އަލް-ބަޤަރާ · 101/286
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ބަޤަރާ
وَلَمَّا جَاءَهُمْ رَسُولٌ مِّنْ عِندِ اللَّهِ مُصَدِّقٌ لِّمَا مَعَهُمْ نَبَذَ فَرِيقٌ مِّنَ الَّذِينَ أُوتُوا الْكِتَابَ كِتَابَ اللَّهِ وَرَاءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ ۝١٠١
Wa lammaa jaaa`ahum Rasoolum min `indil laahi musaddiqul limaa ma`ahum nabaza fareequm minal lazeena ootul Kitaaba Kitaabal laahi waraaa`a zuhoorihim ka annahum laa ya`lamoon
📖 ދިވެހި މާނަ
އަދި އެއުރެންނާއެކުގައިވާ ފޮތް ތެދުކުރައްވާ رسول އަކު، اللَّه ގެ حضرة ން އެއުރެންގެ ގާތަށް ވަޑައިގަތްހިނދު، ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކު، اللَّه ގެ ފޮތް އެއުރެންގެ ފުރަގަހަށް އެއްލައިލިއެވެ. (އެއީ، اللَّه ބާވައިލެއްވި ފޮތެއްކަންވެސް) އެއުރެން ނުދަންނަ ކަހަލައެވެ

🎧 އަޑު އަހާ


📜 އާޔަތް 99-103 — ސޫރަތު އަލް-ބަޤަރާ

99وَلَقَدْ أَنزَلْنَا إِلَيْكَ آيَاتٍ بَيِّنَاتٍ ۖ وَمَا يَكْفُرُ بِهَا إِلَّا الْفَاسِقُونَ
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފާޅުވެ بيان ވެގެންވާ آية ތަކެއް، ކަލޭގެފާނަށް ބާވައިލެއްވީމެވެ. فاسق ންނޫން ބަޔަކު އެޔަކަށް كافر އެއް ނުވާނެތެވެ
100أَوَكُلَّمَا عَاهَدُوا عَهْدًا نَّبَذَهُ فَرِيقٌ مِّنْهُم ۚ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ
އެއުރެން عهد އެއް ކުރާ ކޮންމެހިނދަކު، އޭގެތެރެއިން ބަޔަކު އެ عهد އެއްލައިލަނީ ހެއްޔެވެ؟ އަދި ކިއެއްތަ؟ އޭގެ ގިނަމީހުން إيمان އެއް ނުވެތެވެ
101وَلَمَّا جَاءَهُمْ رَسُولٌ مِّنْ عِندِ اللَّهِ مُصَدِّقٌ لِّمَا مَعَهُمْ نَبَذَ فَرِيقٌ مِّنَ الَّذِينَ أُوتُوا الْكِتَابَ كِتَابَ اللَّهِ وَرَاءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ
އަދި އެއުރެންނާއެކުގައިވާ ފޮތް ތެދުކުރައްވާ رسول އަކު، اللَّه ގެ حضرة ން އެއުރެންގެ ގާތަށް ވަޑައިގަތްހިނދު، ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކު، اللَّه ގެ ފޮތް އެއުރެންގެ ފުރަގަހަށް އެއްލައިލިއެވެ. (އެއީ، اللَّه ބާވައިލެއްވި ފޮތެއްކަންވެސް) އެއުރެން ނުދަންނަ ކަހަލައެވެ
102وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ
އަދި سليمان ގެފާނުގެ ވެރިކަމުގެ ޒަމާނުގައި شيطان ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تبع ވޫއެވެ. سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابل ގައިވާ هاروت އާއި، ماروت އާއި ދެ ملائكة ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبع ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ ملائكة ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ نفس ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ
103وَلَوْ أَنَّهُمْ آمَنُوا وَاتَّقَوْا لَمَثُوبَةٌ مِّنْ عِندِ اللَّهِ خَيْرٌ ۖ لَّوْ كَانُوا يَعْلَمُونَ
ހަމަކަށަވަރުން، އެއުރެން إيمان ވެ تقوى ވެރިވިނަމަ، اللَّه ގެ حضرة ން (އެއުރެންނަށް) ހުރި ثواب ގެ ހެޔޮކަން މާބޮޑެވެ. އެއުރެން އެކަން ދަންނަ ކަމުގައިވި ނަމައެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
101އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 101

ސޫރަތު އަލް-ބަޤަރާ އާޔަތް 101 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެއުރެންނާއެކުގައިވާ ފޮތް ތެދުކުރައްވާ رسول އަކު، اللَّه ގެ حضرة ން…

ސޫރަތު އާޔަތް 101/286 — ސޫރަތު އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ބަޤަރާ އަޑު އަހާ, ސޫރަތު އަލް-ބަޤަރާ ތަރުޖަމާ, ސޫރަތު އަލް-ބަޤަރާ mp3, ސޫރަތު އަލް-ބަޤަރާ pdf. އާޔަތް 99–103. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers