ޔޫނުސް · 85/109
ތަރުޖަމާ ކިޔެވުން — ސޫރަތު ޔޫނުސް
فَقَالُوا عَلَى اللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ ۝٨٥
Faqaaloo `alal laahi tawakkalnaa Rabbanaa laa taj`alnaa fitnatal lilqawmiz zaalimeen
📖 ދިވެހި މާނަ
ފަހެ، އެއުރެން ދެންނެވޫއެވެ. اللَّه އަށް އަޅަމެން وكيل ކޮށްފީމެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެއުރެންގެ އަނިޔާވެރިކަމުގެ ދަށުގައި) އަޅަމެން ނުލައްވާނދޭވެ

🎧 އަޑު އަހާ


📜 އާޔަތް 83-87 — ސޫރަތު ޔޫނުސް

83فَمَا آمَنَ لِمُوسَىٰ إِلَّا ذُرِّيَّةٌ مِّن قَوْمِهِ عَلَىٰ خَوْفٍ مِّن فِرْعَوْنَ وَمَلَئِهِمْ أَن يَفْتِنَهُمْ ۚ وَإِنَّ فِرْعَوْنَ لَعَالٍ فِي الْأَرْضِ وَإِنَّهُ لَمِنَ الْمُسْرِفِينَ
ފަހެ، موسى ގެފާނަށް އެކަލޭގެފާނުގެ قوم ގެ ބައެއް ދަރިކޮޅު މެނުވީ إيمان އެއް ނުވެތެވެ. (އެއީ) فرعون އާއި، އޭނާގެ ބޮޑުންނަށް ބިރުންނެވެ. އެއުރެންނަށް އަނިޔާކޮށް، دين ން އެއްކިބާކޮށްފާނެ ކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، فرعون އަކީ، ބިމުގައި ވަރަށް ބޮޑާވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން، އޭނާވަނީ (އަނިޔާވެރިކަމާއި فساد ވެރިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިންނެވެ
84وَقَالَ مُوسَىٰ يَا قَوْمِ إِن كُنتُمْ آمَنتُم بِاللَّهِ فَعَلَيْهِ تَوَكَّلُوا إِن كُنتُم مُّسْلِمِينَ
އަދި موسى ގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނެވެ! ތިޔަބައިމީހުން اللَّه އަށް إيمان ވެގެންވާނަމަ، ފަހެ، އެކަލާނގެއަށް وكيل ކުރާށެވެ! ތިޔަބައިމީހުންނީ مسلم ން ކަމުގައި ވާނަމައެވެ
85فَقَالُوا عَلَى اللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ
ފަހެ، އެއުރެން ދެންނެވޫއެވެ. اللَّه އަށް އަޅަމެން وكيل ކޮށްފީމެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެއުރެންގެ އަނިޔާވެރިކަމުގެ ދަށުގައި) އަޅަމެން ނުލައްވާނދޭވެ
86وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ
އަދި كافر ވި މީހުންގެ ކިބައިން، އިބަރަސްކަލާނގެ رحمة ފުޅާލައިގެން އަޅަމެން ސަލާމަތް ކުރައްވާނދޭވެ
87وَأَوْحَيْنَا إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّءَا لِقَوْمِكُمَا بِمِصْرَ بُيُوتًا وَاجْعَلُوا بُيُوتَكُمْ قِبْلَةً وَأَقِيمُوا الصَّلَاةَ ۗ وَبَشِّرِ الْمُؤْمِنِينَ
ތިމަންރަސްކަލާނގެ موسى ގެފާނާއި، އެކަލޭގެފާނުގެ أخ (هارون ގެފާނު) އަށް وحى ކުރެއްވީމެވެ. ތިޔަ ދެބޭކަލުންގެ قوم ގެމީހުންނަށް مصر ގައި ގޭގެ ހައްދަވާށެވެ! އަދި ތިޔަބައިމީހުންގެ ގޭގެ، قبلة އަށް ބަހައްޓައި، ނަމާދު قائم ކުރާށެވެ! އަދި ކަލޭގެފާނު مؤمن ތަކުންނަށް (نصر ލިބޭނެކަމުގެ) އުފާވެރި خبر ދެއްވާށެވެ
ޔޫނުސްޤުރުއާން ފިހުރިސްތު
109އާޔަތް
MeccanRevelation
85އާޔަތް

ތަރުޖަމާ — ޔޫނުސް 85

ސޫރަތު ޔޫނުސް އާޔަތް 85 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، އެއުރެން ދެންނެވޫއެވެ. اللَّه އަށް އަޅަމެން وكيل ކޮށްފީމެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ!…

ސޫރަތު އާޔަތް 85/109 — ސޫރަތު ޔޫނުސް يونس (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ޔޫނުސް އަޑު އަހާ, ސޫރަތު ޔޫނުސް ތަރުޖަމާ, ސޫރަތު ޔޫނުސް mp3, ސޫރަތު ޔޫނުސް pdf. އާޔަތް 83–87. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers