އަން-ނަޙްލު · 26/128
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނަޙްލު
قَدْ مَكَرَ الَّذِينَ مِن قَبْلِهِمْ فَأَتَى اللَّهُ بُنْيَانَهُم مِّنَ الْقَوَاعِدِ فَخَرَّ عَلَيْهِمُ السَّقْفُ مِن فَوْقِهِمْ وَأَتَاهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ ۝٢٦
Qad makaral lazeena min qablihim fa atal laahu bunyaa nahum minal qawaa`idi fakharra `alaihimus saqfu min fawqihim wa ataahumul `azaabu min haisu laa yash`uroon
📖 ދިވެހި މާނަ
ހަމަކަށަވަރުން، އެއުރެންގެ ކުރީގެ މީހުން މަކަރުހެދޫއެވެ. ފަހެ، اللَّه، އެއުރެންގެ ބިނާ، ބިންގަލުން ނެތިކުރެއްވުމަށް އިރާދަކުރެއްވިއެވެ. ދެން އެއުރެންގެ (ބޯ) މަތިން، އެއުރެންގެ މައްޗަށް، ފުރާޅު ވެއްޓިގެން ދިޔައެވެ. އަދި އެއުރެން ހީވެސްނުކުރާ ގޮތްގޮތުން، އެއުރެންނަށް عذاب އައެވެ

🎧 އަޑު އަހާ


📜 އާޔަތް 24-28 — ސޫރަތު އަން-ނަޙްލު

24وَإِذَا قِيلَ لَهُم مَّاذَا أَنزَلَ رَبُّكُمْ ۙ قَالُوا أَسَاطِيرُ الْأَوَّلِينَ
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮންއެއްޗެއްހޭ، އެއުރެންނަށް ބުނެފިނަމަ، އެއުރެން ބުނެތެވެ. އެވޭލާ މީހުން ދައްކައި އުޅުނު ފުލޯކު ވާހަކަތަކެވެ
25لِيَحْمِلُوا أَوْزَارَهُمْ كَامِلَةً يَوْمَ الْقِيَامَةِ ۙ وَمِنْ أَوْزَارِ الَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَاءَ مَا يَزِرُونَ
(އެއީ) قيامة ދުވަހުން އެއުރެންގެ ކުށްތައް ފުރިހަމައަށް އެއުރެން އުފުލުމަށްޓަކައެވެ. އަދި އެނގުމެއްނެތި، އެއުރެން މަގުފުރައްދާ މީހުންގެ ކުށްތަކުގެ ތެރެއިން ބައެއް (އެއުރެން އުފުލުމަށްޓަކައި) ވެސް މެއެވެ. ދަންނާށެވެ! އެއުރެން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ
26قَدْ مَكَرَ الَّذِينَ مِن قَبْلِهِمْ فَأَتَى اللَّهُ بُنْيَانَهُم مِّنَ الْقَوَاعِدِ فَخَرَّ عَلَيْهِمُ السَّقْفُ مِن فَوْقِهِمْ وَأَتَاهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ
ހަމަކަށަވަރުން، އެއުރެންގެ ކުރީގެ މީހުން މަކަރުހެދޫއެވެ. ފަހެ، اللَّه، އެއުރެންގެ ބިނާ، ބިންގަލުން ނެތިކުރެއްވުމަށް އިރާދަކުރެއްވިއެވެ. ދެން އެއުރެންގެ (ބޯ) މަތިން، އެއުރެންގެ މައްޗަށް، ފުރާޅު ވެއްޓިގެން ދިޔައެވެ. އަދި އެއުރެން ހީވެސްނުކުރާ ގޮތްގޮތުން، އެއުރެންނަށް عذاب އައެވެ
27ثُمَّ يَوْمَ الْقِيَامَةِ يُخْزِيهِمْ وَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنتُمْ تُشَاقُّونَ فِيهِمْ ۚ قَالَ الَّذِينَ أُوتُوا الْعِلْمَ إِنَّ الْخِزْيَ الْيَوْمَ وَالسُّوءَ عَلَى الْكَافِرِينَ
ދެން قيامة ދުވަހުން، އެކަލާނގެ އެއުރެން ނިކަމެތި ކުރައްވާނެތެވެ. އަދި وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ހަދައި (އަދި) އެ ތަކެއްޗާމެދު (مؤمن ންނާ) ތިޔަބައިމީހުން ދެކޮޅުވެރިވެ އުޅުނު شريك ން ކޮބައިހެއްޔެވެ؟ علم ލިބިގެންވާ މީހުން (އެ ދުވަހުން) ދަންނަވާނެތެވެ. ހަމަކަށަވަރުން، ނިކަމެތިކަމާއި، ނުބައިކަން މިއަދު އޮތީ كافر ންގެ މައްޗަށެވެ
28الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ ۖ فَأَلْقَوُا السَّلَمَ مَا كُنَّا نَعْمَلُ مِن سُوءٍ ۚ بَلَىٰ إِنَّ اللَّهَ عَلِيمٌ بِمَا كُنتُمْ تَعْمَلُونَ
(އެއީ) އެއުރެންގެ نفس ތަކަށް އަނިޔާކުރާ حال، ملائكة ން އެއުރެން މަރުގަންނަވާ މީހުންނެވެ. ފަހެ، އެއުރެން ملائكة ންނަށް ބޯލަނބައި ކިޔަމަންވާން ޖެހުނެވެ. (އަދި ދެންނެވިއެވެ.) ތިމަންމެން އެއްވެސް ނުބައިކަމެއް ކޮށެއް ނޫޅެމުއެވެ. އެހެންނަކުން ނޫނެވެ. ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކޮށްއުޅުނު عمل ތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
އަން-ނަޙްލުޤުރުއާން ފިހުރިސްތު
128އާޔަތް
MeccanRevelation
26އާޔަތް

ތަރުޖަމާ — އަން-ނަޙްލު 26

ސޫރަތު އަން-ނަޙްލު އާޔަތް 26 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، އެއުރެންގެ ކުރީގެ މީހުން މަކަރުހެދޫއެވެ. ފަހެ، اللَّه، އެއުރެންގެ ބިނާ، ބިންގަލުން…

ސޫރަތު އާޔަތް 26/128 — ސޫރަތު އަން-ނަޙްލު النحل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނަޙްލު އަޑު އަހާ, ސޫރަތު އަން-ނަޙްލު ތަރުޖަމާ, ސޫރަތު އަން-ނަޙްލު mp3, ސޫރަތު އަން-ނަޙްލު pdf. އާޔަތް 24–28. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers