އަން-ނިސާއް · 62/176
ތަރުޖަމާ ކިޔެވުން — އަން-ނިސާއް
فَكَيْفَ إِذَا أَصَابَتْهُم مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَاءُوكَ يَحْلِفُونَ بِاللَّهِ إِنْ أَرَدْنَا إِلَّا إِحْسَانًا وَتَوْفِيقًا ٦٢
Transliteration
Fakaifa izaaa asaabathum museebatum summa jaaa`ooka yahlifoona billaahi in aradnaaa illaaa ihsaananw wa tawfeeqaa
ތަރުޖަމާ (ދިވެހި މާނަ)
📖 ދިވެހި މާނަ
އަދި، އެއުރެންގެ އަތްތަކުން އިސްކުޅަ عمل ތަކެއްގެ ސަބަބުން އެއުރެންނަށް مصيبة އެއް ޖެހިއްޖިއްޔާ ކޮންފަދަތޯއެވެ؟ ދެން، އެއުރެން إحسان ތެރިވުމާއި، އެކުވެރިކުރުން މެނުވީ ތިމަންމެން قصد އެއް ނުކުރަމުއޭ ދަންނަވައި، اللَّه ގަންދީ ހުވާކުރަމުން ކަލޭގެފާނުންގެ އަރިހަށް އާދެއެވެ
Additional reference in සිංහල
🎧 އަޑު އަހާ
📜 އާޔަތް 60-64 — އަން-ނިސާއް
60أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا
ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، إيمان ވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެއުރެން حكم ލިބިގަންނާން، އުރެދުންތެރިކަން ބޮޑުފަރާތަށް ދިއުމަށް އެއުރެން އެދެތެވެ. ހަމަކަށަވަރުން، އެފަރާތަށް كافر ވުމަށް އެއުރެންނަށް أمر ކުރައްވާފައިވާ حال ގައެވެ. އަދި، شيطان އާ އެދެނީ، (حق މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން، އެއުރެން މަގުފުރެއްދުމަށެވެ
61وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنزَلَ اللَّهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنكَ صُدُودًا
އަދި، اللَّه ބާވައިލައްވާފައިވާ ފޮތަށާއި، رسول އާ އަންގަވާ ގޮތަށް تبع ވާން ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ، منافق ން، (ނަފުރަތުވެ) ކަލޭގެފާނަށް ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނޫއެވެ
62فَكَيْفَ إِذَا أَصَابَتْهُم مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَاءُوكَ يَحْلِفُونَ بِاللَّهِ إِنْ أَرَدْنَا إِلَّا إِحْسَانًا وَتَوْفِيقًا
އަދި، އެއުރެންގެ އަތްތަކުން އިސްކުޅަ عمل ތަކެއްގެ ސަބަބުން އެއުރެންނަށް مصيبة އެއް ޖެހިއްޖިއްޔާ ކޮންފަދަތޯއެވެ؟ ދެން، އެއުރެން إحسان ތެރިވުމާއި، އެކުވެރިކުރުން މެނުވީ ތިމަންމެން قصد އެއް ނުކުރަމުއޭ ދަންނަވައި، اللَّه ގަންދީ ހުވާކުރަމުން ކަލޭގެފާނުންގެ އަރިހަށް އާދެއެވެ
63أُولَٰئِكَ الَّذِينَ يَعْلَمُ اللَّهُ مَا فِي قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِي أَنفُسِهِمْ قَوْلًا بَلِيغًا
އެއުރެންނަކީ، އެއުރެންގެ ހިތްތަކުގައިވާ ގޮތްތައް، اللَّه ދެނެވޮޑިގެންވާ މީހުންނެެވެ. ފަހެ، (ކަލޭގެފާނު އެއުރެންނާ عقوبات ދެއްވުން ފިޔަވައި) ކަލޭގެފާނު ދުރުހެލިވެވަޑައި ގަންނަވާށެވެ! އަދި، އެއުރެންނަށް وعظ އާއި نصيحة އިއްވަވާށެވެ! އަދި، އެއުރެންގެ نفس ތަކާމެދު އަސަރުކުރާފަދަ بلاغة ތެރި ބަސްފުޅަކުން އެއުރެންނާ ވާހަކަފުޅު ދައްކަވާށެވެ
64وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا
اللَّه ގެ إذن ފުޅާއެކު، ކިޔަމަންވުމަށްޓަކައި މެނުވީ، ތިމަންރަސްކަލާނގެ އެއްވެސް رسول އަކު ނުފޮނުއްވަމެވެ. އަދި، އެއުރެން އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީހިނދު، ކަލޭގެފާނުގެ އަރިހަށް އެއުރެން އައިސް، ފާފަފުއްސެވުމަށް اللَّه ގެ حضرة އަށް ދަންނަވައި އެދުނުނަމަ، އަދި، رسول އާ އެއުރެންނަށް ފާފަފުއްސެވުމަށް އެދިވަޑައިގެން دعاء ކުރެއްވިނަމަ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ކަލަކު ކަމުގައި އެއުރެން اللَّه ދެކޭނެކަން ކަށަވަރެވެ
އަން-ނިސާއްޤުރުއާން ފިހުރިސްތު
176އާޔަތް
MedinanRevelation
62އާޔަތް
ތަރުޖަމާ — އަން-ނިސާއް 62
ސޫރަތު އަން-ނިސާއް އާޔަތް 62 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި، އެއުރެންގެ އަތްތަކުން އިސްކުޅަ عمل ތަކެއްގެ ސަބަބުން އެއުރެންނަށް مصيبة އެއް…ސޫރަތު އާޔަތް 62/176 — އަން-ނިސާއް النساء (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނިސާއް އަޑު އަހާ, އަން-ނިސާއް ތަރުޖަމާ, އަން-ނިސާއް mp3, އަން-ނިސާއް pdf. އާޔަތް 60–64. ދިވެހި މާނަ: සිංහල.
العربية
English
Bahasa Indonesia
Türkçe
Русский
فارسی
Français
اردو
বাংলা
Deutsch
Español
中文
हिन्दी
Português
Italiano
ภาษาไทย
Polski
Nederlands
Shqip
Kiswahili
O'zbek
தமிழ்
Melayu
Bosanski
Soomaali
Azərbaycan
کوردی
한국어
日本語
Svenska
Dansk
Norsk
پښتو
മലയാളം
සිංහල
Tamazight
Hausa
አማርኛ
Български
Тоҷикӣ
Қазақша
Filipino
سنڌي
Yorùbá
Fulfulde
Татарча
ئۇيغۇرچە
Кыргызча
ਪੰਜਾਬੀ
Jawa
తెలుగు
မြန်မာ
ગુજરાતી
Oromo
मराठी
Tiếng Việt
Malagasy
Нохчийн
Wolof
ދިވެހި
ಕನ್ನಡ
Українська
Ελληνικά
ქართული
ខ្មែរ
دری
Qafar af
Maranao
नेपाली
ކީރިތި ޤުރުއާން
Tuesday, August 18, 2026
Don't forget us in your sincere prayers








