އަލް-ޙައްޖު · 38/78
ތަރުޖަމާ ކިޔެވުން — އަލް-ޙައްޖު
۞ إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا ۗ إِنَّ اللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ ۝٣٨
Innal laaha yudaafi` `anil lazeena aamanoo; innal laaha laa yuhibbu kulla khawwaanin kafoor
📖 ދިވެހި މާނަ
ހަމަކަށަވަރުން، اللَّه، إيمان ވި މީހުން دفاع ކޮށްދެއްވަތެވެ. ހަމަކަށަވަރުން، خيانة ތެރިވެ، كافر ވާ ކޮންމެ މީހަކަށް، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ
🎧 އަޑު އަހާ

📜 އާޔަތް 36-40 — އަލް-ޙައްޖު

36وَالْبُدْنَ جَعَلْنَاهَا لَكُم مِّن شَعَائِرِ اللَّهِ لَكُمْ فِيهَا خَيْرٌ ۖ فَاذْكُرُوا اسْمَ اللَّهِ عَلَيْهَا صَوَافَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا مِنْهَا وَأَطْعِمُوا الْقَانِعَ وَالْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَاهَا لَكُمْ لَعَلَّكُمْ تَشْكُرُونَ
ތިޔަބައިމީހުންނަށްޓަކައި، ޖަމަލުވެސް اللَّه ގެ شعائر ތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ލެއްވީމެވެ. އޭގައި ތިޔަބައިމީހުންނަށް ހެޔޮކަމެއްވެއެވެ. ފަހެ، އެތަކެތި ބަނދެ (ކަތިލާހިނދުގައި) އެ ތަކެތީގެ މައްޗަށް اللَّه ގެ اسم ފުޅު ތިޔަބައިމީހުން ކިޔާށެވެ! ފަހެ، އެތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ! އަދި އެއަށްއެދި سؤال ކުރާ فقير ންނާއި، سؤال ނުކުރާ فقير ންނަށްވެސް އެއިން ކާންދޭށެވެ! އެފަދައިން ތިޔަބައިމީހުންނަށްޓަކައި ތިމަންރަސްކަލާނގެ އެތަކެތި خدمة ތެރިކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ
37لَن يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَٰكِن يَنَالُهُ التَّقْوَىٰ مِنكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ ۗ وَبَشِّرِ الْمُحْسِنِينَ
އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް اللَّه ގެ حضرة އަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ حضرة އަށްދަނީ، تقوى ވެރިކަމެވެ. އެފަދައިން އެކަލާނގެ އެތަކެތި، ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެމައްޗަށް، اللَّه އަށް ތިޔަބައިމީހުން تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި إحسان ތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ
38۞ إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا ۗ إِنَّ اللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ
ހަމަކަށަވަރުން، اللَّه، إيمان ވި މީހުން دفاع ކޮށްދެއްވަތެވެ. ހަމަކަށަވަރުން، خيانة ތެރިވެ، كافر ވާ ކޮންމެ މީހަކަށް، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ
39أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ
ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ إذن ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށްޓަަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް نصر ދެއްވުމަށް، اللَّه ކުޅަދުންވަންތަކަން ކަށަވަރެވެ
40الَّذِينَ أُخْرِجُوا مِن دِيَارِهِم بِغَيْرِ حَقٍّ إِلَّا أَن يَقُولُوا رَبُّنَا اللَّهُ ۗ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا اسْمُ اللَّهِ كَثِيرًا ۗ وَلَيَنصُرَنَّ اللَّهُ مَن يَنصُرُهُ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ
އެއުރެންނީ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، اللَّه އޭ ބުނުން މެނުވީ، އެއްވެސް حق އަކާނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނުމީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه ދުރުކުރެއްވުން ނުވާނަމަ، نصارى އިންގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަނާއި، يهودى ންގެ ފައްޅިތަކާއި، ގިނަގިނައިން اللَّه ގެ اسم ފުޅު ނަންގަނެވޭ މިސްކިތްތަކާއި (މިހުރިހާ ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އަށް نصر ދޭ މީހަކަށް، އެކަލާނގެ نصر ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ
އަލް-ޙައްޖުޤުރުއާން ފިހުރިސްތު
78އާޔަތް
MedinanRevelation
38އާޔަތް

ތަރުޖަމާ — އަލް-ޙައްޖު 38

ސޫރަތު އަލް-ޙައްޖު އާޔަތް 38 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، اللَّه، إيمان ވި މީހުން دفاع ކޮށްދެއްވަތެވެ. ހަމަކަށަވަރުން، خيانة ތެރިވެ،…

ސޫރަތު އާޔަތް 38/78 — އަލް-ޙައްޖު الحج (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޙައްޖު އަޑު އަހާ, އަލް-ޙައްޖު ތަރުޖަމާ, އަލް-ޙައްޖު mp3, އަލް-ޙައްޖު pdf. އާޔަތް 36–40. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers