އަތް-ތައުބާ · 95/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
سَيَحْلِفُونَ بِاللَّهِ لَكُمْ إِذَا انقَلَبْتُمْ إِلَيْهِمْ لِتُعْرِضُوا عَنْهُمْ ۖ فَأَعْرِضُوا عَنْهُمْ ۖ إِنَّهُمْ رِجْسٌ ۖ وَمَأْوَاهُمْ جَهَنَّمُ جَزَاءً بِمَا كَانُوا يَكْسِبُونَ ۝٩٥
Sa yahlifoona billaahi lakum izanqalabtum ilaihim litu`ridoo `anhum fa a`ridoo `anhum innahum rijsunw wa maawaahum jahannamu jazaaa `ambimaa kaanoo yaksiboon
📖 ދިވެހި މާނަ
ތިޔަބައިމީހުން އެއުރެންގެ ގާތަށް އެނބުރި އަތުވެއްޖެނަމަ، އެއުރެންގެ ކިބައިން ތިޔަބައިމީހުން ދުރުހެލިވެގަތުމަށް، اللَّه ގަންދީ އެއުރެން ތިޔަބައިމީހުން ގާތުގައި ހުވާކޮށް ހަދާނެތެވެ. ފަހެ، ތިޔަބައިމީހުން އެއުރެންނާ ދުރުހެލިވާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ ނަޖިސް ބަޔެކެވެ. އަދި އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. (އެއީ) އެއުރެން ހޯދައިއުޅުނު عمل ތަކުގެ ޖަޒާއެއްގެ ގޮތުގައެވެ
🎧 އަޑު އަހާ

📜 އާޔަތް 93-97 — އަތް-ތައުބާ

93۞ إِنَّمَا السَّبِيلُ عَلَى الَّذِينَ يَسْتَأْذِنُونَكَ وَهُمْ أَغْنِيَاءُ ۚ رَضُوا بِأَن يَكُونُوا مَعَ الْخَوَالِفِ وَطَبَعَ اللَّهُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَعْلَمُونَ
(ކުށްވެރިކުރުމުގެ) މަގު އޮތްކަން ކަށަވަރީ، މުއްސަނދިން ކަމުގައިވުމާއެކު (ހަނގުރާމަޔަށް ނުގޮސްތިބުމަށް) ކަލޭގެފާނުގެ އަރިހުން إذن އަށް އެދޭ މީހުންގެ މައްޗަށެވެ. (ހަނގުރާމަޔަށް) ނުގޮސްތިބޭ އަންހެނުންނާ އެކުގައި ވުމަށް އެއުރެން ރުހުނޫއެވެ. އަދި اللَّه އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައި ބަންދުކުރެއްވިއެވެ. ފަހެ، އެއުރެންނަކަށް ނޭނގެތެވެ
94يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ ۚ قُل لَّا تَعْتَذِرُوا لَن نُّؤْمِنَ لَكُمْ قَدْ نَبَّأَنَا اللَّهُ مِنْ أَخْبَارِكُمْ ۚ وَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
ތިޔަބައިމީހުން އެއުރެންނާ ހަމަޔަށް އެނބުރި އަތުވެއްޖެހިނދު، އެއުރެން ތިޔަބައިމީހުންނަށް عذر ދައްކައި އުޅޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިމަންމެން ތިޔަބައިމީހުންގެ ބަސް ތެދެއްނުކުރާނަމެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންގެ خبر ތައް ތިމަންމެންނަށް އަންގަވައިފިއެވެ. އަދި اللَّه، ތިޔަބައިމީހުންގެ عمل ތައް ދެކެވޮޑިގެންވާނެތެވެ. އަދި އެކަލާނގެ رسول އާވެސް ދެކެވަޑައިގަންނަވާނެތެވެ. ދެން ތިޔަބައިމީހުން، ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ
95سَيَحْلِفُونَ بِاللَّهِ لَكُمْ إِذَا انقَلَبْتُمْ إِلَيْهِمْ لِتُعْرِضُوا عَنْهُمْ ۖ فَأَعْرِضُوا عَنْهُمْ ۖ إِنَّهُمْ رِجْسٌ ۖ وَمَأْوَاهُمْ جَهَنَّمُ جَزَاءً بِمَا كَانُوا يَكْسِبُونَ
ތިޔަބައިމީހުން އެއުރެންގެ ގާތަށް އެނބުރި އަތުވެއްޖެނަމަ، އެއުރެންގެ ކިބައިން ތިޔަބައިމީހުން ދުރުހެލިވެގަތުމަށް، اللَّه ގަންދީ އެއުރެން ތިޔަބައިމީހުން ގާތުގައި ހުވާކޮށް ހަދާނެތެވެ. ފަހެ، ތިޔަބައިމީހުން އެއުރެންނާ ދުރުހެލިވާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ ނަޖިސް ބަޔެކެވެ. އަދި އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. (އެއީ) އެއުރެން ހޯދައިއުޅުނު عمل ތަކުގެ ޖަޒާއެއްގެ ގޮތުގައެވެ
96يَحْلِفُونَ لَكُمْ لِتَرْضَوْا عَنْهُمْ ۖ فَإِن تَرْضَوْا عَنْهُمْ فَإِنَّ اللَّهَ لَا يَرْضَىٰ عَنِ الْقَوْمِ الْفَاسِقِينَ
އެއުރެންނަށް ތިޔަބައިމީހުން ރުހުމަށްޓަކައި، އެއުރެން ތިޔަބައިމީހުން ގާތުގައި ހުވާކޮށް އުޅޭނެތެވެ. ފަހެ، އެއުރެންނަށް ތިޔަބައިމީހުން ރުހުނަސް، ހަމަކަށަވަރުން، فاسق ވެގެންވާ ބަޔަކަށް اللَّه ރުހިވޮޑިގެން ނުވާނެތެވެ
97الْأَعْرَابُ أَشَدُّ كُفْرًا وَنِفَاقًا وَأَجْدَرُ أَلَّا يَعْلَمُوا حُدُودَ مَا أَنزَلَ اللَّهُ عَلَىٰ رَسُولِهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
كافر ކަމާއި، منافق ކަމުގައި أعرابى ން މާހަރުކަށިކަން ބޮޑެވެ. އަދި اللَّه، އެކަލާނގެ رسول އާއަށް ބާވައިލެއްވި ތަކެތީގެ އިންތައް ނޭނގުން أولى ކަން ބޮޑެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
95އާޔަތް

ތަރުޖަމާ — އަތް-ތައުބާ 95

ސޫރަތު އަތް-ތައުބާ އާޔަތް 95 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިޔަބައިމީހުން އެއުރެންގެ ގާތަށް އެނބުރި އަތުވެއްޖެނަމަ، އެއުރެންގެ ކިބައިން ތިޔަބައިމީހުން ދުރުހެލިވެގަތުމަށް، اللَّه…

ސޫރަތު އާޔަތް 95/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 93–97. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers