ޔޫނުސް · 102/109
ތަރުޖަމާ ކިޔެވުން — ޔޫނުސް
فَهَلْ يَنتَظِرُونَ إِلَّا مِثْلَ أَيَّامِ الَّذِينَ خَلَوْا مِن قَبْلِهِمْ ۚ قُلْ فَانتَظِرُوا إِنِّي مَعَكُم مِّنَ الْمُنتَظِرِينَ ۝١٠٢
Fahal yantaziroona illaa misla ayyaamil lazeena khalaw min qablihim; qul fantazirooo innee ma`akum minal muntazireen
📖 ދިވެހި މާނަ
ފަހެ، އެއުރެންގެ ކުރިން އިސްވެދިޔަ أمّة ތަކަށް ޖެހުނުފަދަ ކަންތައްތަކެއް ޖެހުމަށްމެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން انتظار ކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް، ތިޔަބައިމީހުންނާއެކު انتظار ކުރާ މީހުންގެ ތެރެއިންވަމެވެ
🎧 އަޑު އަހާ

📜 އާޔަތް 100-104 — ޔޫނުސް

100وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ وَيَجْعَلُ الرِّجْسَ عَلَى الَّذِينَ لَا يَعْقِلُونَ
އަދި اللَّه ގެ إذن ފުޅަށް މެނުވީ، إيمان ވުމެއް އެއްވެސް نفس އަކަށް ނެތެވެ. އަދި ނުވިސްނާ މީހުންނަށް، އެކަލާނގެ عذاب ދެއްވާހުށްޓެވެ
101قُلِ انظُرُوا مَاذَا فِي السَّمَاوَاتِ وَالْأَرْضِ ۚ وَمَا تُغْنِي الْآيَاتُ وَالنُّذُرُ عَن قَوْمٍ لَّا يُؤْمِنُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! އަދި إيمان ނުވާ ބަޔަކަށް آية ތަކުންނާއި، إنذار ކުރައްވާ رسول ންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެތެވެ
102فَهَلْ يَنتَظِرُونَ إِلَّا مِثْلَ أَيَّامِ الَّذِينَ خَلَوْا مِن قَبْلِهِمْ ۚ قُلْ فَانتَظِرُوا إِنِّي مَعَكُم مِّنَ الْمُنتَظِرِينَ
ފަހެ، އެއުރެންގެ ކުރިން އިސްވެދިޔަ أمّة ތަކަށް ޖެހުނުފަދަ ކަންތައްތަކެއް ޖެހުމަށްމެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން انتظار ކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް، ތިޔަބައިމީހުންނާއެކު انتظار ކުރާ މީހުންގެ ތެރެއިންވަމެވެ
103ثُمَّ نُنَجِّي رُسُلَنَا وَالَّذِينَ آمَنُوا ۚ كَذَٰلِكَ حَقًّا عَلَيْنَا نُنجِ الْمُؤْمِنِينَ
ދެން ތިމަންރަސްކަލާނގެ رسول ންނާއި، إيمان ވި މީހުން ސަލާމަތް ކުރައްވަމެވެ. ހަމައެފަދައިން، مؤمن ން ދިންނަވައި ސަލާމަތް ކުރެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތް حق އެކެވެ
104قُلْ يَا أَيُّهَا النَّاسُ إِن كُنتُمْ فِي شَكٍّ مِّن دِينِي فَلَا أَعْبُدُ الَّذِينَ تَعْبُدُونَ مِن دُونِ اللَّهِ وَلَٰكِنْ أَعْبُدُ اللَّهَ الَّذِي يَتَوَفَّاكُمْ ۖ وَأُمِرْتُ أَنْ أَكُونَ مِنَ الْمُؤْمِنِينَ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ دين އާމެދު شك އެއްގައި ވާނަމަވެސް، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވާހުށީމެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރައްވާހުށީ، اللَّه އަށެވެ. އެކަލާނގެއީ، ތިޔަބައިމީހުން މަރުގަންނަވާ ރަސްކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވަނީ، مؤمن ންގެ ތެރެއިން ވުމަށެވެ
ޔޫނުސްޤުރުއާން ފިހުރިސްތު
109އާޔަތް
MeccanRevelation
102އާޔަތް

ތަރުޖަމާ — ޔޫނުސް 102

ސޫރަތު ޔޫނުސް އާޔަތް 102 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، އެއުރެންގެ ކުރިން އިސްވެދިޔަ أمّة ތަކަށް ޖެހުނުފަދަ ކަންތައްތަކެއް ޖެހުމަށްމެނުވީ، އެއުރެން…

ސޫރަތު އާޔަތް 102/109 — ޔޫނުސް يونس (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޔޫނުސް އަޑު އަހާ, ޔޫނުސް ތަރުޖަމާ, ޔޫނުސް mp3, ޔޫނުސް pdf. އާޔަތް 100–104. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers