އާލު-ޢިމްރާން · 12/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
قُل لِّلَّذِينَ كَفَرُوا سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ ۚ وَبِئْسَ الْمِهَادُ ۝١٢
Qul lillazeena kafaroosatughlaboona wa tuhsharoona ilaa jahannam; wa bi`sal mihaad
📖 ދިވެހި މާނަ
كافر ވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ދުނިޔޭގައި) ދެރަކޮށް، ބަލިކޮށްލައްވާހުށްޓެވެ. އަދި (آخرة ގައި) ތިޔަބައިމީހުން ނަރަކަޔަށް އެއްކުރައްވާހުށްޓެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ
🎧 އަޑު އަހާ

📜 އާޔަތް 10-14 — އާލު-ޢިމްރާން

10إِنَّ الَّذِينَ كَفَرُوا لَن تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُم مِّنَ اللَّهِ شَيْئًا ۖ وَأُولَٰئِكَ هُمْ وَقُودُ النَّارِ
ހަމަކަށަވަރުން، كافر ވި މީހުންނަކީ އެއުރެންގެ މުދާތަކަކަށް އަދި އެއުރެންގެ ދަރިންނަކަށްވެސް، اللَّه ގެ حضرة ން އެއުރެންނަށް އެއްވެސްކަމެއް ފުއްދައި ނުދެވޭނޭ ބަޔެކެވެ. އަދި، އެއުރެންނީ ހަމަ، ނަރަކައިގެ ދަރެވެ
11كَدَأْبِ آلِ فِرْعَوْنَ وَالَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا بِآيَاتِنَا فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ ۗ وَاللَّهُ شَدِيدُ الْعِقَابِ
(އެއުރެންގެ އާދަ ވީ) فرعون ގެ މީހުންނާއި، އަދި، އެއުރެންގެ ކުރިން އުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެ އެންމެންވެސް ތިމަންރަސްކަލާނގެ آية ތައް ދޮގުކުރިއެވެ. ދެން، އެއުރެންގެ ފާފަތަކުގެ ސަބަބުން، اللَّه، އެއުރެން ހަލާކު ކުރެއްވިއެވެ. اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ
12قُل لِّلَّذِينَ كَفَرُوا سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ ۚ وَبِئْسَ الْمِهَادُ
كافر ވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ދުނިޔޭގައި) ދެރަކޮށް، ބަލިކޮށްލައްވާހުށްޓެވެ. އަދި (آخرة ގައި) ތިޔަބައިމީހުން ނަރަކަޔަށް އެއްކުރައްވާހުށްޓެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ
13قَدْ كَانَ لَكُمْ آيَةٌ فِي فِئَتَيْنِ الْتَقَتَا ۖ فِئَةٌ تُقَاتِلُ فِي سَبِيلِ اللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْيَ الْعَيْنِ ۚ وَاللَّهُ يُؤَيِّدُ بِنَصْرِهِ مَن يَشَاءُ ۗ إِنَّ فِي ذَٰلِكَ لَعِبْرَةً لِّأُولِي الْأَبْصَارِ
(بدر ހަނގުރާމައިގެ ދުވަހުގައި) ބައްދަލުވި ދެބައިމީހުން (ގެ ކަންތަކު) ގައި، ހަމަކަށަވަރުން، ތިޔަބަައިމީހުންނަށް عبرة އެއްވެއެވެ. އެއްބަޔަކީ اللَّه ގެ މަގުގައި ހަނގުރާމަކުރާ ބަޔެކެވެ. އަނެއްބަޔަކީ كافر ބަޔެކެވެ. އެއުރެންނަށް ލޮލަށް ސާފުކޮށް ފެންނަގޮތުގައި، مسلم ން ފެންނަނީ، އެއުރެންގެ ދެގުނަޔަށެވެ. اللَّه، އެކަލާނގެ نصر ން ވާގިދެއްވަނީ، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށެވެ. ހަމަކަށަވަރުން، އެކަމުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއްވާކަން يقين އެވެ
14زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالْبَنِينَ وَالْقَنَاطِيرِ الْمُقَنطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالْأَنْعَامِ وَالْحَرْثِ ۗ ذَٰلِكَ مَتَاعُ الْحَيَاةِ الدُّنْيَا ۖ وَاللَّهُ عِندَهُ حُسْنُ الْمَآبِ
އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި جمل އާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށް زينة ތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. ނަމަވެސް އެނބުރިދަނިވި ރިވެތިވެގެންވާ ތަންވަނީ اللَّه ގެ حضرة ގައެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
12އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 12

ސޫރަތު އާލު-ޢިމްރާން އާޔަތް 12 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : كافر ވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ދުނިޔޭގައި) ދެރަކޮށް، ބަލިކޮށްލައްވާހުށްޓެވެ. އަދި…

ސޫރަތު އާޔަތް 12/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 10–14. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers