ޔޫނުސް · 30/109
ތަރުޖަމާ ކިޔެވުން — ޔޫނުސް
هُنَالِكَ تَبْلُو كُلُّ نَفْسٍ مَّا أَسْلَفَتْ ۚ وَرُدُّوا إِلَى اللَّهِ مَوْلَاهُمُ الْحَقِّ ۖ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُونَ ۝٣٠
Hunaalika tabloo kullu nafsim maaa aslafat; wa ruddoo ilal laahi mawlaahu mul haqqi wa dalla `anhum maa kaanoo yaftaroon
📖 ދިވެހި މާނަ
އެތާނގައި ކޮންމެ نفس އަކަށްމެ، އެ نفس އެއް އިސްކުޅަ عمل އެއްގެގޮތް އެނގޭނެތެވެ. އަދި އެއުރެންގެ އެހީތެރިވަންތަ، حق ވަންތަ اللَّه ގެ حضرة އަށް އެއުރެން ރައްދުކުރައްވާނެތެވެ. އަދި އެއުރެން ދޮގުން އުފައްދައިގެން އުޅުނު ކަންތައްތައް، އެއުރެންގެ ކިބައިން ގެއްލިގެން ހިނގައިދާނެތެވެ
🎧 އަޑު އަހާ

📜 އާޔަތް 28-32 — ޔޫނުސް

28وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا مَكَانَكُمْ أَنتُمْ وَشُرَكَاؤُكُمْ ۚ فَزَيَّلْنَا بَيْنَهُمْ ۖ وَقَالَ شُرَكَاؤُهُم مَّا كُنتُمْ إِيَّانَا تَعْبُدُونَ
ތިމަންރަސްކަލާނގެ އެއުރެން އެންމެން އެއްތަނަކަށް އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) ދެން شريك ކުޅަ މީހުންނަށް، ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުން شريك ކުޅަ ތަކެތި ތިބިތާނގައި ތިބޭށެވެ! ފަހެ، އެއުރެންގެ މެދުގައިވާ ގުޅުންތައް ތިމަންރަސްކަލާނގެ ވަނީ ކަނޑުއްވައި ވަކިކުރައްވާފައެވެ. އަދި އެއުރެން شريك ކުޅަ ތަކެތި ބުނާނެތެވެ. ތިޔަބައިމީހުން އަޅުކަންކޮށް އުޅުނީ ތިމަންމެންނަކަށް ނޫނެވެ
29فَكَفَىٰ بِاللَّهِ شَهِيدًا بَيْنَنَا وَبَيْنَكُمْ إِن كُنَّا عَنْ عِبَادَتِكُمْ لَغَافِلِينَ
ފަހެ، ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކަކަށް اللَّه ފުދެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުޅަ އަޅުކަމުން ތިމަންމެންވަނީ غافل ވެގެންނެވެ
30هُنَالِكَ تَبْلُو كُلُّ نَفْسٍ مَّا أَسْلَفَتْ ۚ وَرُدُّوا إِلَى اللَّهِ مَوْلَاهُمُ الْحَقِّ ۖ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُونَ
އެތާނގައި ކޮންމެ نفس އަކަށްމެ، އެ نفس އެއް އިސްކުޅަ عمل އެއްގެގޮތް އެނގޭނެތެވެ. އަދި އެއުރެންގެ އެހީތެރިވަންތަ، حق ވަންތަ اللَّه ގެ حضرة އަށް އެއުރެން ރައްދުކުރައްވާނެތެވެ. އަދި އެއުރެން ދޮގުން އުފައްދައިގެން އުޅުނު ކަންތައްތައް، އެއުރެންގެ ކިބައިން ގެއްލިގެން ހިނގައިދާނެތެވެ
31قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް އުޑުންނާއި، ބިމުން رزق ދެއްވަނީ ކާކުހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން ملك ވެގެންވަނީ ކާކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން، ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ އަދި އެންމެހާ ކަންތައް تدبير ކުރައްވަނީ ކާކުހެއްޔެވެ؟ ފަހެ، އެއުރެން ބުނާނެތެވެ. (އެއީ) اللَّه އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީހެއްޔެވެ؟
32فَذَٰلِكُمُ اللَّهُ رَبُّكُمُ الْحَقُّ ۖ فَمَاذَا بَعْدَ الْحَقِّ إِلَّا الضَّلَالُ ۖ فَأَنَّىٰ تُصْرَفُونَ
ފަހެ، އެއީ اللَّه އެވެ. ތިޔަބައިމީހުންގެ ވެރި، حق ވަންތަ ރަސްކަލާނގެއެވެ. ފަހެ، حق ގޮތަށްފަހުގައި ވަނީ މަގުފުރެދުންނޫން ކޮންއެއްޗެއް ހެއްޔެވެ؟ (އެބަހީ: حق ގޮތުން އެއްކިބާވެއްޖެނަމަ، ދެން ދެވޭނީ ފުރެދުމުގެ ތެރެއަށެވެ.) ފަހެ، ތިޔަބައިމީހުން (حق ގޮތް ފިޔަވައި) އެނބުރިދަނީ، ކޮންފަދައަކުން ހެއްޔެވެ؟
ޔޫނުސްޤުރުއާން ފިހުރިސްތު
109އާޔަތް
MeccanRevelation
30އާޔަތް

ތަރުޖަމާ — ޔޫނުސް 30

ސޫރަތު ޔޫނުސް އާޔަތް 30 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެތާނގައި ކޮންމެ نفس އަކަށްމެ، އެ نفس އެއް އިސްކުޅަ عمل އެއްގެގޮތް…

ސޫރަތު އާޔަތް 30/109 — ޔޫނުސް يونس (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޔޫނުސް އަޑު އަހާ, ޔޫނުސް ތަރުޖަމާ, ޔޫނުސް mp3, ޔޫނުސް pdf. އާޔަތް 28–32. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers