ސަބައް · 41/54
ތަރުޖަމާ ކިޔެވުން — ސަބައް
قَالُوا سُبْحَانَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا يَعْبُدُونَ الْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ ۝٤١
Qaaloo Subhaanaka Anta waliyyunaa min doonihim bal kaanoo ya`budoonal jinna aksaruhum bihim mu`minoon
📖 ދިވެހި މާނަ
އެ ملائكة ން ދަންނަވާނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އެއުރެންނެއްނޫނެވެ. އަދި ކިއެއްތަ! އެއުރެން އަޅުކަންކުރާ ކަމުގައިވީ ޖިންނީންނަށެވެ. އެއުރެންކުރެ ގިނަމީހުންވަނީ، އެ ޖިންނީންނަށް إيمان ވެގެންނެވެ
🎧 އަޑު އަހާ

📜 އާޔަތް 39-43 — ސަބައް

39قُلْ إِنَّ رَبِّي يَبْسُطُ الرِّزْقَ لِمَن يَشَاءُ مِنْ عِبَادِهِ وَيَقْدِرُ لَهُ ۚ وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެކަލާނގެ އަޅުންގެ ތެރެއިން އިރާދަކުރައްވާ އަޅަަކަށް رزق ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ) އަޅަކަށް (رزق) ދަތިކުރައްވަތެވެ. އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، رزق ދެއްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ
40وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَائِكَةِ أَهَٰؤُلَاءِ إِيَّاكُمْ كَانُوا يَعْبُدُونَ
އެކަލާނގެ އެއުރެން އެންމެން محشر އަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! ދެން އެކަލާނގެ ملائكة ންނަށް وحى ކުރައްވާނެތެވެ. ތިޔަބައިމީހުންނަށް އަޅުކަންކުރާ ކަމުގައިވީ މިތިބަމީހުން ހެއްޔެވެ؟
41قَالُوا سُبْحَانَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا يَعْبُدُونَ الْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ
އެ ملائكة ން ދަންނަވާނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އެއުރެންނެއްނޫނެވެ. އަދި ކިއެއްތަ! އެއުރެން އަޅުކަންކުރާ ކަމުގައިވީ ޖިންނީންނަށެވެ. އެއުރެންކުރެ ގިނަމީހުންވަނީ، އެ ޖިންނީންނަށް إيمان ވެގެންނެވެ
42فَالْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍ نَّفْعًا وَلَا ضَرًّا وَنَقُولُ لِلَّذِينَ ظَلَمُوا ذُوقُوا عَذَابَ النَّارِ الَّتِي كُنتُم بِهَا تُكَذِّبُونَ
ފަހެ، މިއަދު ތިޔަބައިމީހުންކުރެ އެއްބަޔަކަށް އަނެއްބަޔަކު މަންފާއެއް ކުރުމެއްވިޔަސް، ނުވަތަ ގެއްލުމެއް ދިނުންވިޔަސް، މިލްކުވެގެންނެއް ނުވެތެވެ. އަދި އަނިޔާވެރިވީ މީހުންނަށް ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކައިގެ عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ
43وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا رَجُلٌ يُرِيدُ أَن يَصُدَّكُمْ عَمَّا كَانَ يَعْبُدُ آبَاؤُكُمْ وَقَالُوا مَا هَٰذَا إِلَّا إِفْكٌ مُّفْتَرًى ۚ وَقَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ
އަދި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، އެއުރެން ބުނެތެވެ. ތިޔަބައިމީހުންގެ ކާބަފައިން އަޅުކަންކޮށްއުޅުނު ތަކެތިން، ތިޔަބައިމީހުން އެއްކިބާކުރުމަށް قصد ކޮށްގެންއުޅޭ މީހަކުކަމުގައި މެނުވީ، މީނާ (އެބަހީ: رسول އާ) ނުވެތެވެ. އަދި އެއުރެން ބުނެތެވެ. އަމިއްލައަށް އުފައްދާފައިވާ ދޮގެއް ކަމުގައި މެނުވީ މި (قرآن) ނުވެތެވެ. އަދި އެއުރެންނަށް، حق قرآن އައިހިނދު، އެ قرآن އާމެދު كافر ވިމީހުން ބުނޫއެވެ. ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ މި ނުވެތެވެ
ސަބައްޤުރުއާން ފިހުރިސްތު
54އާޔަތް
MeccanRevelation
41އާޔަތް

ތަރުޖަމާ — ސަބައް 41

ސޫރަތު ސަބައް އާޔަތް 41 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެ ملائكة ން ދަންނަވާނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ…

ސޫރަތު އާޔަތް 41/54 — ސަބައް سبأ (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސަބައް އަޑު އަހާ, ސަބައް ތަރުޖަމާ, ސަބައް mp3, ސަބައް pdf. އާޔަތް 39–43. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers