އަން-ނަޙްލު · 28/128
ތަރުޖަމާ ކިޔެވުން — އަން-ނަޙްލު
الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ ۖ فَأَلْقَوُا السَّلَمَ مَا كُنَّا نَعْمَلُ مِن سُوءٍ ۚ بَلَىٰ إِنَّ اللَّهَ عَلِيمٌ بِمَا كُنتُمْ تَعْمَلُونَ ۝٢٨
Allazeena tatawaf faahu mul malaaa`ikatu zaalimeee anfusihim fa alqawus salama maa kunnaa na`malu min sooo`; balaaa innal laaha `aleemum bimaa kuntum ta`maloon
📖 ދިވެހި މާނަ
(އެއީ) އެއުރެންގެ نفس ތަކަށް އަނިޔާކުރާ حال، ملائكة ން އެއުރެން މަރުގަންނަވާ މީހުންނެވެ. ފަހެ، އެއުރެން ملائكة ންނަށް ބޯލަނބައި ކިޔަމަންވާން ޖެހުނެވެ. (އަދި ދެންނެވިއެވެ.) ތިމަންމެން އެއްވެސް ނުބައިކަމެއް ކޮށެއް ނޫޅެމުއެވެ. އެހެންނަކުން ނޫނެވެ. ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކޮށްއުޅުނު عمل ތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 26-30 — އަން-ނަޙްލު

26قَدْ مَكَرَ الَّذِينَ مِن قَبْلِهِمْ فَأَتَى اللَّهُ بُنْيَانَهُم مِّنَ الْقَوَاعِدِ فَخَرَّ عَلَيْهِمُ السَّقْفُ مِن فَوْقِهِمْ وَأَتَاهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ
ހަމަކަށަވަރުން، އެއުރެންގެ ކުރީގެ މީހުން މަކަރުހެދޫއެވެ. ފަހެ، اللَّه، އެއުރެންގެ ބިނާ، ބިންގަލުން ނެތިކުރެއްވުމަށް އިރާދަކުރެއްވިއެވެ. ދެން އެއުރެންގެ (ބޯ) މަތިން، އެއުރެންގެ މައްޗަށް، ފުރާޅު ވެއްޓިގެން ދިޔައެވެ. އަދި އެއުރެން ހީވެސްނުކުރާ ގޮތްގޮތުން، އެއުރެންނަށް عذاب އައެވެ
27ثُمَّ يَوْمَ الْقِيَامَةِ يُخْزِيهِمْ وَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنتُمْ تُشَاقُّونَ فِيهِمْ ۚ قَالَ الَّذِينَ أُوتُوا الْعِلْمَ إِنَّ الْخِزْيَ الْيَوْمَ وَالسُّوءَ عَلَى الْكَافِرِينَ
ދެން قيامة ދުވަހުން، އެކަލާނގެ އެއުރެން ނިކަމެތި ކުރައްވާނެތެވެ. އަދި وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ހަދައި (އަދި) އެ ތަކެއްޗާމެދު (مؤمن ންނާ) ތިޔަބައިމީހުން ދެކޮޅުވެރިވެ އުޅުނު شريك ން ކޮބައިހެއްޔެވެ؟ علم ލިބިގެންވާ މީހުން (އެ ދުވަހުން) ދަންނަވާނެތެވެ. ހަމަކަށަވަރުން، ނިކަމެތިކަމާއި، ނުބައިކަން މިއަދު އޮތީ كافر ންގެ މައްޗަށެވެ
28الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ ۖ فَأَلْقَوُا السَّلَمَ مَا كُنَّا نَعْمَلُ مِن سُوءٍ ۚ بَلَىٰ إِنَّ اللَّهَ عَلِيمٌ بِمَا كُنتُمْ تَعْمَلُونَ
(އެއީ) އެއުރެންގެ نفس ތަކަށް އަނިޔާކުރާ حال، ملائكة ން އެއުރެން މަރުގަންނަވާ މީހުންނެވެ. ފަހެ، އެއުރެން ملائكة ންނަށް ބޯލަނބައި ކިޔަމަންވާން ޖެހުނެވެ. (އަދި ދެންނެވިއެވެ.) ތިމަންމެން އެއްވެސް ނުބައިކަމެއް ކޮށެއް ނޫޅެމުއެވެ. އެހެންނަކުން ނޫނެވެ. ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކޮށްއުޅުނު عمل ތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
29فَادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَلَبِئْسَ مَثْوَى الْمُتَكَبِّرِينَ
ފަހެ، އެތާނގައި ދެމިތިބެނިވި ގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) كبر ވެރިވެގެންވާ މީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ
30۞ وَقِيلَ لِلَّذِينَ اتَّقَوْا مَاذَا أَنزَلَ رَبُّكُمْ ۚ قَالُوا خَيْرًا ۗ لِّلَّذِينَ أَحْسَنُوا فِي هَٰذِهِ الدُّنْيَا حَسَنَةٌ ۚ وَلَدَارُ الْآخِرَةِ خَيْرٌ ۚ وَلَنِعْمَ دَارُ الْمُتَّقِينَ
تقوى ވެރިވި މީހުންނަށް އަންގަވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮންއެއްޗެއް ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ހެޔޮގޮތެވެ. މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި آخرة ގެ ގޮވަތި، ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި تقوى ވެރިންގެ ގޮވަތީގެ މޮޅުކަމާއެވެ
އަން-ނަޙްލުޤުރުއާން ފިހުރިސްތު
128އާޔަތް
MeccanRevelation
28އާޔަތް

ތަރުޖަމާ — އަން-ނަޙްލު 28

ސޫރަތު އަން-ނަޙްލު އާޔަތް 28 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : (އެއީ) އެއުރެންގެ نفس ތަކަށް އަނިޔާކުރާ حال، ملائكة ން އެއުރެން މަރުގަންނަވާ…

ސޫރަތު އާޔަތް 28/128 — އަން-ނަޙްލު النحل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނަޙްލު އަޑު އަހާ, އަން-ނަޙްލު ތަރުޖަމާ, އަން-ނަޙްލު mp3, އަން-ނަޙްލު pdf. އާޔަތް 26–30. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers