ لَّا يَطْعَمُهَا إِلَّا مَن نَّشَاءُ بِزَعْمِهِمْ وَأَنْعَامٌ حُرِّمَتْ ظُهُورُهَا وَأَنْعَامٌ لَّا يَذْكُرُونَ اسْمَ اللَّهِ عَلَيْهَا افْتِرَاءً عَلَيْهِ ۚ سَيَجْزِيهِم بِمَا كَانُوا يَفْتَرُونَ
އެއުރެން ބުނެފޫއެވެ. މިހިރީ، މަނާކޮށްފައިވާ نعم ސޫފިތަކާއި ދަނޑުގޮވާންތަކެވެ. އެއުރެން ހީކުރާ ގޮތުގައި، އެއުރެން އެދޭ ބަޔަކު މެނުވީ، އެތަކެތި ކައިގެން ނުވާނެތެވެ. އަދި މިތިބީ އޭގެ ބުރިކަށިތައް حرام ކޮށްފައިވާ نعم ސޫފިތަކެވެ. އަދި މިތިބީ، (ކަތިލާހިނދު) އޭގެ މައްޗަށް އެއުރެން، اللَّه ގެ اسم ފުޅު ނަންނުގަންނަ نعم ސޫފިިތަކެވެ. (މިހުރިހާ ކަމެއް އެއުރެން ކުރަނީ) އެކަލާނގެއަށް ދޮގުހެދުމުގެ ގޮތުންނެވެ. އެއުރެން ހަދާ އުޅުނު ދޮގުތަކުގެ ސަބަބުން، އެކަލާނގެ އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ
139وَقَالُوا مَا فِي بُطُونِ هَٰذِهِ الْأَنْعَامِ خَالِصَةٌ لِّذُكُورِنَا وَمُحَرَّمٌ عَلَىٰ أَزْوَاجِنَا ۖ وَإِن يَكُن مَّيْتَةً فَهُمْ فِيهِ شُرَكَاءُ ۚ سَيَجْزِيهِمْ وَصْفَهُمْ ۚ إِنَّهُ حَكِيمٌ عَلِيمٌ
އަދި އެއުރެން ބުނެފޫއެވެ. މި نعم ސޫފިތަކުގެ ބަނޑުތެރޭގައިވާ ތަކެތި، حلال ވެގެންވަނީ، އަހުރެމެންކުރެ ފިރިހެނުންނަށެވެ. އަދި އެތަކެތި ވަނީ، އަހުރެމެންގެ އަންހެނުންގެ މައްޗަށް حرام ވެގެންނެވެ. އެތަކެތި މަރުވެފައިވާނަމަ، އެކެއުމުގައި އެންމެން ހަމަހަމައެވެ. އެއުރެން (އެތަކެއްޗަށް حلال ނުވަތަ حرام ކަމުގެ) ސިިފަދިނުމުގެ ސަބަބުން، އެއުރެންނަށް އެކަލާނގެ عقوبات ދެއްވާނެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حكيم ވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
137އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 137

ސޫރަތު އަލް-އަންޢާމް އާޔަތް 137 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމައެފަދައިން، مشرك ންގެ ގިނަ މީހުންނަށް އެއުރެންގެ ދަރިން މެރުމަށް، އެއުރެންގެ شريك…

ސޫރަތު އާޔަތް 137/165 — ސޫރަތު އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންޢާމް އަޑު އަހާ, ސޫރަތު އަލް-އަންޢާމް ތަރުޖަމާ, ސޫރަތު އަލް-އަންޢާމް mp3, ސޫރަތު އަލް-އަންޢާމް pdf. އާޔަތް 135–139. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers