އަލް-އަޢްރާފް · 86/206
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަޢްރާފް
وَلَا تَقْعُدُوا بِكُلِّ صِرَاطٍ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ اللَّهِ مَنْ آمَنَ بِهِ وَتَبْغُونَهَا عِوَجًا ۚ وَاذْكُرُوا إِذْ كُنتُمْ قَلِيلًا فَكَثَّرَكُمْ ۖ وَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ ۝٨٦
Wa laa taq`udoo bikulli siraatin too`idoona wa tasuddoona `an sabeelil laahi man aamana bihee wa abghoonahaa `iwajaa; waz kurooo iz kuntum qaleelan fakassarakum wanzuroo kaifa kaana `aaqibatul mufsideen
📖 ދިވެހި މާނަ
އަދި ބިރުދައްކައި، ފޭރުމަށާއި، اللَّه އަށް إيمان ވި މީހުން އެކަލާނގެ މަގުން އެއްކިބާކުރުމަށާއި، އެމަގު ގުދުމަގަކަށް ހެދުމަށް އެދި، އެއްވެސް މަގެއްގައި ތިޔަބައިމީހުން ނުތިބޭށެވެ! އަދި ތިޔަބައިމީހުން، މަދުބަޔަކު ކަމުގައި ތިއްބައި އެކަލާނގެ، ތިޔަބައިމީހުން ގިނަކުރެއްވިކަން ހަނދުމަކުރާށެވެ! އަދި فساد ކުރާ މީހުންގެ ނިމުންހުރީ ކިހިނަކުންކަން، ތިޔަބައިމީހުން ދެކޭށެވެ

🎧 އަޑު އަހާ


📜 އާޔަތް 84-88 — ސޫރަތު އަލް-އަޢްރާފް

84وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُجْرِمِينَ
އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެެއެއް ވެއްސެވީމެވެ. ފަހެ، ކުށްވެރިންގެ ނިމުންހުރީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ
85وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ فَأَوْفُوا الْكَيْلَ وَالْمِيزَانَ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ
އަދި مدين ގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ އެއުރެންގެ أخ، شعيب ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ބަޔާންވެގެންވާ ހެތްކެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން، މިނުމާއި، ކިރުން ފުރިހަމަ ކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި ތިޔަބައިމީހުން އުނިނުކުރާށެވެ! އަދި އެ ބިން إصلاح ކުރުމަށްފަހު، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ! ތިޔަބައިމީހުންނީ، إيمان ވާ ބަޔަކު ކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ
86وَلَا تَقْعُدُوا بِكُلِّ صِرَاطٍ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ اللَّهِ مَنْ آمَنَ بِهِ وَتَبْغُونَهَا عِوَجًا ۚ وَاذْكُرُوا إِذْ كُنتُمْ قَلِيلًا فَكَثَّرَكُمْ ۖ وَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ
އަދި ބިރުދައްކައި، ފޭރުމަށާއި، اللَّه އަށް إيمان ވި މީހުން އެކަލާނގެ މަގުން އެއްކިބާކުރުމަށާއި، އެމަގު ގުދުމަގަކަށް ހެދުމަށް އެދި، އެއްވެސް މަގެއްގައި ތިޔަބައިމީހުން ނުތިބޭށެވެ! އަދި ތިޔަބައިމީހުން، މަދުބަޔަކު ކަމުގައި ތިއްބައި އެކަލާނގެ، ތިޔަބައިމީހުން ގިނަކުރެއްވިކަން ހަނދުމަކުރާށެވެ! އަދި فساد ކުރާ މީހުންގެ ނިމުންހުރީ ކިހިނަކުންކަން، ތިޔަބައިމީހުން ދެކޭށެވެ
87وَإِن كَانَ طَائِفَةٌ مِّنكُمْ آمَنُوا بِالَّذِي أُرْسِلْتُ بِهِ وَطَائِفَةٌ لَّمْ يُؤْمِنُوا فَاصْبِرُوا حَتَّىٰ يَحْكُمَ اللَّهُ بَيْنَنَا ۚ وَهُوَ خَيْرُ الْحَاكِمِينَ
އަދި ތިޔަބައިމީހުންކުރެ އެއްބަޔަކު، ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވިކަމަކަށް إيمان ވެފައި، އަނެއްބަޔަކު إيمان ނުވިނަމަ، ތިމަންމެންގެ މެދުގައި اللَّه حكم ކުރައްވައިފުމަށް ދާނދެން، ތިޔަބައިމީހުން ކެތްކުރާށެވެ! އެކަލާނގެއީ، حكم ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ
88۞ قَالَ الْمَلَأُ الَّذِينَ اسْتَكْبَرُوا مِن قَوْمِهِ لَنُخْرِجَنَّكَ يَا شُعَيْبُ وَالَّذِينَ آمَنُوا مَعَكَ مِن قَرْيَتِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا ۚ قَالَ أَوَلَوْ كُنَّا كَارِهِينَ
އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން كبر ވެރިވެގަތް ބޮޑުން ބުނޫއެވެ. އޭ شعيب ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައި إيمان ވެގެންތިބިމީހުން، ތިމަންމެންގެ ރަށުން ބޭރުކޮށްލައިފާހުށީމެވެ. ނުވަތަ ތިމަންމެންގެ دين އަށް ކަލޭގެފާނު އެނބުރި ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން (އެކަމަށް) ނުރުހޭ حال ގައި ވީނަމަވެސް ހެއްޔެވެ؟
އަލް-އަޢްރާފްޤުރުއާން ފިހުރިސްތު
206އާޔަތް
MeccanRevelation
86އާޔަތް

ތަރުޖަމާ — އަލް-އަޢްރާފް 86

ސޫރަތު އަލް-އަޢްރާފް އާޔަތް 86 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ބިރުދައްކައި، ފޭރުމަށާއި، اللَّه އަށް إيمان ވި މީހުން އެކަލާނގެ މަގުން…

ސޫރަތު އާޔަތް 86/206 — ސޫރަތު އަލް-އަޢްރާފް الأعراف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަޢްރާފް އަޑު އަހާ, ސޫރަތު އަލް-އަޢްރާފް ތަރުޖަމާ, ސޫރަތު އަލް-އަޢްރާފް mp3, ސޫރަތު އަލް-އަޢްރާފް pdf. އާޔަތް 84–88. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers