އަލް-ބަޤަރާ · 153/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ ۝١٥٣
Yaaa ayyuhal laazeena aamanus ta`eenoo bissabri was Salaah; innal laaha ma`as-saabireen
📖 ދިވެހި މާނަ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ
🎧 އަޑު އަހާ

📜 އާޔަތް 151-155 — އަލް-ބަޤަރާ

151كَمَا أَرْسَلْنَا فِيكُمْ رَسُولًا مِّنكُمْ يَتْلُو عَلَيْكُمْ آيَاتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ الْكِتَابَ وَالْحِكْمَةَ وَيُعَلِّمُكُم مَّا لَمْ تَكُونُوا تَعْلَمُونَ
ހަމައެފަދައިން ތިމަންރަސްކަލާނގެ آية ތައް ތިޔަބައިމީހުންނަށް ކިޔަވައިދެއްވައި، ތިޔަބައިމީހުން (ކުށްތަކުން) طاهر ކުރައްވައި، ފޮތާއި حكمة ތިޔަބައިމީހުންނަށް އުނގަންނައިދެއްވައި، ތިޔަބައިމީހުންނަށް ކުރިން އެނގިފައިނުވާ ކަންތައް އުނގަންނައި ދެއްވުމަށްޓަކައި، ތިޔަބައިމީހުންގެ ތެރެޔަށް، ތިޔަބައިމީހުންގެ ތެރެއިން رسول އަކު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ
152فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ
ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ
153يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ
154وَلَا تَقُولُوا لِمَن يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ ۚ بَلْ أَحْيَاءٌ وَلَٰكِن لَّا تَشْعُرُونَ
އަދި اللَّه ގެ މަގުގައި (جهاد ކުރަނިކޮށް) شهيد ވާ މީހުންނާމެދު (އެއީ) މަރުވެފައިވާ ބަޔެކޭ، ތިޔަބައިމީހުން ނުބުނާށެވެ! އަދި ކިއެއްތަ! އެއުރެންނީ، ދިރިތިބި ބަޔެކެވެ. އެހެނެއްކަމަކު (އެކަން) ތިޔަބައިމީހުންނަށް ނޭނގެނީއެވެ
155وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
153އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 153

ސޫރަތު އަލް-ބަޤަރާ އާޔަތް 153 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން…

ސޫރަތު އާޔަތް 153/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 151–155. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers